ޒަކިއްޔާގެ މަރަށް އިންސާފި ހޯދަން ގޮވާލައި ބޭއްވި އެއްވުމެއް ތެރެއިން
27 އެޕްރީލް 2025 - 14:10
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލާގައި އިންކްއަރީއެއް ހަދަން ކޮމިޝަނެއް އުފެއްދުމަށް އޭނާގެ ކޮއްކޮ އާމިނަތު ޝަޒިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ. އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.
ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން އިންކުއަރީއެއް ހެދުމަށް ރައީސް މުއިއްޒަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެކަމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމަށް އެދިފައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ހޯދުނު ހޯދުންތަކުން ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލާގައި ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ އެއް ވެސް ވަނީ ހަދައިފަ އެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް އޮޓޮޕްސީން ދެއްކިޔަސް އާއިލާ އިން އެ ގަބޫލެއް ނުކުރެ އެވެ.
އެ ބަޔާނުގައި ބުނީ ވާޗުއަލް އޮޓޮޕްސީއެއް ހެދި ކަމަށް ބުނެ އާއިލާއަށާއި ރައްޔިތުންނަށް އޮޅުވާލީ ކަމަށާއި އޮޓޮޕްސީގެ ރިޕޯޓެއް ފުލުހުންގެ އަތުގައި ނެތް ކަމަށެވެ. އަދި އެ ރިޕޯޓް ހޯދުމަށާއި އަދި ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބު ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ހޮޅުދޫ ރައްޔިތުންނާއި އާއިލާއިން މި ތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަށް ނޫން، ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ،" އެ ބަޔާނުގައި ބުންޏެވެ.
- މަރުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވާ ކަމަށް ނުދެކުން.
- އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމެއް ކަމަށާއި އެއީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއް ކަމަށް ހޯމް މިނިސްޓަރު އެއްބަސްވެފައިވުން
- ޒަކިއްޔާ މަރުވިތާ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނެ މީޑިއާ އަށް ނުސީދާ ގޮތެއްގައި ފުލުހުންގެ މައުލޫމާތުދީފައިވާތީ ކަންބޮޑުވުން.
- ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ ނުވަތަ ރިޕޯޓުގެ ކޮޕީ ހިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ މީހަކާއެކު އެ ރިޕޯޓު ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން.
- ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގެ ވިސްނުން ގެންގުޅެ، އެ ވިސްނުމުގެ މައްޗަށް ބިނާކޮށް ނުވަތަ އެ ނިޔަތުގައި އެގޮތަށް ނަގާފައިވާ އެއްވެސް ސްކޭނެއް އޮތްކަން ނުވަތަ ނޫންކަން ހާމަކުރުން.
- ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ އެ ފަރާތްތަކުގެ ނަންތަކާއި ލަފާ ދިން ތާރީހުތަކާއި އެ ފަރާތްތަކުގެ ވަނަވަރު އާންމުކުރުން.
- ތަހްގީގުކުރާ ފަރާތުން ޒަކިއްޔާ ފޮރެންސިކް ނުވަތަ މެޑިކޯ ލީގަލް އޮޓޮޕްސީއެއް ހަދާފައިވޭތޯ އާއި އެފަދަ ރިޕޯޓެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓު ހެދި ތާރީހަކީ ކޮބައިކަން.
- މެޑިކަލް ޓޮކްސިކޮލޮޖީ ރިޕޯޓެއް ތައްޔާރު ކޮށްފައިވާނަމަ އެކަމުގެ މައުލޫމާތާއި އެ ރިޕޯޓު ހިއްސާކޮށްދިނުން
- އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރުން.
- ޒަކިއްޔާގެ ނަފްސާނީ ބަލި ހާލަތުގެ ގޮތުގައި ޑައިގްނޯސް ކުރެވިފައިވަނީ ކޮން ބާވަތެއްގެ ބައްޔެއްތޯ ބަލަން އެކަމާ ގުޅޭގޮތުން ހުރި ލިޔެކިޔުންތައް ހިއްސާކުރުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޣު6ހޖވގގގހ55555555
28 April 2025
ހަހަހަ އާއިލާއަކަށް ނޭންގޭތަ ކޮމިޝަނަކީ ހަމައެކަނި ނަމެށްކަން. ކޮމިސަން ހަދަނީ ނަމެއްގައި ކަންވެސް އަދި ކޮމިސަން އޮންނާނީ އޮތްގޮތަށް ބޮޑުވަމުންދާ ނަގޫރޯޅިތަކަށް ފިނިކޮށް ހުއްޓުވުމައްޓަކައި ބޭނުންކުރާ އުކުޅެށް އެޔީ ސިޔާސީ ގޭމުގައި. މިޔަށް ކިޔަނީ ރަސްގެއަށް ސައި ކިޔުނުގެ ކުރިން އިދިކޮޅުގެ ކުޅިތަށް އަތުލަމުންގޮސް ސައިކިޔުން.
ޖަސްޓިސް ފޯ ޒަކިއްޔާ
28 April 2025
ހޮޅުދޫ ބޭފުޅުން މާ ލޮނުމަޑީ. އިހުސާނު މެން ބޮލަށް އެރުނަ ދީގެން ނުވާނެ. ރެގިއުލާކޮއް ޖައްސައިގެން ވާނީ ތިކަން. މި ރާއްޖޭގައި އިންސާފަކީ ނިކަން މަސައްކަތުން ލިބޭ އެއްޗެއް. ހޮޅުދޫ ބޭފުޅުން އަދި އެކަމައް މާ އަލީ ކަމަށް ފެންނަނީ
އަމިއްލަ ޒިންމާއެއް ނެތް
27 April 2025
ކިރިޔާ ކަމެއް ވާއިރަށް ސަރުކާރު ޒިންމާ ނަގަން ޖެހޭ އެވެސް އަދުގެ ސަރުކާރު މި މީހުންނަށް ނޭނގޭ ކަމަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިތާ މި ވަނީ ދެ އަހަރު މި މީހުންނަށް ހީވާކަހަލަ މީހެއްގެ އަޙުލާޤު ބިނާވެފައި ވަނީ 2 އަހަރު ދުވަހުގެ ތެރޭގައޭ އެކަމަކު މިއީ ކުއްޖާ އުފަން ވެ ހެދިބޮޑުވަމުން އަންނައިރު ދެވޭ ތަރުބިއްޔަތުގެ ސަބަބުން ވާ ކަންކަން ހީވަނީ މުޢިއްޒަކީ ދިވެހި އެންމެހާ ރައްޔިތުންގެ ބަފާ ހެން ދެން މަންމަ ކިޔާ ސާޖިދާ ދިމާލަ
ދޮގުބަޑި
27 April 2025
ތިޔަރު މަރުގެ ޙަޤީޤަތް ހޯދަން ބޭނުމެއްނުވާނެ. ލައިފް އާއިލާގެ ނަން ހުތުރުވެދާނެ. މާއަބުރު ބޮޑު ބައެއް.
ބްރެއިން ވޮޝްޑް
27 April 2025
ހޫނ! ރާއްޖޭގައި މައްސަލަތައް ތަހުގީގުކުރަން ލާންްވީ ރަށްރަށުު ބޮޑުހޮޅުއަށްޓަށް! ނޫނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކަށް! ތިމާއަށް ގަބޫލުކުރެވޭ ގޮތް ނޫނީ މި ގައުމުގައި މިހާރު ނޯންނާނެ ތެދެއް. ތިމާގެ މަސްލަހަތާ، ގަބޫލުކުރުމާ، ނުވަތަ ތިމާ ދާއީދުކުރާ ފިކުރާ އެއްގޮތަށް ބުނާއެއްޗެއް ނޫނީ މިގައުމުގައި މިހާރު ތެދެއް ނޯންނާނެ. އެ ވަރިހަމަ އިރު ދައްކާފަ އެ ހުރީ އިރޭ ބުންޏަސް ނުކުރާނެ ގަބޫލެއް. ހެޔޮނުވާނެ މިފެންވަރަށް ބައެއްގެ ސިކުނޑި ދޮވެވެން.
ކާކު
27 April 2025
މިހާރު މިއޮތީ ކޮމިސަން ހަދާ މޫސުން ލައިގަނެފަ, ދެމަފިރިން ވަރި ކުރަން ވީމަވެސް ކޮމިސަނެއް
އެއީ ކަލޭގެ މަންމަ ނަމަޔޯ؟؟
28 April 2025
މާ މަޖަލެއް ނޫން އިގޭ ކަލޯ
ޗަކްބެރީ
27 April 2025
ތިހާވަރުން ދަންޏާ އަދި ޒަކިއްޔާ މަރުނުވާ ކަމަށްވެސް ކަނޑައަޅައިދޭން މިމީހުން އެދޭނެ. ގަމަރީސް!
އިހްސާސް
27 April 2025
ކޮޔާ އެއީ މޫނަށާ ކަނދުރާއަށް ބަލާފަ ހަދާ ކޮމިޝަނެއް.
ރާއްޖެތެރޭގޮލާ
27 April 2025
ކޮމިޝަން ހަދައިދެނީ މާލޭ މީހުންނަށް...
އެކަމަކު ވެސް ވޯޓު ދޭނެ
27 April 2025
ވަރިހަމައެއްނު! ރާއްޖެތެރޭ ގޮލާއިންތައް މުޢިއްޒަށް ވޯޓު ދޭނެ!
މި ވެރިކަންވެސް ރަނގަޅުވާނެ އަންނަ ދައުރުގަ!
27 April 2025
އޭރުވެސް ޑރ، އިނަސް ކުރި ކަމެއް 2 ފަހަރު ކޮށްގެން ނޫނީ ސަލާމަތެއް ނުވޭ!
މަޑުމަޑުން
27 April 2025
އެހެން މީހުނައް ވެސް ހަދައިދޭނެ މަޑުކޮއްލައްވާ
ގެދާނޯމޮސް
27 April 2025
ތިކަމާވެސް ރައީސްމުއިޒް އަޅުއްވާ ފިޔަވަޅުތަކުން އެމަނިކުފާނުގެ ސަރުކާރަށް ފުހުލުންގެ ނަފްރަތް ނޫންކަމެއް ނުފެންނާނެއެވެ. ފުލުހުންގެ އެންމެ ބޮޑުއެއް ފޭން ރައީސްނަޝީދުވެސް އެދިލައްވަނީ އިންވިސްޓިގޭޝަން ކަންކަމުގައި ދިވެހި ފުލުހުންނަށް ބުރަނުޖެއްސުމަށެވެ.
ހެއްވާދީ
27 April 2025
ކަމެއް ފުރިހަމަ ކޮއް ބެލުމައް ނަފްރަތު ކުރަން ޖެހޭ ސަބަބެއް ނެތް ގޯސް ކޮއް ކަމެއް ކޮއްފިޔާ އަދަބު ދޭން ޖެހޭނެ