ޝަންގްރިއްލާ ވިލިނގިލި ރިސޯޓް: އެތަން މިއަހަރު ނިމުމުގެ ކުރިން އަލުން ހުޅުވާނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/ޝަންގްރިއްލާ
30 ސެޕްޓެމްބަރ 2025 - 12:54
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އެ ރިސޯޓު ހިންގާ ކުންފުނިން އެއްބަސްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް 2021 ވަނަ އަހަރު ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އިބްރާހީމް ފައިސަލް ހުންނެވިއިރު އޭނާ ވިދާޅުވެފައިވާ ގޮތުގައި ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަލް ކުރަން ހިނގާ މަރާމާތަށް 25 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވަން ޝަންގްރިއްލާ އާއި އައްޑޫ އިންވެސްޓްމަންޓުން އެެއްބަސްވެފައިވާތީ އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ރިސޯޓަކީ އެތަން ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި ރިސޯޓަކަށް ވާތީ، އެތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.
އެތަން ފުރަތަމަ ހުޅުވިއިރު އެ ތަން މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮޗްމޭން
30 September 2025
މީޑިޔާއިން ގޮސް ބަލާފަ ރިޕޯޓެއް ހަދާބަލަ އެރަށުގައި ވަމުން ދާ ތައްޔާރީތައް. ވީރާނާވެފައިވާ ގެސްޓް ރޫމްތަކާއި ރެސްޓޯރެންޓްތައް ހަދަން ޖިނި ޝައިތާނުން ފޭބީތޯ ކުރިޔަށް އޮތް 3 މަސް ތެރޭ ތިތަން ނިންމަން. އެ ޔަގީންކަން ލިބިއްޖެއްޔާ ރައީސްގެ ބަސް ގަބޫލުކުރެވޭނީ.
އޮނަރަބްލް އަފީފު ދީދީ
30 September 2025
އޮކްޓޯބަރ މަހު ރައީސް އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިގައިވާތީ "މާލޭސަރުކާރުން އެކަމަށް އެދިގެން" ވީރާނާވެފައިވާ ޝަންގްރިލާ ރިސޯޓްގައިހުރި 10 ވަރަކަށް ކޮޓަރީގައި ކުލަލާފައި ރައީސް އަރިހުގައި އައްޑުއަށްވަޑައިގަންނަވާ މާލޭސަރުކާރު ވަޒީރުންނަށާއި މާލޭސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އެތަނުގައި ނިދާލެވޭނެގޮތް ހެދުމަކީ ޝަންގްރިލާޒް ރިސޯޓްގެ މަސައްކަތް ކުރިއަށްގޮސް މިއަހަރު އެތަންހުޅުވޭ ވަރަށް ކަންކަން ކުރިއަށްދިއުމެއްނޫން. ތިއީ ހަމަ ދަޅައެއް.
އޮނަރަބްލް އަފީފު ދީދީ
30 September 2025
މާލޭސަރުކާރާއި ޝަންޤްރިލާޒް ޤުރޫޕާއި ދެމެދުހަދާފައިވާ އެއްބަސްވުމާއިއެއްގޮތަށް ރިސޯޓްތަރައްޤީކޮށް ނުހިންގާނަމަ، އެއްބަސްވުންބާތިލްކޮށްފައި އިންވެސްޓަރ ފައިނޭންސް އުސޫލުން އައްޑޫ ވިލިގިލީގައި ވޯޓަރވިލާ ހިމެނޭގޮތަށް 100 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ ⭐️ ރިސޯޓެއް ތަރައްޤީކޮށްދޭނެ ރިއަލްއެސްޓޭޓް ޑިވޮލޯޕަރ ކުންފުންޏެއް ހޯދަން "އެކަށީގެންވާ މުއްދަތުދީފައި" ބައިނަލްއަޤުވާމީ ބިޑަށްހުޅުވާލައިގެން ރަށް ތަރައްޤީކޮށްފައި ރިސޯޓް / އިންވެސްޓްމަންޓް ވިއްކަން ހުޅުވާލާ.
