ހުޅުމާލެ 2 ގައި ފްލެޓު އެޅުމުގެ މަޝްރޫއުގައި ފިނޭންސް މިނިސްޓަރު ޒަމީރު އަދި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އިފްތިތާހު ކޮށްދެއްވަނީ.- ފޮޓޯ: ފިނޭންސް މިނިސްޓްރީ
14 އެޕްރީލް 2025 - 13:14
ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.
ހުޅުމާލެ 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއު ފައްޓަވައި ދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު އަދި އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދެވޭނެ ކަމަށެވެ. ނަމަވެސް، އަގުހެޔޮ އަގެއްގައި ދޫކުރަން އަޅާ ހައުސިން ޔުނިޓުތަކާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
Minister @MoosaZameer and H.E. Sultan bin Abdulrahman Al-Marshad, CEO of @SaudiFund_Dev, inaugurated the 400 Affordable Housing Units Project financed by SFD today. pic.twitter.com/95gEFT0PwU
— Ministry of Finance and Planning (@MoFmv) April 14, 2025
އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ޒަމީރު ވިދާޅުވީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ އަގުހެޔޮ އަދި އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދަތިކަން، މި މަސައްކަތުން ހައްލުވާ ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މިއީ ހައުސިންގެ މަޝްރޫއުތަކަށް އުއްމީދާއި ކުރިއެރުން ލިބުނު ކަމެކެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެޅޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމައި އެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ފާމެއް ހޯދަން މާޗު 2023 ގައި ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ކުރައްވާ މި ދަތުރުގައި ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބޯ
14 April 2025
މީގަދެސުންމަދީތަ
ޓިނު
14 April 2025
އެއްމެމްބަރުގެ ލިސްޓަށް ދޭވަރުވެސްނުވާނެ.
ޖިހާދާނުލައި އިސްލާމީ އުއްމަތުގެ ދިރުމެއް ނެތް
14 April 2025
ފަލަސްތީން އަދި ރޮހެންޔާ އަދި އެކިތަންތާ ނިކަމެތި ކުރެވިފަ ތިބި އަހަރެމެންގެ މުސްލިމް އަޚުންނާ އަދި އުޚްތުންނަށް ނުބެލޭބަޔަކު، ތި ގޮތަށް އައިސް ދިއްކޮށްލާ އެއްޗަކަށް އުފަލެއްނުވަން.
ކިނާރީ
14 April 2025
އެންމެ 400 ؟ ތިވަރު މަދު. ހައްގުގޮތުގަ ބޯހިޔާވަހިކަން ބޭނުންވާ އެތަށް ދިވެހިރައްޔިތުން ތިބިއިރު . ހައްގުނުވާކަން އެގޭ އިރު ދޫކޮއްލާ ބަޔަކު ނެތް .ވެއިޓިން ލިސްޓް އެހާމެ ބޮޑު . އިންތިޒާރުގަ ތިބެ ފޫހި ކަން. ކުރީސަރުކާރުން ދޫކުރި ފުލެޓް ލިބޭނެ ލިޔުން ތަކަށް އަމަލީ ސިފަ އައުން އެއީ މިސަރުކާރުން ވީ ވައުދު. ހައްގުވާނެ ކަން އެގޭ ކަށަވަރު ވާ ފުލެޓުން ވަނީ މަހުރޫމު ކުރެވިފަ .
ކިހިނެޓް
14 April 2025
400 ؟ އެއީ އެންމެ ޓަވަރެއް ނޫންތޯ ؟ 400 ފްލެޓުން ގިނަ ބަޔަކަށް ބޯހިޔާ ވަހިކަން ؟
ޖޯކް ސައު
14 April 2025
ވަންނާނެ ތަނެއް ނެތި އުޅޭ 1 ލައްކަ މީހުން އެބަ އުޅޭ މި ޤައުމުގަ. ސައުދީ އިން ކުނިވެފަ އޮތް 400 ފްލެޓް އަޅަން ދަރަންޏެއް ދިނީތީ ފައިބުޑަށް ތިރިވެ ޝުކުރުކުރަން..... ތީ ދެން ޖޯކެއް ދެއްތޯ.....
އެނދިމަރިޔަނބު
14 April 2025
މިހާރު ލިބިފަ ތިބިމީހުންނަށް ތިވެސް ދީ. އޭގަ އެބަތިބި ަދި ދެމަފފިރިން ތެރެއިން ދެމަފފިރިންނަށް ހަމަނުވެ. ދެން ނުލާނަން އެއްވެސް އިންތިޚާބެއްގަ ވޯޓެއް، ވާކަމެއް ހަރާން.
އަސަރަފަ
14 April 2025
އެންމެ 400. ތީ އެންމެ އިމާރާތެއް ނުން
ގެރިމޯދީ
14 April 2025
400 ފުލެޓުން މައްސަލަ ހައްލު؟
ގަރަނިބޯ
14 April 2025
ދިވެހިން ވެެއްޖެއެއްނުން ފަނުން ގެ އަޅައިގެން އުޅެން ފަށަން އަލުން؟ ނެތް ލާރިން މަތިމައްޗަށް ދަރަނިވެރިވެގެން މި އަޅާ ކޮންކުރީޓު ގަނޑުގަ އުޅުމަށް ވުރެ ރަނގަޅުވާނެ