އައްޑޫ ޝަންގްރިއްލާ ރިސޯޓު މިއަދު އަލުން ހުޅުވަނީ.
30 ޑިސެމްބަރ 2025 - 17:20
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ބޮޑު މަރާމާތަކަށް ފަހު، މިއަދު އަލުން ހުޅުވައިފި އެވެ.
އެ ރިސޯޓު ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޮގަސްޓް 2020 ގަ އެވެ. އޭގެ ކުރިން އެ އަހަރުގެ އޮޕަރޭޝަންތައް އޮތީ މެދުކަނޑާލައިފަ އެވެ.
އައްޑޫ ވިލިނގިލީގައި ހަދާފައިވާ 132 ވިލާ ހިމެނޭ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށިގެން މަސައްކަތް ކުރަމުން އައި ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން އޮތީ ކާމިޔާބު ނުވެފަ އެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި https://t.co/5FfxzqC7oV
— Mihaaru (@Mihaarunews) August 25, 2020
އެކަމަކު، ރައީސް މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ އެ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރެއްވުމެވެ.
އެ ވައުދާ އެކު، މި އަހަރު ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވާނެކަން ޝަންގްރިއްލާގެ މެނޭޖުމަންޓާ ގުޅިގެން މި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާނުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްޓު މީހާ އަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.
ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެން، އެ ރިސޯޓު އަލުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވަނީ.---ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ބުނީ، ޝަންގްރިއްލާ ރިސޯޓު ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން އެ ތަނުގައި މަސައްކަތް ކޮށްފައިވާއިރު، އެ ތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.
އެ ތަން 2008 ގައި ހުޅުވިއިރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.
ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެން، އެ ރިސޯޓު އަލުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މުއިއްޒު އެ މަހު އެ ރިސޯޓަށް ވަޑައިގެންނެވި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭގެ ސަބަބުން އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، އެ ސަރަހައްދުގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ ކަމަަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 December 2025
ޑރ ޝަކީލާގެ ބައްޕާފުޅު މަރުޙޫމް މުޙައްމަދު ސައީދު ކ.އަތޮޅު ރިސޯޓެއްގައި އޮތް އެބޭފުޅާގެ ޙިއްސާ ވިއްކާފައި ލިބުނު ފައިސާއާއި އައްޑޫގައިހުރި މުޙައްމަދު ސަޢީދުގެ މިލްކިއްޔާތު އެކަމަށް ޚަރަދުކޮށް އަމިއްލަފުޅު ޚަރަދުގައި GAN Airport ގައި ތަރައްޤީކުރި Holiday Village (މިހާރު މާލޭބަޔަކު ހިންގާ އީކްއޭޓަރ) އާއި ސިލޯނު އެއަރލައިން ޗާޓަރކޮށް އައްޑުއަށް އޮޕަރޭޓްކުރަން ކުރިމަސައްކަތަށް ފެއްޓި ހިސާބުން ސަރުކާރުން މިމަސައްކަތަށް އެހީތެރިވާން ފައްޓައިފި.
އޮނަރަބްލް އަފީފު ދީދީ
30 December 2025
ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މަތިންދާބޯޓްގައި ދަތުރުކުރި އައްޑޫމީހުންގެ ސަބަބުން އުފެދި ބޮޑުވި ޤައުމީ އެއަރލައިނަށް އެއަރ ބަސް A330 ގެނެސްގެން މާލޭމީހުނަށް ނުއަގުގައި ޗައިނާ، މެލޭޝިޔާ، ތައިލެންޑް އަދި އިންޑިޔާގެ އެތައް މަންޒިލަކަށް ދަތުރު ކުރަން އަގުހެޔޮ ޓިކެޓް ވިއްކާ އިރު، އަދި ހަނިމާދޫ އިން ވެސް އިންޑިޔާ އަށް ޝެޑިއުލް ދަތުރު ކުރާ އިރުވެސް އެންމެ ކުޑަމިނުން އައްޑޫ އިން އިންޑިޔާ ދަތުރު ނުކުރަނީވެސް ޓްއަރިޒަމް ތަރައްޤީކުރަން ބޭނުންވާތީ ނޫންތޯ.
