ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 އެޕްރީލް 2025 - 16:28
މާލެ ރަސްފަންނު މޫދަށް އެޅިފައި ހުރި ކަޅުތެޔޮ ނަގައި އެތަން މިއަދު ސާފުކޮށްފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމައި، އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމާ އެ ސަރަޙައްދު ޢާންމު ޙާލަތަކަށް ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ. pic.twitter.com/OYJRibvZWZ
— Ministry of Construction, Housing & Infrastructure (@MoCImv) April 28, 2025
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން މިއަދު ހެނދުނު ފުލުހުން އެދުނެވެ. ނަމަވެސް، އެތަނަށް ގޮތެއް އަދިވެސް ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގޮނޑުދޮށަށް އައީ ކަމަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް މާލޭގެ އުތުރުފަރާތު ބަނދަރުގެ ފަޅުތެރެއަށް ވަރަށް ގިނައިން ކަޅުތެޔޮ އެޅުނު ހާދިސާއެއް ހިނގި އެވެ. ސިފައިން ދެ ދުވަހު ކުރިން މަސައްކަތުން ގާތްގަނޑަކަށް 15 ފީފާއަށް އެޅޭނެހާ ތެޔޮ އެ ފަހަރު މާލެ ފަޅުތެރެއިން ނަގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައއ
28 April 2025
ކޮންތަނަކުން އައި ކަޅުތެލެއް؟ އަނެއްކާ ސަފަރު ކައިދަ އެރީބާ؟
ޖަންގަލީ ރަސްގެފާނު
28 April 2025
ތިޔަތަނައް ކާޅު ތެޔޮ އެޅި މީހަކު ނުވަތަ ބަޔާކު ހޯދާ ޖޫރިމަނާ ކުރަން ފެނޭ 10،000 ދޮހަރަކައްހާސް ރުފިޔާ އަދި 1މަސް ދުވަހު ކޮމިޔުނިޓީ މަސައްކަތް،ކުރުވަން ފެންނަނީ
މަބުނީ
28 April 2025
އަމިއްލައަށް އެޅޭއެއްޗެއްތައެއީ. ތެޔޮވަޅުން އަޑިން އަރަނީކީނޫންބާ؟