ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި: އިތުރުގަޑީގެ ފައިސާގެ މައްސަލާގައި ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: މިހާރު
19 އެޕްރީލް 2025 - 12:16
ސިއްހީ ހިދުމަތްތެރިން ލައްވައި ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ހަމައަށް ނުދޭ ކަމަށް ބުނެ ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެޗްޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވައި އިތުރުގަޑީގައި ކުރުވާ މަސައްކަތަށް، އިތުރުގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑަށް މިދިޔަ މަހު 20 ގައި ގެނައި އިސްލާހާ އެކު ވެސް އެ މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.
އެ އިސްލާހާ މެދު، ކަމާ ގުޅޭ މުއައްސަސާތަކުން އެ އިސްލާހު މާނަކުރަމުންދާ ގޮތުގެ ސަބަބުން ރަސްމީ ބަންދު ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައި ވެސް ރަސްމީ ގަޑީގެ އިތުރުން ސިއްހީ މަސައްކަތްތެރިން ލައްވައި ކުރުވާ މަސައްކަތްތަކަށް ލިބެން ޖެހޭ ހަމަ އުޖޫރަ ލިބުމަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވަނީ އާންމުކޮށް މަސައްކަތްކުރަން ޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވާ ނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ، އިތުރުގަޑީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފުގެ މުސާރާގައި ހިމަނައިގެން ވަޒީފާ ދޭ ފަރާތުން އެ މީހަކަށް ދޭންވާނެ ކަމަށެވެ.
ހުކުރު ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ ދުވަހާއި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައިވާ ބަންދު ދުވަސްތަކާއި ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަކީ އާންމުކޮށް ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރަން ޖެހޭ ދުވަސްތަކަކަށް ވާތީ، އެ ދުވަސްތަކުގައި އިތުރުގަޑި އަދި ބަންދު ދުވަހުގެ އެލަވަންސް ދިނުމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
އެ ޖަމިއްޔާއިން ބުނީ ކަނޑައެޅިފައިވާ މިންގަނޑާ ހިލާފަށް މަސައްކަތްކުރުވައިގެން ނުކުންނަ ނޭދެވޭ ނަތީޖާގެ ޒިންމާ އުފުލަން ވާނީ އެގޮތަށް މަސައްކަތްކުރުވާ ފަރާތްތަކުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވެސް އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ސިއްހީ މަސައްކަތްތެރިން ލައްވައި އެ މިންގަނޑާ ހިލާފަށް މަސައްކަތް ކުރަން ޖެހޭ ފަދަ ގޮތަކަށް އިދާރާތަކުން އަމަލުކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
19 April 2025
ސިޔާސީ މަގާމް އިތުރު ވެއްޖެ އެވެ. ސަރުކާރުގެ ހަރަދު ކުޑަ އެއް ނުވެ އެވެ. ދެން މިސްރާބު މިޖަހަނީ ޓެކްސް ތައް ބޮޑު ކުރުމަށެވެ. ދެން ވަޒީފާ ތަކުގަ އުޅޭ މީހުންނަށް ލިބޭ އެތި ކޮޅުން ބައެއް ނެގުމަށެވެ.
އެކަލޯ1
19 April 2025
ހަމަ އެކަނި ސިއްހީ ހިދުމަތްތެރިންނަކަށް ނޫން ތައުލީމީ ދާއިރާގެ އިތުގަޑީގެ މައްސަލަ އަދި އޮތީ މާގޯސްކޮށް. ވަކި ޕަސަންޓެއް ކަޑައަޅައިގެން މަސައްކަތް ކުރުވަނީ ނަމަ އެ ޕަސަންޓާ އެއްވަރަށް މަސައްކަތް ކޮށްފިނަމަ އެމަހު ބާކީ ދުވަސްތަކުގައި ކިޔަވައި ނުދެވުނަސް އިތުރުގަޑީގަ ނެރެގެން ނުވާނެ. ގާނޫނުގަ ވަރަށް ސާފުކޮށް ބުނޭ ލިތުރުގަޑީގެ ފައިސާ ނުދީ އިތުރުގަޑީގެ މަސައްކަތް ކުރުވާގެން ނުވާނެކަމަށް. ހުރިހާ ބޭފުޅުންވެސަ ގާނޫނީ މަގަށް ރުޖޫއަވާން ގޮވާލަން.
އިތުރުގަޑި
19 April 2025
މުސާރަ ކުޑަކޮއްފަ އިތުރުގަޑީގެ ފައިސާ ދޭންޖޭހޭނީ ރައްރަށުގެ ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލްތަކުގަ ޕަބްލިކް ހެލްތް ޔުނިޓުގެ މުވައްޒަފުން މިދިޔަ ރޯދަ ފަހު 10 ގެ ބަންދުގައި ހީވަނީ 2 އީދު އެއްފަހަރާ އައިސްގެން އުޅޭހެން ކުރާނެކްމެއްނެތަސް އޮފީސް ހުޅުވައިގެން އިތުރުގަޑި ޖެހުމުގައި އެކަމަކު ތި އެންގުމެއް އެންގުމުގެ ކުރިއަށް އޮފީސް ބަންދު ކުރަންޖެހޭ 2 ޖަހާއިރަށް އެހެންގަޑިތަކުގައި ކުރާނެ މަސައްކަތެއްނުހުރޭ .
