ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ޑރ. ހަލީލް (ކ-2) އާއި ތުރުކީގެ ޓޫރިޒަމް މިނިސްޓަރު މެހްމެތު އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު އަބްދުއްރަހީމް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
15 އެޕްރީލް 2025 - 09:18
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ ހުޅުވައިފި އެވެ.
ތުރުކީގެ ވެރިރަށް، އަންކާރާގައި އަލަށް ގާއިމްކުރި އެމްބަސީ ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގަތް ދިދަ ނެގުމަށް ރަސްމިއްޔާތަކަށްފަހުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެމްބަސީއެއް ގާއިމްކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބޭނެ ކަމާއި އެ އެމްބަސީ ވާނީ، ދެ ގައުމުގެ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި އިގުތިސާދީ ކުރިއެރުމާއި ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ބޮޑު ކަމަށެވެ.
ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެމްބަސީއެއްގެ މުހިންމުކަން ހަލީލް ފާހަގަކުރެއްވި އެވެ.
ތުރުކީގެ މިނިސްޓަރު ވިދާޅުވީ ދެ ގައުމު، ޓޫރިޒަމާއި ސަގާފަތާއި އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްގީވެފައިވާކަމަށެވެ.
ރާއްޖެ އާއި ތުރުކީން ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 46 އަހަރު ކުރިން މެއި 28، 1979 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް ޓުއްތޯންބެ
15 April 2025
ސަރުކާރު ބޭސްފިހާރަތަކުން ބޭސް ހުސްވެ ކުޑަކުދިންގެ ރޯގާ ބޭސް ފުޅިއެއް ވެސް ލިބެން ނެތް ހާލަތުގައި ބޭރުގައުމު ތަކުގައި އެމްބަސީ ހުޅުވާ ހަތިޔާރާއި މިސައިލް މަނަވަރު ގަނެ ގައުމުގެ ސިޔާސަތު އެބުރެމުން މިދަނީ ރުވާންޑާ ސޯމާލިޔާ ފަދަ ގައުމުތަކުގެ އަސްކަރީ ސަރުކާރު ތަކުގެ ސިޔާސަތާއި އެއްގޮތަށް . ޢާންމު ރައްޔިތުން ނާށިގަޑު ހިފައިގެން ނުކުންނަން ޖެހޭ ހާލަތަށް ގައުމު މިވަނީ ގޮސްފައި.
އަބްޑޫޅް +
15 April 2025
ޓުރިޒަމް ބަކަނަ މެހްމެޓް ދޯ؟
ދިވެހިރާއްޖެ 2.0
15 April 2025
ތުރުކީ މީހާ ހޤާދަ މާޔޫސްވެފަ؟
ބަޑިތަކުރު
15 April 2025
ކިތަންމެ މަދުން ދިވެހިން އުޅުނަސްއަދި ހާލަކުން ފަހަރަކު މީހަކު ގޮސްލާތާކަށް ވިޔަސް އެމްބަސީހުޅުވައި ސަފީރުންނާއި މީހުން ލައްވަމުންދާތީ އަހަރެމެންގެ ގައުމުގެ ތަނަވަސްކަން ހުރިމިންވަރު ފެނިފައި ވަރަށް އުފާވޭ.
އ
15 April 2025
ރައްޔިތަކައް ވާނެ ފައިދާއެއް ކިޔާލަދީބަލަ?
ނެތް
15 April 2025
އެަކަމަކު ދައުލަތުގެ ޙަރަދުގަ ބައެއް މީހުން ދަރިންނަށް ކިަޔވާދޭން ގޮއްސި މިތަނަށް. އެއްވެސް އިލްމެއް ނެތް ޤާބިލް ކަމެއް ނެތް، އެކަމަކު ރައީސް އޮފީހުގެ މިނިސްޓަރެއްގެ އަނބިކަނބަލުން ވީމަ ދޯ...
ޑެބީ
15 April 2025
މިއަދު އެމްބަސީ ހުޅުވީ މިހާރުވެސް އަބްދުއްރަހީމް އެހުންނެވީ ވަކި ފަރާތަކަށް ޖެހިގެން. ކީކެދެން ބުނާނީވެސް.
މޯޖޯޖޯޖޯ
15 April 2025
ފުރަތަމަވެސް ތުރުކީ ޤައުމުގެ ނަން ތިއޮތީ ނުބައިކޮށްޖަހާފަ، މިހާރު ކިޔަނީ ތުރުކިއޭ
ޔާމީނު
15 April 2025
އަންނި ބުނާހެން ކާކުތަ ބޭނުންވާނީ އޭނައަރާހުރި ގޮފިގަނޑު ކަނޑާލަން
ބަހާބަހާ
15 April 2025
ގާތް ކުދިންކޮޅަށްކަށް ވަޒީފާކޮޅެއް ބަހާލަން ރަނގަޅު ގޮތެއް.
އެކްސްްް
15 April 2025
ގައުމުގައި ޑޮލަރެއްނެތް، އެކަމަކުވެސް އެމްބަސީތައް ހުޅުވައި، ވަޒީފާދިނުން ނޫންކަމެއް ނުކުރޭ.