މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖޭގެ ބައެއް އިމާމުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
23 އެޕްރީލް 2025 - 21:26
ސުންނަތަށް ތަބާވެ، މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު މިއަދު ވިދާޅުވެއްޖެ އެވެ.
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އެހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ޚަޠީބުންނާއި އިމާމުންނާ އެކު ބޭއްވި ބައްދަލުުވުމެއްގަ އެވެ.
އިމާމުންނާއި ޚަތީބުންނަށް ބޭނުންތެރި ނަސޭހަތްތަކެއް ދެއްވަމުން ސަލާހުލް ބުދައިރު ވިދާޅުވީ، އިލްމު ހޯދުމަކީ އިމާމުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ނަމާދާ ގުޅޭ ހުކުމްތަކާއި ދީނުގެ އެކި ހުކުމްތައް އެންމެ ފުރިހަމައަށް އުނގެނުން ވެސް މުހިންމު ކަމަށެވެ.
މަސްޖިދުއް ނަބަވީގެ އިމާމުގެ ނަސޭހަތުގެ ތެރެއިން އަލިއަލުވައިލެއް އެއް ކަމަކީ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ އުސޫލުތަކެވެ. ސަލާހުލް ބުދައިރު ވިދާޅުވީ، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު ވެސް އިމާމުންގެ ހައިސިއްޔަތާ ނުގުޅޭ ކަންކަން އެ ވަސީލަތް މެދުވެރިކޮށް އާންމު ކުރުމާއި ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖޭގެ ބައެއް އިމާމުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިމާމު ވިދާޅުވިގޮތުގައި އިމާމުކަމާއި ޚަތީބުކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު ކަމެކެވެ. އެހެންވެ، އެ މަސްއޫލިއްޔަތު ވީހާ ވެސް ރަނގަޅަށް އަދި ފުރިހަމައަށް އަދާކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ނަސޭހަތުގައި ސަލާހުލް ބުދައިރު އެދިވަޑައިގެންނެވި އެއް ކަމަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް އިމާމުން ވުމަށެވެ، އިމާމުންނަކީ މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް އިމާމުންގެ މާތްކަމާއި މުޖުތަމައު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ސަލާހުލް ބުދައިރު ނަސޭހަތްތެރިވެވަޑައިގަތެވެ.
މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖޭގެ ބައެއް އިމާމުންނާ މިއަދު ބައްދަލުކުރައްވާއިރު އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު ލަތީފު.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަލާހުލް ބުދައިރު ރާއްޖެ އަށް ކުރައްވާ ދަތުރުގެ ތެރެއިން މިރޭގެ މަޣުރިބު ނަމާދާއި އިޝާ ނަމާދު ކިންގް ސަލްމާން މިސްކިތުގައި ކުރެއްވި އެވެ. އަދި މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމަށް ފަހު އިސްލާމީ މަރުކަޒުގައި ދީނީ ނަސޭހަތް ދެއްވާނެ އެވެ.
ސަލާހުލް ބުދައިރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި އެ މިނިސްޓްރީގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ފަތުވާ މަޖިލިހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް ވެސް މިއަދު ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
25 April 2025
އެ ރަށުގަ ވެސް އެ ރަސްގެފާނަށް މުހާތޮބު ކުރަނީ "ކިންގެ ސަލްމާނުތަ". އެއީ އިނގިރޭސިއެއްތަ؟
އިސްރާއީލުން
24 April 2025
މެދުމިން އެއީ ކޮންތާކުން ގެނައި އެއްޗެއް.
އަބްޑޫޅް +
24 April 2025
އޭނަ ދޯ، ކަލޭމެންނަށް އަމުރު ކުރަނީ.
ސފގސގފސގ
24 April 2025
ތާޅަފިލީގެ އަޑޯ. ބަންގި ގޮވަން ބިލާލް ގެ ފާނު ހޯދީ. ނަމާދުގައި ކިޔާ ތަކެތި މުޅި ރަށަސް އިވޭވަރަށް ކިޔާކަށް ނޫން
މަބުނީ
24 April 2025
ކޮބާ .. ކޮބާ .. މިއުޅޭ ޕާކިސްތާނު ، އަފްގާނުން ޢާފިލުކަން ކިޔަވައިގެން އައިސްތިބި ރޯނުއެދުރުންނަށް ހެދިގެންއުޅޭ ސޭކުން ވިދާޅުވަނީ ރައްދުގައި ކީކޭތޯ؟؟
އަހަރެން ބުނީ
24 April 2025
މަ ބުނާނެ ކަމެއް ނެތް ކަލޭމެން ބޭނުން ކަންތައް ކުރެވޭގޮތަށް އޮތް މެދުމިނުމުގެ ދީނެެއް ނޫން އިސްލާމްދީނަކީ. އެމެދު މިނަކީ ވެސް ފަރުލު ފަސްނަމާދު ވާޖުބިވުމާ އަންހެނުން ފުރިހަމަޔަށް އައުރަށް ނިވާ ކުރުމާ ރިބާ،ޖުވާ، ރަލާ،މަސްތުވާތަކެތި އަދި މިއުޒިކު ހަރާމް ގޮތުގަ އޮތުން. ކަލޭމެން ބޭނުންވާ ހިތްރުހޭ ކަންކަން ކުރުމަށް ހުއްދަ އޮތުމެއްނޫން. ދީނަކީﷲ ގެ ދީން. އެދީން އޮތީ ފުރިހަމަޔަށް ބާވާލައްވާފަ.