ޗިލީ ސޯސް
19 April 2025
މަށަށް އޭރުވެސް އެނގޭ ނެރެއް ހާތަން ދުކޮށްލިއްޔާ ކެނބެއް ހާތަން ދަމައިގަންނާނޭކަން! ރޯދަ މަހުގެ ފަހު ދިހަޔެއްގައި އިތުރު ގަޑީކަން ކަންކަން، ރައީސްގެ ވައުދާ އެއްގޮތަށް އެލަވަންސެއް ގޮތަށް ދޫކޮށްލީމާ ބަލާބަލަ ހިފާލި ވަރު! ކެވެން އޮތްވަރާ ކެވޭވަރާ އަޅާ ކިޔާލާފާ ހައި ހޫނުކަން ހަމަ ނުފިލަނީވެސް ނޫންބާ.
ޢިކްލީލް
19 April 2025
ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކަށް ވުރެ މަދު ދުވަސްތަކެއް ވަޒީފާ އާ ބެހޭ ޤާނޫނުގަ އިންނަނީ. ކަލަންޑަރުގަ ރަސްމީ ބަންދު 20 ދުވަސް، އޭގެން އެންމެ 10 ދުވަސް ޕޭފްރޭމްވޯކަށް ހިޖުރަކޮށްފައިވާ ސަރުކާރު މުވައްޒަފުންނަށް ބަންދުވަނީ. މި ގޯސް. ބަންދުވަނީ ސަރުކާރު. ސަރުކާރުގެ އެއްބަޔެއްނޫން. ހައްލަކީ ޕޭފްރޭމްވޯކްގަ ރަސްމީ ބަންދު ދުވަސް މާނަކޮށްފައިވާ ގޮތް “ރަސްމީ ކަލަންޑަރުގައި ބަންދު އަދި ރައީސްގެ ގަރާރަކުން ބަންދުކުރާ ކޮންމެ ދުވަހެއްކަމަށް” ބަދަލުކުރުން
އަފްރާސިޔާބު
19 April 2025
އެހަދާފައި އޮތްގަވާއިދުގައި އެބުނާ އެއްޗެއް އެލިއުނު މީހުންނަށް އެނގޭހެނެއް ހިއެއްނުވޭ. އެހެންކަމަށްވާއިރު އެފައިސާ ދޭންތިބި މީހުންނަށް ނޭނގުމަކީ މައްސަލައެއް ނޫން. ތިޔަކަމަށް ހައްލެއް ނާންނާނެ ލޯނެއް ނަގައިގެން އިތުރުގަޑި ލިބެޖެހޭ މުވައްޒަފުންނަށް ދޭންޖެހޭ ވަރު ރަނގަޅަށް ކަލްކިއުލޭޓް ކުރިއްޔާނޫނީ. ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަގަންފެނޭ ފިނޭންސް މިނިސްޓްރީ އަށް ބަދަލުގެ ގޮތުގައި ރިސޯޓް ހިންގަން ރަށެއްދޭނީ.
ވަންޗޫ
19 April 2025
މިހާރު ތިހަމައަކަށް އަޅުވަންޖެހޭ ކަމެއް! ރާއްޖެތޭ ސިއްހީމަރުކަޒުތަކުގަ އެބަތިބޭ ނަރުހުންގެ ތެރޭންބަޔަކު ވޯޑް މެނޭޖަރުންނޭ ކިޔަިއިފަ ލައިފަ! 35000ރ އިން ފެށިގެންމަތިން މިމީހުންނަށް މުސާރަދޭ! ހަތްހަރާމުންހަރާމް އެހެން ނަރުހުންނާ ވަކިޚިލާފް ކަމެއް ނުކުރޭ! ހެލްތް މިނިސްޓްރީން ޖޭހޭ މިމަގާމުއުވާލައިފަ ނަރުހުންގެ މުސާރަ ރިވިއުކުރަން. ދުވާލަކު އެއްވެސް ބަލިމީހަކު އެޑްމިޓް ނުކުރާ ތަންތާނގަ މިހާބޮޑޫ މުސާރަވެރިން ބޭތިއްބުމަކީ އިންސާފެެއްނޫން!
މަސައްކަތުމީހާ
19 April 2025
އިތުރުގަޑީގައި މަސައްކަތްކުރަނީ ހަމައެކަނި ސިއްޙީ ޚިދުމަތްތެރިންނެއްނޫން. ތިމާ ބޭނުންނުވާ ހިނދުވެސް އިތުރު ގަޑީގައި މަަސައްކަތްކުރުވާ އެހެން އިދާރާތަކާއި އަމިއްލަ ކުންފުނިތައްވެސް ހިމެނޭ. ގަޑިޖެހިއްޖެނަމަ ގަޑީގެ ލާރި ބަރާބަރަށް ކަނޑާ. އެކަމަކު އިތުރުގަޑީގެ ލާރިއެއްނުދޭ. މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ނަމުގައި ތަނެއްގައި މުވައްޒަފުންތަކެއް އެބަތިބި. އެމީހުންކުރާކަމެއް ނޭނގެ. އަހަރެމެން މިހެން ތެޅޭތާ ކިހާދުވަހެއް؟؟