ޝިޕްމަންޓުން ސިނގިރޭޓު ފޮށިތައް ރޭ ނެރެނީ.-- ފޮޓޯ: ކަސްޓަމްސް
27 އެޕްރީލް 2025 - 18:45
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ރޭ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ކޮންޓެއިނަރުތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ބުންޏެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސް އިން ރޭ އަތުލައިގަތް ސިނގިރޭޓު ފޮށިތައް ބަލަނީ.-- ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސް އިން ބުނީ އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލްޖެހުމަށްފަހުގަ އެވެ. އަދި އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
28 April 2025
މި ވެސް ހަމަ އަޖައިބެއް ކަހަލަ ކަމެއް. ގައިމު މި ތަކެތި އެތެރެ މިކުރަނީ ފައިސާތަކެއް އޮތް ބައެއްތާ ދޯ. އެ ގަެނައި ބޯޓަކާއި އެ ގެނައި ގައުމެއް ވެސް އަދި ގެނައީ ކޮން ކުންފުންޏަކުންކަން ވެސް އެނގޭ. އެކަމަކު ވާކަމެއް ހަރާމުން ހަރާން. މީގެ ކުރިން ކުންފުންޏެއްގެ ނަން ހާމަކުރި. މި ފަހަރު ކީއްވީ. އަނެއްކާ ނެޕޯ ކިޑެއް އުޅެނީތަ؟
ަެރފގތ6545
28 April 2025
މީ އަޅުގަނޑުމެން މިބުނާ ބޭއިންސާފަކީ. ވަކި ބައެއްވީމަ ނަންހާމަ ނުކުރެވޭ. ނިކަމެތި ރައްޔިތުމިހާގެ ނަމާއި ފޮޓޯ އަދި ވަނަވަރު ހާމަކުރެވޭ. ކޮރަޕްޓް މުއައްސަސާތައް. ބޮޑުންގެ .. ގައުމިއްޔަތު. މޯލްޑިވްސް.
އެޑްމުންޑޯ
28 April 2025
މާދަމާ ނޫސްތަކުން ގެނެސްދޭނެ ވަގަށް އެތެރެ ކުރި 13 މިލިއަން ރުފިޔާގެ ސިގެރެޓް އަނބުރާ ދޭން ކޯޓުން އަމުރު ކޮއްފިޔޭ
އިސްމާލި
28 April 2025
ނަން ހާމަ ކުރަން ވެސް ކޮންމެވެސް އުސޫލެއް ހަދަންވެއްޖެ އެއްނު. އިހަށް ދުވަހު ޑުރަގު ބޮއެގެން ވެއްޓުނު ކުއްޖާއާއި ދެން ހުރި މީހާގެ ނަމާ އެޑްރެހާ ހާމަކޮއްފި. ބޮޑެތި މަހުޖަނުން ވީމަ ނަން ސިއްރު.
އަސަރަފަ
28 April 2025
މިދާވަރުން މަސްތުވާ އެއްޗެހީގެ ވިޔަފާރިއަށްވުރެ މިކަން ބޮޑުވާނެ. ސިނގިރެޓް ގެ ކަޅު ބާޒާރުން މުއްސަނދިވާ މަހުޖަނުން ވަރަށް ގިނަވާނެ.
އެކްސްް
28 April 2025
ކީއްވެބާ އެތެރެކުރި ކުންފުނީގެ ނަން ހާމަނުކުރެވެންވީ؟ އަނެއްކާ ނުފޫޒުގަދަ ބައެއްގެ ކަމަކަށްވީމަތޯ؟
ބަޑިތަކުރު
28 April 2025
މިއަދު ނޫނޫނީ ކައިރި ދުވަހެއްގައި ދެން އިވޭނީ ތިޔަ ތަކެތި ދޫކޮށްލެވުނު ވާހަކަ. ހިޔެއްނުވޭ އެހެންގޮތަކަށް ތިޔަކަންތައް ނިމިގެންދާނެހެނެއް.
ޑަމީ
28 April 2025
ތިޔަ ކުންފުންޏެށް ގެ ނަށް ދުވަހަކުވެސް ހާމަ އެށް ނުކުރެވޭނެ.
އައިފާން
28 April 2025
ކުންފުނީގެ ނަން ހާމަ ނުކޮއް ކީއް ކުރަން ލިޔާ ހަބަރެއް
ރިބާ
28 April 2025
ކޮރަޕްޝަން އޮތީ ހުރިހާ ހިސާބެއްގައިވެސް. ކިހާދޫ ސްކޫލުގައިވެސް ޕްރިފެކްޓް ހޮވާފައިވަނީ ބޮޑުންގެ ނުފޫޒާއި އެކު އެމީހުންގެ ދަރިންނަށް ޕްރިފެޓުކަން ދީ ނިންމާލާފައި. ވަރަށް ދެރަކަންކަން.