މައްކޫ
30 December 2025
500 މުވައްޒަފުންގެ 30 އަކަށް ޕަސެންޓް ދިވެހިން، ދެން ތި 500 ވަޒީފާ އޭ ބުނަނީ އޮޅުވާލަންތަ؟ ޝަންގްރިއްލާ ބޭނުންވި ކަން ވެއްޖެ، ރައްޔިތުން ލައްވާ ސަރުކާރަށް ޕްރެޝަރ ކޮށް ދައުލަތުގެ 30% ޝެއަރ އަތުލެވެނީ، ފައްކާ ޤައުމެއް، ކުރާ ކޮންމެ ކަމަކުން ދައުލަތަށް ގެއްލުން
ޑޮކްޓާރ. ބަނާނާ
30 December 2025
ގަބޫލު ނުކުރިޔަސް ހަގީގަތަކީ 132 ވިލާ ހުރި ތިޔަ ރިސޯޓުން ހޮޓެލް ޖެން ގަ ތިބި ކައްކާ މީހުނާއި އަދި މުއައްޒަފުން ގެންގޮސްގެން ތިޔަ ހުޅުވީ 3 ވިލާ ! ވ.ސަލާމް!
ވޯޓުން
30 December 2025
ނިޒާރުމެން ރައްޔިތުންހައްދަން ކުޅޭ ޑްރާމާ މުޅި އަތޮޅުގަ
އުދުހޭ
30 December 2025
ޝަންގްރިލާ ގެ ވެބްސައިޓަށްވަދެ ބުކް ކުރަން އުޅުނީމަ ނަމެއް ނުފެނޭ. ރިސޯޓް ހުޅުވީ ނަމަކަށް؟
ހައިޓާނާ
30 December 2025
2012 ވަނަ އަހަރު މާލެ ކައިރީ ހުޅުވި ދުނިޔޭގެ އެކިތަންތާ 60ހޮޓާހިންގާ ބޭރުގެ ކުންފުންޏަކުން ފުރަމަ ހުޅުވި ރިސޯޓްގަ 150 ކޮޓަރީގެ ތެރެއިން ހުޅުވީ 10ކޮޓަރި، ފުރަތަމަ އައީވެސް އެޖެންޓުންގެ ބަޔަކު. މިތާ ކޮމެންޓް ކިޔާލިއިރު ބައެއްމީހުން ނަށް ފެންނަނީ 5 ކޮޓަރި އަނެއްބަޔަކަށް 10. ސަރުކާރުން ސަބްސިޑީ ދީގެންވެސް އައްޑޫ މީހުންނަށް ވަޒީފާ ލިބުނީމަ ރަނގަޅީ ކޮންބަޔަކަށްތަ؟؟
އަޅި އަލީ
30 December 2025
ތިޔަ ތަނުގެ ކޮޓަރި ވިއްކާ ވެބްސައިޓެއް މި ދުނިޔެއަކު އަދި ނެތް. 123 ރޫމް ހުރި ތަނުން 5 ރޫމަށް ކޮންމެވެސް ރައްޓެހި ހަމުން ދޮން ބަޔަކު ގެނެސް ލައިފަ ވައުދު ފުއްދާލީ. ނޫނޭވާ ކަލޭ ތިޔާ ކުރަނީ ވެރިކަމެއް.
މާލޭމީހާ
30 December 2025
ތިޔަތަން ހުޅުވައިގެން މާލެމީހުނަށް ދެރަނުވާނެ... އެކަމު ސަރުކާރަށް ގެއްލުންވާނެގޮތަށް ޓޫރިޒަމް ފެސިލިޓީތަކުން ލިބޭ ޓެކްސް ނުލިބޭގޮތަށް އަދި އިތުރަށް ތިހިސާބު އެއާޕޯޓުތައްވެސް ސަބްސިޑައިސްކޮށްފަ ބުކިންހަދާ ޓޫރިސްޓުންނަށް ސަރުކާރުން ޓިކެޓާ ރޫމްރެންޓް ދައްކަދީފަ ރިސޯޓު ހިންގާ މޮޑެލްެަކުން ވާނެ ފައިދާ ސަރުކާރަށް ހާދަ ބޮޑުވާނެޔޭ
ކުއްދީ
30 December 2025
ބޮޑު މޯކެއް.. އެންމެ 5 ކޮޓަރި ހުޅުވީ.. ތިޔާ ތަނަށް ވުރެ މާރަގަޅުވާނެ ހިތަދޫ ގަ ތިބޭ ގެސްޓުހައުސްތައްވެސް.. އަދި ސަންގްރިލާހުޅުވައިފިއޭ އެބަކިއައެއްނު.