ޓޫރިޒަމް މިނިސްޓަރު ތޯރިގާއި ފިނޭންސް މިނިސްޓަރު ޒަމީރާޢި އޭޖީ އުޝާމް، ޝަންގްރިލާއާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރަނީ -- ފޮޓޯ: ޓޫރިޒަމް
14 އެޕްރީލް 2025 - 14:32
އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވަމުންދާ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ ރިސޯޓުގެ އިސްވެރިންނާ އެކު ސަރުކާރުން އަނެއްކާ ވެސް މަޝްވަރާތައް ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ ރިސޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. ޝަންގްރިއްލާގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ހެޑް އޮފް އިންވެސްޓްމެންޓް އެންޑް އެސެޓް މެނޭޖްމެންޓް ކްރިސްޓޮފާ ފޮންގް އެވެ.
ޝަންގްރިލާގެ މެނޭޖްމެންޓްގެ ބޭފުޅުންނާ މަޝްވަރާ ކުރަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
އެ ބައްދަލުވުމުގައި ކްރިސްޓޮފާ ފޮންގް ވަނީ އެ ރިސޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ރިސޯޓު ހުޅުވުމަށް އަލުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށްފަ އެވެ. މިކަމުގައި ސަރުކާރުން، ދެވޭނެ އެހީތަކާ ގުޅޭ ގޮތުން ވެސް މަޝްވްރާކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ތަފްސީލީ ރޯޑު މެޕެއް ހުޅުވާލައި، އަވަސް މުއްދަތެއްގެ ތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަންތައް ފަށަން ޝަންގްރިލާ އިން އެއްބަސްވެފައިވާ ކަމަށެވެ.
އައްޑޫގެ ޓޫރިޒަމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިން 500 އެނދުގެ ޝަންގްރިލާ ބަންދުކުރީ ކޮވިޑާ ގުޅިގެންނެވެ. މިދިޔަ އަހަރު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރިސޯޓު ހުޅުވޭނެ ގޮތްތަކެއް ހޯދުމަށް ޝަންގްރިލާގެ މެނޭޖްމެންޓާ މަޝްވަރާކޮށްފަ އެވެ. އެކަމަކު އަދި މިހާތަނަށް އެކަމަށް ހައްލެއް ލިބިފަ އެއް ނުވެ އެވެ.
ޝަންގްރިއްލާ ނުހުޅުވި ދިގުލައިގެން ދިޔަ މައްސަލައާ ގުޅިގެން ފެބްރުއަރީ 2023 ވަނަ އަހަރު ސަރުކާރުން ވަނީ ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުހުޅުވޭނެ
15 April 2025
ހުޅުވާކަށްނޫޅޭ. ލާރިގަޑެއް މަޅާލަން ޝަންގުރިއްލާއިން ވެސް ބޭނުންވަނީ ތި ޖިފްޓި ބައިގަނޑުވެސް ބޭނުންވި 25 މިލިޔަން ޑޮލަރ. އައްޑޫމީހުން ކަމަކީ ބާރަށް ސައިކަލްދުއްވާ އަފިރިން ނޭ ތަފިރިންނޭ މާލެ މީހުންނޭ އުތުރާދެކުނޭ ކިޔާފައި ކޮމެންޓްކަުރުން.
އަޅި އަލި
14 April 2025
"ސަރުކާރުން ވަނީ ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ." ދެން އަނެއް ކާ 100 ޕަސެންޓް ހިއްސާ ގަނޭ! ބަޔަކު ލައްވާ ގަނަކަމުން ރިސޯތް ހިންގަވަން ނޫޅުއްވާ ރައްއަތުލަފަ ކޮންމެވެސް އެހެން ބަޔަކަށް ދެެއްވާ! ތިތަން ބޭނުންނާ ލައްކަ މީހުން އެބަތިބި! ތި މީހުން އަތުގަ ލާރި ނެތީ!
ފަރަންޖީ
14 April 2025
ޝަންގްރިއްލާ އަކީ 500 އެނދުގެ ރަށެއް ނޫން. 132 ކޮޓަރި 270 އެނދު.