"ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"ގެ ޕޯސްޓަރެއް.
20 އެޕްރީލް 2025 - 07:19
މާވެލް ސްޓޫޑިއޯސްގެ މި އަހަރުގެ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު އާންމުކުރި މި ފިލްމުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ވަރަށް ހާއްސަ މަންޒަރުތަކެއް ހިމަނައިފަ އެވެ.
ދެ މިނެޓާއި 43 ސިކުންތުގެ ޓްރެއިލާ އިން އެނގޭ ގޮތުގައި މިފަހަރުގެ ފިލްމުގައި މައިގަނޑު ވިލަންއެއްގެ ގޮތުގައި ފެންނާނީ ޑޮކްޓާ ޑޫމްގެ ބަދަލުގައި ޑެސްޓްރޯޔާ އޮފް ވޯލްޑްސް އެވެ. އަދި މި ޓްރެއިލާގައި ވަނީ ފެންޓާސްޓިކް ފޯގެ ފެމެލީގައި ހިމެނޭ ހުރިހާ މެމްބަރުންނަށް ލިބިފައިވާ އާދަޔާ ހިލާފު ބާރުތައް ވެސް ކުޑަކޮށް ދައްކާލައިފަ އެވެ.
މި ފިލްމުގައި ރީޑް ރިޗާޑްސްގެ ރޯލުން ފެންނާނީ ޕެޑްރޯ ޕަސްކަލް އެވެ. ސޫ ސްޓޯމްގެ ރޯލުން ވެނިސާ ކާބީ ފެންނާނެއިރު، ޖޯނީ ސްޓޯމްގެ ރޯލު ކުޅުނީ ޖޯސެފް ކުއިން އެވެ. އަދި ބެން ގްރިމްގެ ރޯލު ކުޅުނީ އީބޮން މޯސް-ބަޗްރަޗް އެވެ.
"ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް" ޑައިރެކްޓުކުރީ މާވެލް ސްޓޫޑިއޯސްގެ ފުރަތަމަ ސީރީޒް "ވޮންޑަވިޝަން" ޑައިރެކްޓުކުރި މެޓް ޝެކްމަން އެވެ.
"ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް" ސިނަމާތަކުގައި ދައްކަން ފަށަނީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.
"ފެންޓާސްޓިކް ފޯ"ގެ އަށް ފިލްމެއް މީގެ ކުރިން ގެނެސްދީފައިވެ އެވެ. ނަމަވެސް، މިއީ މާވެލް ސިނެމަޓިކް ޔުނިވާސްގެ ބައެއްގެ ގޮތުގައި ފެންޓާސްޓިކް ފޯގެ ފިލްމެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނީސް
20 April 2025
އުޅި ހޮލީވުޑް ރީމޭކްގަ އެއްވެސް އާކަމެއް ނެތީ މިހާރު