އޮނަރަބްލް އަފީފު ދީދީ
30 September 2025
ކަނަމަދެއްވަރުގެ ފައިސާކޮޅަކަށް ދިވެހިރައްޔިތުންގެ އިލާހީ އެއްމެދުމުދާ 99 އަހަރަށް ސައުދާޤަރުންނަށް ދިނުމުގެ ބަދަލުގައި ދައުލަތުގެ ފަރާތުން ރިސޯޓް ހަދާން ބޭނުންވާ ރާއްޖޭގެ ރަށްތައް މަތީގައި ދެންނެވި ގޮތަށް ތަރައްޤީ ކުރުމަށްފަހު އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތް ތަކަށް 50 އަހަރަށް އިންވެސްޓް މަންޓް ލީޒް ކުރުމުން މިހާރު ރަށްތައް ދޫކުރާ ގޮތަށްވުރެން މާ ރަގަޅު ވާނެ. އަދި މިފަދަ ރިސޯޓް ތައް ގަންނާނެ އިންވެސްޓަރުން ހޯދަންވެސް ފަސޭހަވާނެ.
އޮނަރަބްލް އަފީފު ދީދީ
30 September 2025
ދައުލަތުގެ ސޮވަރިންގެރަންޓީގައި ނުވަތަ ދައުލަތުން ބިޑަށްހުޅުވާލުން އިންވެސްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކުރާ މިފަދަރަށްތައް އިންވެސްޓްމަންޓްގެ އަގު އެއްފަހަރާދައްކާފައި 50 އަހަރަށް ގަންނަފަރާތުގެ މުއްދަތުހަމަވާ ދުވަހުންފެށިގެން މިފަދަ ހުރިހާރަށްތަކެއްގެ މިލްކްވެރިފަރާތަކީ ދައުލަތާއި ރައްޔަތްޙިއްސާވާ Maldives Tourism Development Cooperation ކަމަށް ޤާނޫނުގައި ކަޑައެޅުމަށްފަހު މިކަންކުރަންފެއްޓުމުން ރާއްޖޭގެ ރަށްތައްހުންނާނީ ދިވެހިންގެ އަތުގައި.
އޮނަރަބްލް އަފީފު ދީދީ
30 September 2025
ތިމަންނާމެނަކީ ކަތިވަޅި ހިފައިގެން ރަށްކޮށާން ނިކުތް މީހުން ކަމަށާއި، "މިއަދުގެ ޒުވާންޖީލު ކަންނެތްކަމުން މަސައްކަތްކުރަން ބޭނުންނުވާކަމަށް" ބުނެ ޙަޤީގަތާއި ޙިލާފު ވާހަކަ ދައްކާ ދިވެހިންގެ އުއްމީދު ގެއްލުވާލާ އަމިއްލަ ފުޅަށް "ޕައިނީއަރުން ކަމަށް ދައުވާ ކުރާ" އެމީހުންގެ އަމިއްލަ ކުލަބެއް ކަމަށްވާ MATI ގެ ދަށަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ގެންގޮސްގެން ތިބި ހައެއްކަ މަހުޖަނުން ދަނީ މިދެންނެވި ގޮތަށް ރަށްތައް ތަރައްޤީ ކުރުމަށްފަހު ވިއްކަމުން.
ސުންދުސީ ޕަރްވީން
30 September 2025
ސަރުކާރު ވައްޓާލަފާނެތީ ހަދާ ދޮގު! އެކަކު ވެސް ގަބޫލް ނުކުރާތި!
ޔަގީންތާ
30 September 2025
އޮކްޓޯބަރ 3 ގެ އިފެކްޓް
ނޭމާރ
30 September 2025
އައްޑޫ މީހުން ހައްދާލާނީ.
ކުރަނގި 3
30 September 2025
ރައީސު އައްޑު އަށް ދިއުމުގެ ކޮޅުމަތި! މި އަހަރުގައި ދެން ބާކީ އޮތީ ކުޑަ ދެ ތިން މަސްކޮޅެއް