"މަރްދާނީ 3"ގައި ރާނީގެ ފަސްޓް ލުކް.
22 އެޕްރީލް 2025 - 05:48
ބޮލީވުޑްގެ ތަރި، ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ފިލްމު ސީރީޒް "މަރުދާނީ"ގެ ތިންވަނަ ގެނެސްދޭނީ އަންނަ އަހަރުކަން އިއުލާންކޮށްފި އެވެ.
"މަރުދާނީ" ޕްރޮޑިއުސްކުރާ، ރާނީގެ ފިރިމީހާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އިއްޔެ ވަނީ ރާނީގެ ފަސްޓް ލުކް ފޮޓޯއާ އެކު، މި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފަ އެވެ.
މި ފިލްމު ޕްރިމިއާކުރަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.
"މަރުދާނީ 3" ޑައިރެކްޓްކުރަނީ އަބިރާޖް މިނަވާލާ އެވެ. އޭނާއަކީ ފިލްމު "ވޯ 2"ގެ އެސޯސިއޭޓް ޑައިރެކްޓަރެވެ. އޭނާ ވަނީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ "ބޭންޑް ބާޖާ ބާރާތު" އާއި "ސުލްތާން" އަދި "ޓައިގާ 3"ގައި ވެސް މަސައްކަތްކޮށްފަ އެވެ.
މި ފިލްމުގެ ސްކްރިޕްޓް ލިޔުނީ ވައިއާރްއެފުން ޕްރޮޑިއުސްކުރި ނެޓްފްލިކްސްގެ ސީރީޒް "ދަ ރެއިލްވޭ މެން"ގެ ސްކްރިޕްޓް ލިޔުނު އާޔުޝް ގުޕްތާ އެވެ.
"މަރުދާނީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2014 ވަނަ އަހަރުގަ އެވެ. އަދި ދެވަނަ ފިލްމު ގެނެސްދިނީ 2019 ވަނަ އަހަރުގަ އެވެ. އެ ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy