ބްރޯޑްކޮމްގެ މެމްބަރުންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަނާ ނަސީމް އާއި މުމުހައްމަދު އަބްދުﷲ (މުހަންމާ)-- ފޮޓޯ: ބްރޯޑްކޮމް
24 އެޕްރީލް 2025 - 16:51
ބްރޯޑްކާސްޓިންގެ އުސޫލާ ހިލާފަށް ލައިވް ކުރާ ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބްރޯޑްކާސްޓު ކުރާ މުޒާހަރާތަކާއި އެެއްވުންތައް ދެއްކުމުގައި އަމަލު ކުރަންވީ ގޮތް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
އެ ގަވައިދުގެ ދަށުން، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ހުރިހާ ވަގުތެއްގައި ވެސް އަމަލު ކުރަންޖެހޭ މިންގަނޑެއް ކަމަށް ވެސް ބުންޏެވެ.
ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށާއި އެއާ ހިލާފަށް އެފަދަ އެއްވުންތަކާއި މުޒާހަރާތައް ނުދެއްކުމަށް އެ ކޮމިޝަނުން އެދުނެވެ.
ބްރޯޑްކޮމްގެ މެމްބަރުންތަކެއް.--- ފޮޓޯ: ބްރޯޑްކޮމް
"ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމުން މިއަދު ބަޔާނެއް ނެރެފައި މި ވަނީ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި ރޭ މާލޭގައި ބޭއްވި މުޒާހަރާއަށް ފަހު އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ.
އެ ކަންބޮޑުވުންތަކާ ހެދި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ޒުވާނުންގެ ގިނަ ބަޔަކު ރޭ އެއްވެ ވަނީ އަޑު އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލު ރޮދި
25 April 2025
ސަރިޔަންކަޓޭ މާގަދަވާންވެގެން، ލިޔެފަ އޮންނަ އެއްޗެއް އޭނަ އަށް ދޭހަވޭތަ؟!
ހެހހެ
25 April 2025
ބަލަ މުޅިދައުލަތް ގާނޫނާ ހިލާފުވެގެން އުޅޭއިރު، އާންމުރަތްޔިތންނަކައް ނޭގޭނެ ކުރަންވީކަމެއް ނުކުރަންވީކަމެއް، މުހަންމާކަލޯއަކައް ނޭގޭނެ އަހަރެމެނައް ގާނޫނު ކިޔައިދޭކައް، ބޭކާރުވާހަކަނުދައްކާ
އަލިކޮއެ
25 April 2025
ތިއޭ މައްސަލައަކީ. ފިޔަވަޅު އަޅާނޭ ކިޔައި އިންޒާރު ނުދީ ފުރަތަމަވެސް ފިޔަވަޅު އަޅާބަލާ. ކުރިން އެއޮތީ މުޒާހަރާތަކާއި އެއްވުންތައް ދެއްކުމުގައި ޢަމަލު ކުރަންވީގޮތް ބަޔާންކޮށްފަ.
ހީވޭކަމެއްހެން
24 April 2025
ތިއުޅެނީ ވަކިޓީވީ ތަކަކާއިހެދި އުނދަގޫވާތީކަމަށް ވެދާނެ. ޓީވީއެއް ބަންދުކޮށްގެން ރައްޔިތުންގެ އަޑު ކަނޑުވާނުލެވޭނެކަން މިއަދާއި ހަމައަށް ރާއްޖެ ދެކެފައިވާ ދުވަސްތައް ހެކިދޭނެ.
ޔަގީނޭ
24 April 2025
ނިމުމުގެ ފެށުން
ރަންރީދޫ
24 April 2025
އަލުން ބަލުން އަނެއްކާ ވެސް ހައްގު ތައް ހޯދަން ނިކުން ނަންވީ ދޯ
ޟމމކ
24 April 2025
ޢެއްކަލަ އިންޒާރުފަތި އަންނަން ފެށީދޯ!
ތުއްތު ކަލޯގެ އިބުރާ
24 April 2025
ކޮބާ ހީވޭ ކަމެއްހެން! ތި މީހުން ޗެެެނަލު ގަނޑު ވެސް ބަންދު ކުރާނެ!އެމްޑީޕީ އަށް ވެރިކަން ކުރަން ނޭގުނީތީވެ 2 ވަނަ ބުރު ވެސް ނުލިބުނީ¿ މމޖހގ !&&£). .
އެގިއްޖެ
24 April 2025
ކަލޯ އަށް އަދި ނުވިސްނެނީ މިވާން އުޅޭ އެތި
އުމަރުބޭ
24 April 2025
ތިމަން މީހާޔާ ނުބައްދަލު މަގާމު ލިބުނީމާ މަގާމުގެ ބޭނުމުގާ ކޮންމެފަދަ ވާހަކަޔެއްވެސް ދައްކަފާނެ ........އުޑެއްބިމެއްނޭގުނަސް ބޮޑެތިމަގާމުތަކާ ހަވާލުވާތި . މީ މުއިޒުބުނާ މަގާމައް ގާބިލު މީހުން ކިޔަވާގެން ހުރި
ސަސި
24 April 2025
އެހެންވީމަ 1،2،3 ކިޔާފަ ފަށަމާ ހިނގާ، 5 އަހަރުގެ ދައުރަކުން ނުނިމޭނެ ވަރަށް ކަންކަން އެބަހުރި
އަފްރާސިޔާބު
24 April 2025
މިވެރިން ދެމޭނެ މަރުދުވަހަށް! 5 އަހަރު އޮތްތަން ބަދަލުކުރަން ޖެހޭ މަރުދުވަހަށް ކަމަށް. ރައްޔިތުން އެގޮތަށް އެދެނީވެސް އެދެފިއްޔާވެސް.