އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ ވަނީ ޗައިނާގެ މުދަލުން ބޮޑުކުރި ޓެރިފް އަދި ވަރަށް ބޮޑަށް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
23 އެޕްރީލް 2025 - 10:37
ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް އާދަޔާ ހިލާފަށް ބޮޑުކުރުމަށް ފަހު އެކަން ބަދަލު ނުކުރާނެ ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު އެ ނިންމުން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާގެ މުދަލުން 145 ޕަސެންޓުގައި ޓެރިފް ނަގަން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ޓްރަމްޕު ވިދާޅުވީ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
"145 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެއް. މި އަދަދު އެހާ ބޮޑެއް ނުވާނެ،" ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޓްރަމްޕް ވިދާޅުވި އެވެ. "[ޓެރިފް] މި އަދަދާ ކައިރިކުރާ ހިސާބެއްގައި ވެސް ނުހުންނާނެ. މި އަދަދު ވަރަށް ބޮޑަށް ދަށްކުރާނެ. އެކަމަކު އެއީ ސުމަކަށް ނުވާނެ."
ޗައިނާގެ މުދަލުން ނަގާ ޓެރިފް ކުޑަކުރުމުގެ ވާހަކަ ޓްރަމްޕް މި ދެއްކެވީ މި ބޮޑު ޓެރިފްގެ ސަބަބުން ޗައިނާގެ މުދާ އެތެރެކުރުމާއި އެމެރިކާގެ މުދާ ޗައިނާއަށް އެކްސްޕޯޓްކުރުން "މަނާވެއްޖެ" ކަމަށް ވިދާޅުވެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ޖޭޕީ މޯގަން ޗޭޒް އިން ބޭއްވި ޕްރައިވެޓް އިންވެސްޓްމަންޓް ކޮންފަރެންސެއްގައި ބެސެންޓް ވަނީ ޗައިނާއާ އެކު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައަކީ ދެމެހެއްޓެނިވި ހަނގުރާމައެއް ނޫން ކަމަށާއި ވަރަށް އަވަހަށް އެ ހާލަތު ބަދަލުވެ ލުއިތައް ލިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޓެރިފް މައްސަލަ އާއި އިގްތިސާދީ ހަރުކަށި ނިންމުންތަކާ ގުޅިގެން ބެސެންޓާއި ޓްރަމްޕާ ދެމެދު ހިލާފުތައް ބޮޑުވެ ބެސެންޓް މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ކުރިން ޓްރަމްޕް ދެއްވި އެވެ. އެކަމަކު މިއަދު ޓްރަމްޕް ވަނީ މަޝްވަރާކޮށްގެން ޓެރިފްގެ މައްސަލަތައް ހައްލުކުރާނެ ކަމަށާއި ބޭނުންވާ ގޮތަށް ބެސެންޓް އެއްބަސް ނުވިޔަސް އޭނާ މަގާމުން ވަކިކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ގައުމުތަކުން އެތެރެކުރާ މުދަލަށް އެމެރިކާއިން ޓެރިފް ބޮޑުކުރުމާ އެކު ދުނިޔޭގެ އިގްތިސާދަށް ވަރުގަދަ ލޮޅުމެއް އެރި އެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ އާ ޓެރިފް ރޭޓަށް އަމަލުކުރުން 90 ދުވަހަށް ފަސްކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ވަނީ ޗައިނާގެ ބޮޑު ޓެރިފުން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފަ އެވެ.
ޗައިނާއިން ވެސް ވަނީ އެމެރިކާއަށް ރައްދު ދީ އެމެރިކާގެ މުދަލުން ޓެރިފް ބޮޑުކުރަމުން 125 ޕަސެންޓާ ހަމައަށް ބޮޑުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
25 April 2025
އަހާ މޮޔަޓުރަންޕު ސައިޒުއޮޅިގެން އުޅެއުޅެފައި ގޮތްހުސްވެގެން ދޫދޭންޖެހުނީތާ! ޗައިނާއާ މިލަޓަރީ ހަނގުރާމައެއްކުރަންދިމާކުރިޔަސް އެމެރިކާޖެހޭނީހަމަތިހެން ސީލާން، މިކަލޭގެހީކުރީ ޗައިނާބިރުން ކޮންމެވެސްވާހަކައެއްދަށްކައިގެން ގޮތެއްހަމަޖައްސަންއުޅޭނެކަމަށް، ނަމަވެސް ޓުރަންޕުއަޅާފިޔަވަޅުތަކުން ޗައިނާއަށްވާނެމާބޮޑު ގެއްލުމެއްނެތްކަމާ އަދި އެފިޔަވަޅުތައް އެމެރިކާއިން ދަމަހައްޓައިފިނަމަ އިސާހިތަކު އެމެރިކާ ބަނގުރޫޓުވާނެކަން ޓުރަންޕުނޫން އެންމެންވެސްދަނޭ
ކޮރަލް
23 April 2025
ޓްރަމްޕް އެމެރިކާގެ ތާރީހުގަ އެންމެ ގިނަ އިން ދޮގު ބުނާ ވެރިޔާގެ ރިކޯޑް ޓްރަންޕް އަށް ލިބޭނެ އެވެ . ދުވާލު ދައްކާ ވާހަކަ ރޭގަނޑު ބަދަލު ކޮށްލަ އެވެ .