މެދުމިން
24 April 2025
މިސާލަކަށް ޝޭޚު އުޘައިމިން ލިޔުއްވާފައިވޭ، މިހާރަކަށް އައިސް ބައެއް މީހުން މިސްކިތަށް އަރައި ތަނބު ހޯދަން ހިނގާކަމަށް ނަމާދު ކުރުމަށް ސުތުރާއެއް ހޯދުމަށް. ނަމަވެސް ސުތުރާއަކީ އެއީ ސުންނަތަކަށްވެފައި، އެންމެން އެއްފަހަރާ ތަނބު ހޯދާނަމަ ވާނެކަމަކަށް ނުވާނެތީ މީހުންނަށް އުނދަގޫނުވާގޮތަށް ނަމާދުކުރުމަކީ އެއީއޭ އޮންނަ ގޮތަކީ. މިއީ 90 ގެ އަހަރުގައި ލިޔުއްވާފައިވާ ބައެެއް. މިހާރު ކުރިން ނުގެންގުޅޭގޮތަށް ހަދައިގެން މިސްކިތުގައި ސުތުރާ ހުރޭ. މިއީ ހާލަތު.
ޖިރޫ
24 April 2025
މިސްކިތުގައި ނަމާދުކުރާއިރު ސުތުރާ ބަހައްޓާކަށް ނުޖެހޭ.. އެއީ ހުސްބިން ތަކުގައި ނަމާދުކުރާއިރު ބޭނުންކުރާ އެއްޗެއް.. ބަޔަކަށް އަލަށް ސުތުރާ ފެނިގެން އޭރު ދެމީހެއްގެ ދޭތެރޭގައި ސުތުރާ ބަހައްޓާގެން މިސްކިތުގައި ނަމާދުކުރީ..
އަބްޑޫޅް +
24 April 2025
ހޫމް، އަހުރެން އަބަދުވެސް ނަމާދުކޮށް އުޅުނީ ތިޔަ ބުނާ ސުންނަތަށް. އެކަމަކު އެންމެ ފަހުން ނަމާދު ކުރެވުނީ ކޮން އިރަކު ކަމެއް ހަދާނެއް ނެތް. 1970 ގެ އަހަރު ތަކުގަ، މަޖީދިއްޔާގެ ނަމާދު ހާޒިރީ ބޭނުން ކޮށްގެން މަޖުބޫރު ކުރުވައިގެން ކަމުގަ ހީވަނީ. އެވަރުންވެސް ނަމާދު ނުކުރީމަ، ކޮންމެ ހުކުރު ދުވަހަކު ހެނދުނު، އިޝްކޯލަށް ގެންގޮސް، އަދަބެއްގެ ގޮތުން، ހުކުރު ވަގުތު ވަންދެން ކަހަފު ސޫރަތް ކިޔުވި. އަދިވެސް ކަހަފު ސޫރަތް އަހުރެން ހިތުދަސް. ހޫމް.
ބޭޒާރުވަނީ އަމިއްލައަށް
24 April 2025
މިހާރު އެނގިއްޖެ ދީނާ ދެކޮޅު ކޮމެންޓުތައް ކުރާ ހަޤީޤީ ސަބަބު..ނަމާދަކީ އިސްލާމްކަމާއި ކާފިރުކަން ވަކިކުރާ އިންފާރު.
ލޮލ1
24 April 2025
އަމިއްލައަށް ފަލީހަތްވޭ ދެން! ހޫމް
ގަން
24 April 2025
ސުރުޚީގައިވާ ވާހަކަޮގެ އެއްވެސް ތަގްސީލެއް ލިޔުމުގައި ހިމަނާފައި ނެތީމަ suvaalu އުފެދިފަ.
ގުދުގުދާބެއްޔާ
24 April 2025
އެބުަނަނީ ސަމިއަﷲ އަށް އަތް ނަގާ ހަށަންބަންނަ ވާހަކަޔާ! އައްތަހިއްޔާތުގައި އިންނަ އިރު ބުރުނޭގޭ ވަރަށް އިގިލިތެޅުވުމާއި، ފާޑެއްގެ ފިލާފަނޑެއް ބަހައްޓައިގެން މެނުވީ ކުރީސަފުގައި ހުންނަ މީހާއަށްވެސް ނަމާދު ނުކުރެވޭ ހިސާބައް ކަންތައްތައް ނުގޮސް ތިބޭވާހަކަ!
ޏާއްކޮ
24 April 2025
ނޭނގެންޏާ އަނގަ މަޑުން ލައިގެން ހުރެބަލަ. އަދިވެސް ފޮތެއް ބެލުމުގެ ބަދަލުގަ ސުންނަތުން ސާބިތުވާ ކަންކަމަށް ފުރައްސާރަ ކުރެޔޭ އެބަ
ފެކްޓްް
24 April 2025
މެދުމިނޭ! އަނެއްކާ އަނެކަކު. ރަސޫލާ އެންގެވި ގޮތަށް އުޅުންތައް ބަހަށްޓަން އަންގަވާ އިރުޝާދު ދެއްވީ. ބޭނުންވީމާ މެދުމިން ބޭނުންވީމާ އެއްވެސް މިނެއްނެތް. މިސާލު، މިއަދު ނޫންތޯ އިޒްރާއީލު ނަގާފައި މުސްލިމުންނަށް އެންމެ އަނިޔާވެރި އިންޑިއާގެ މޯދީ އާއެކު ޖަމަލު ބިރިޔާނީ ކާން އެތިބީ މުސްލިމުންގެ އެންމެ މާތް ބިންކަމަށްވާ ސައުދީގައި. ވެދުން