ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ހިންގި މެނޭޖިން ޑިރެކްޓަރު ސައީދު.
14 އެޕްރީލް 2025 - 17:58
ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެ ކުންފުނީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ މި މައްސަލާގައި ދައުވާ ކޮށްދޭން އެދި ފޮނުވީ ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ކަމަށެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓު ގަތުމުގައި ފެނަކައިގެ އުސޫލުތަކާ ހިލާފަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ކަމަށް އޭސީސީން ބުންޏެވެ.
އެ އައިސްޕްލާންޓު ފެނަކައިން ގަނެފައިވަނީ އޭސީސީން ބުނިގޮތުގައި، އެއީ ކުންފުންޏަށް ގެއްލުން ވާނެ ޕްރޮޖެކްޓެއް ކަމަށް ބޯޑުން ނިންމާފައިވަނިކޮށް އެކަން އެނގި ތިއްބަވައި އަދި އެ ރަށުގައި އިތުރު އައިސްޕްލާންޓެއް އެޅުމަށް ނިންމާފައިވަނިކޮށް، ކުންފުނީގެ ބޯޑަށް ސައީދު ދޮގު މައުލޫމާތު ދެއްވައިގެންނެވެ.
އޭސީސީން ބުނީ، ފެނަކައިން އަޅާފައިވާ އައިސްޕްލާންޓް ފެނަކައިން ގަތުމުން، މިނިސްޓްރީގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވާނެ ކަމަށް ވިދާޅުވެ، ސައީދު ދޮގު މައުލޫމާތު ދެއްވި ކަމަށެވެ.
އައިސްޕްލާންޓު ގަތުމަށް ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހެޅުއްވީ މާކެޓް ވެލިއު އަށް ވުރެ މަތީ އަގެއް ކަމަށާއި އެ އަގު ކަނޑައަޅާފައިވަނީ މަކެޓު ވެލިއު އަށް ބެލުމެއް ނެތި، އައިސްޕްލާންޓު އެޅި ކުންފުނިން ހުށަހެޅި އަގު ބޭނުންކޮށް އޮޅުވާލަފައިގެން ވެސް ހާމަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ސައީދާއި މަސްއޫދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެން އޭސީސީން ކުރާ ތަހުގީގަށް ސައީދުގެ ޕާސްޕޯޓު އޮތީ މިހާރު ވެސް ހިފަހައްޓައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު، ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް ކުރި އެވެ. ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެނަކައިގެ މުވައްޒަފުން ވެސް އޭސީސީ އަށް ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިް23
15 April 2025
ހުރިހާ ކަމެއް ކުރި އަބޯ ސަލާމަތުން އެނބުރި އައިސްފަ ހުރީ… މި ސަރުކާރަށް ސަނާ ކިޔަން ފެށީމަ… އަސްލު އެވެސް އެމްޑީޕީ ގޮލައެއް
ކޮލަމާ
15 April 2025
ތިޔަ ބުނާ އަބޯ ވައްކަމެއްނުކުރާނެ. ސައީދު އުޅެނީ ހުރިހާކަމެއް އެހެންމީހުންގެ ބޮލަށް ކަނޑާފަ ސަލާމަތްވާން.
ސާސަ
14 April 2025
މިއޮންހާދުވަހުން ހޯދުނީ މި މައްސަލަ؟ ތީތި މިހާރުވެސް ފެއިލް ވެއްޖެ. ‘ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާޔޯ’. ތީތި ސާބިތުކުރާނެ ގޮތަކީ ނެތް ގޮތެއް.
ޢަލީ ކުރުސީ
14 April 2025
ކޮބާ އާރު.ޑީ.ސީ ގެ މައްސަލަތައް؟
ލިޔަނއ
15 April 2025
ނޫޅޭނެ މޫކޭމެން މާ ސުމާޓުވާނެ…އެތާނގަ އިސް އެހެން މަގާމުތަކުގަ އުޅުނު ކުދި ސޮރުންތައް ފުނޑޭނި.
ދުނޖެ
14 April 2025
ހެޔޮނުވާނެ އަވަސްކުރުމަށްޓަކައި ފާސްތުކުރޭ
raajje
14 April 2025
މީނަބޮލަށްކުލަފާޓާއެއް އަޅާނެމީހަކުނިވިދޯ! ރާއްޖޭގައި ވަގުންވެސްވާގޮތަކީ ވަކިރޭންޖަކަށްވުރެން ބޮޑެތިވައްކަންކުރީމާވަނީ އިންޒަތްތެރިންނަށް އެހެންނޫންތޯ! މިފަދަބައެއް އިއްޒަތްތެރިންނަކީ އަދީބު، ބައްސާމު، އަދިވެސް މިފަދައެތައް ވ މިލިސްޓުގައި ހިމެނޭ ނަމަވެސް އެންމެންވެސް ތިބީ ޑީލްހަދައިގެން ސަލާމަތްވެގެން، ނަމަވެސް ހައްގުނޫންގޮތުގައި ހޯދާމުދަލުން އެއްވެސްމަންފާއެއް ދުނިޔޭގައިވެސް އަދި އޭގެފަހުންވެސް ނުކުރަނެކަމީވަރަށްސާފުކަމެއް ސާބިތުކަމެއް
ބުރުޖަހާ
14 April 2025
އަވަހަށް ދައުވާކުރޭ ގުޑް ވޯކް އޭސީސީ
އިސްގާޒީ
14 April 2025
މައްސަލަ ނުނިމޭނެ ޖީލެއް ނެތި ދާއިރުވެސް. ކޮބާހޭ ކޭޕާކު މަންޑޭއާ ބައްސާމުއާ އައްމަޓީއާ އަލްހާން. ކްރިމިނަލް ކޯޓުން ކުދި ކުދި ވައްކަމުގެ މައްސަލަތައް ބެލުމުގަ އަވަދިނެތި. ބޮޑެތި ވަގުންގެ މައްސަލަތައް ޕާކުކޮށްފަ.
ބުންބެ
14 April 2025
އިންސާފުން ދައުވާ ކޮށްފިނަމަ އެނގޭނެ މީނަ ކުރި ވ ހޯދި މުއްސަނދިކަން
ފޮނުބެ
14 April 2025
މިއީ ވަރަށް ބޮޑެތި އަދަދަކަށް ރައްޔިތުން ގެ ފައިސާއަށް ހިޔާނާތް ވެފައިވާ މީހެއް
ރާއްޖެ
14 April 2025
މައްސަލަ ސާބިތު ވިޔަސް ނުވިޔަސް މިއީ ،.