30 އެޕްރީލް 2025 - 10:23
ބާސެލޯނާ (އޭޕްރީލް 20) - ލިއޮނެލް މެސީއާ އޭނާއާ އަޅާނުކިޔޭނެ ކަމަށާއި މެސީ އަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބާސެލޯނާގެ ލަމީން ޔަމާލް ބުނެފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ޔަމާލް ބުނީ އޭނާ ކުރިއަށްދާނީ އޭނާގެ ގޮތުގައި ކަމަށެވެ.
"އަހަރެން އަމިއްލަ ނަފްސު އެހެން ކުޅުންތެރިންނާ އަޅައެއް ނުކިޔަން، މެސީއާ ހާއްސަކޮށް. އަހަރެމެން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކު ވެސް ކުރިއެރުން ހޯދަން އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައި،" ޔަމާލް ބުންޏެވެ.
"އަހަރެން އެންމެ ގަޔާވާ ކުޅުންތެރިޔަކީ މެސީ، އޭނާ އެއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ."
ބާސެލޯނާ އެންމެ ފަހުން 2015 ވަނަ އަހަރު މެސީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފަހުން އަދި ފައިނަލަކާ ހަމައަށް ނުދެވެ އެވެ. އެންމެ ފަހުން ސެމީ ފައިނަލްގައި ކުޅުނީ ވެސް މެސީ އާއެކު 2019 ވަނަ އަހަރެވެ. އަދި މިއީ އޭގެ ފަހުން ބާސާ ސެމީ ފައިނަލް ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި މެޗު ވާނީ އުމުރުން 17 އަހަރުގެ ޔަމާލް، ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެދޭ 100 ވަނަ މެޗަށެވެ.
ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކުރި ބާސާ އާއެކު ޔަމާލް ވަނީ މިދިޔަ ހަފްތާ ބަންދުގައި ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އިތުރު ވަގުތާ އެކު 120 މިނިޓު ކުޅުނު އެ މެޗުގައި ބާސެލޯނާގެ މުހިއްމު ގިނަ ކުޅުންތެރިން ވަނީ ފުލް ކޮށް ކުޅެފަ އެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އަލެހަންދްރޯ ބާލްޑޭ އަށް ދެ ވަނަ ލެގުގައި ކުޅެވޭނެ ކަމަށް ބެލެވިފައި ވީ ނަމަވެސް، އެއްވަނަ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް އަދިވެސް ކުޅެވޭނެކަން ޔަގީނެއް ނޫނެވެ.
އިންޓަ މިލާން ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ޖާގަ ޔަގީން ވީ ފަހުން އެ ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް ލަނޑެއް ނުޖެހި ބަލިވެފަ އެވެ. ބޮލޯނިއާ އާއި ރޯމާ އަތުން ބަލިވެ، ލީގު އެއްވަނަ ގެއްލި، ވާދަވެރި އޭސީ މިލާން އަތުން ބަލިވެގެން ވަނީ އިޓާލިއަން ކަޕުގެ ފައިނަލުގެ ޖާގަ ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސަތު 25
30 April 2025
ކަލޯ ތީ އަދި ޅަކުއްޖެއް! ކަލޯ ބުނާނެ ފަލަސްތީނެއްނެތޭވެސް! އެއީ އިސްރާއިލޭވެސް! އެކަމަކު މަމެންނަށް އެނގޭނު! އެއީ ފަލަސްތީނުކަން! މަފަހުން ވެރިވެގަތް ބައެއްކަން އިސްރާއިލަކީ!