ހައުސިން މިނިސްޓަރު މުއްތަލިބު މީޑިއާއާ ވާހަކަ ދައްކަވަނީ.
21 އެޕްރީލް 2025 - 19:44
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލާއިރު، ކުރެހުން ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހަޅަން ކަނޑައަޅާފައިވަނީ ބޭންކުތަކުން އެ ގޮތް ބޭނުންވެގެން ކަމަށެވެ.
އެކަމަކު، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ،" އޭނާ އެކްސްގައި ވިދާޅުވި އެވެ.
• ލޯނު ދޭނީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި.
• ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ.
• ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް.
• ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ.
އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި މަސައްކަތް ކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީ އިންނެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިލޭންސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖު ހާ
22 April 2025
ބަންކަރިން އަށް ޖެހުނު ހާލު ދެއްތޮ ؟!
ދީނަށްޓަކާ ގައުމަށްޓަކާ
22 April 2025
ކުޑަ އިންޓްރެސްޓް އެއީ ދީނުގަ އޮތް ގޮތް ދެއްތޮ؟
ބުރޯ
22 April 2025
ކޮބާތަ, ފުލެޓް,
އޮނަރަބަލް ބަކުރޭ
22 April 2025
މިކަމެއް އިއުލާނުކޮށް ތަފާތު ހަބަރު ހަދާތާ ދޮޅު އަހަރު ވެއްޖެ. މި ވެސް ބޮޑު ދޮގެއް.
ޕިކްސް
21 April 2025
ކުރަންވީ ކަމަކީ ލޯ އިންކަމް ލިބޭ މީހުންނަށް ސޯސަލް ހައުސިންގް ހާއްސަކޮށް މިޑުލް އިންކަމް ލިބޭ މީހުންނަށް ފަސޭހައިން ލޯނުމެދުވެރިކޮށް ފްލެޓް ގަނެވޭނެ ގޮތް ހަދައިދޭންވީ.
މިވެސް ގޮތެއް، ލަދު ކޮބާ؟
21 April 2025
ލޯ އިންކަމް ލިބޭ މީހުން، ވަކިން އޮންނަ ފަޅުރަށެއް ހަދަމާ، ތިބުނާ ކަމުވޮށިގެންވާމީހުނަށް އުނދަގޫވެސް ނުވާހިސާބުގަ ބައިތިއްބަން.
1241
25 April 2025
މީހުންނަށް ފަސޭހައިން ލޯނުމެދުވެރި ކޮށް އަމިއްލަ މީހުން ހަދާ ފްލެޓް ގަނެވޭނެ ގޮތް ހަދައިދޭންވީ އޭރުން މިކަން ހައްލުވަނީ