މަރޭ މިތުރާ
24 April 2025
ތިހަމަ މިގައުމުގެ ވެރިޔާގެވެސް ހާލަތު. ޓްރަންޕް ދަވެނިވެ ވަޑައިގަތީ މިގައުމުގެ ވެރިޔާގެ އަރިހުން ތޯއްޗެއް!
ހަސަނަނ
23 April 2025
މިޤައުމުގަވެސް އުޅެނީ ހަމަ ތީގެ ވެރިޔެއް!
ބަޖަރުޖީ
23 April 2025
އިއުރަޕު' އަރަބިން' އިންޑިޔާ އަށް އެމެރިކާ ބޭނުންގޮތެއް ހެދިޔަސް ޗައިނާ ކައިރީ އެމެރިކާ ޖެހޭނީ އަމާންދޭން.
ރަބަރޭ.
23 April 2025
އެމެރިކާ ސައިޒުވެއްޖެ. ދުނިޔެއަށް ބޭޒާރުވީ. އެމެރިކާގެ ސައިޒަކީ ބޮކެއްގެ ސައިޒު. އެކަންނޭގެނީ ޢަރަބިންނަށް. އިރާނު ޗައިނާ ރަސިއާ އުތުރުކޮރެއާ މިކޯލިސަން ކުޑަޔަކަސް މާބާރުގަދަ. އެމީހުން އެމެރިކާ ސައިޒަށް ކަނޑާނެ.
އަފްރާސިޔާބު
24 April 2025
ކޯލިސަން ކުޑަޔަސް މީހުން ހިއްކަސް ބާރު އެބަހުރި އެމެރިކާ ގިއްގަޅުވާލެވޭ ވަރަށް. ތަންކޮޅެއް ކުރީގައި އެޓަމް ބޮމެއް އަޅައިގެން މީހުން ބަރުގަތީ. މިހާރު އެމެރިކާ އެކީ އަޅިއަށް ހަދާލާވަރުގެ ބާރުގަދަ ގައުމުތައް ތިކޯލިސަނުގައި އެބަހުރި ބަސްބުނާ ހިނދުން. އެކަމަކު އެ ގައުމުތަކަކީ އިންސާނީ ކަރާމާތް ދަންނަބައެއް ތިބި ގައުމުތައް. އެމެރިކާއާ ޔޫރަޕް ކަހަލަ ޚުދުމުޙްތާރު ގައުމުތަކެއްނޫން. އުސޫލުތަކެއް އޮންނާނެ.
ހެވެނީ
23 April 2025
ހައްހާހާހާހާ..ތިއޮތީ ސައިޒަށް ތިރިކޮށްފަ. ކުޅަނދުރު ހަތަޔަށް އޮށްގާ އުކަންޏާ ވާނީ ތިހެން..އަރަބިންނަށް ގޮތް ގޮތް ހެދިޔަސް ޗައިނާއާ ކޮންމެ ކޮންމެ ގޮތަކަށް ނުކުޅެވޭނެކަން އެއޮތީ އަންގާލާފަ. ހެޑިންގަ އަސްލު ޖަހަންވީ"ޓެރިފްގެ މައްސަލާގައި ޗައިނާއިން އެމެރިކާ ސައިޒަށް ތިރިކޮށްފި".
ބްލެޑަރ
23 April 2025
އުނބަށް ޖަހައިފި
ޖިމޯ
23 April 2025
ޗައިނާއިން މިކަލޭގެ ރަނގަޅަށް ސައިޒަށް ކަނޑާލީ ދޯ. ޗައިނާއަކާ ނުކުޅެވޭނެ. ބޮއިންގ ކުންފުނި ބަނގުރޫޓު ވާނެކަން އިނގޭތީ ސައިޒުވީ.