ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގައި އިސްކޮށް ހުންނަވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެ ކޮމިޝަންގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި މިއަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
30 އެޕްރީލް 2025 - 13:19
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަށް މާ ގިނަ ދުވަސްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އުންމީދަކީ "ފިސާރި އަވަހަށް" މަސައްކަތް ނިންމާލުން ކަމަށް އެ ކޮމިޝަންގައި އިސްކޮށް ހުންނަވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަންގެ މަސައްކަތް ފެށިކަން އިއުލާނުކުރުމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކޮމިޝަނަށް ޔުމްނުގެ އާއިލާއިން އިތުބާރު ނުކުރާ ކަމަށް ބުނާ މައްސަލައިގައި މުނައްވަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ ގުޅިގެން ވެސް ރައްޔިތުން ބަލައިގަތީ އެކި ގޮތަށް ކަމަށާއި އެހެންވެ ކޮމިޝަނަށް އޮތް އިތުބާރާ މެދު ދައްކާ ވާހަކައާ މެދު ހައިރާން ނުވާ ކަމަށެވެ.
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ޗެއާ މުނައްވަރު މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
މުނައްވަރު ވިދާޅުވީ އޭނާއަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެ ނަމަ އޭނާ އެ ކޮމިޝަންގައި ނުހުންނަވާނެ ކަމަށެވެ.
ކޮމިޝަންގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން މުނައްވަރު ވިދާޅުވީ، އެ ކޮމިޝަނުން ފުލުހުންގެ ތަހުގީގު ފުރިހަމަކުރުމަށް އެހީތެރިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ލިބޭނެކަން ޔަގީންކުރުމަކީ ކޮމިޝަންގެ މަގްސަދު ކަމަށް ވިދާޅުވި އެވެ.
ތަހުގީގުކުރުމުގެ ބާރު ރައީސްގެ ގަރާރުގައި ކޮމިޝަނަށް ދީފައި އޮތް ނަމަވެސް، މުނައްވަރު ވިދާޅުވި ގޮތުގައި މި ހިސާބުން ފުލުހުންގެ މަސައްކަތް ހުއްޓާލާފައި ކޮމިޝަނުން ހުރިހާ ކަމެއް ފަށާނީތޯ ނުވަތަ ފުލުހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާނީތޯ ނިންމާނީ ސަރުކާރުން ކަމަށެވެ. އެކަމަކު ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބާއި އެކަން ކުރިއަށް ދިޔަ ގޮތް ބަލާނެ ކަމަށް ވިދާޅުވި އެވެ.
ކޮމިޝަންގެ މަސައްކަތް ހިންގަން ބަޖެޓެއް ކަނޑައަޅާފައި ވޭތޯ އާއި މެންބަރުންގެ މުސާރަ އަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މުނައްވަރު ވިދާޅުވީ "ބަޖެޓެއް އޮތްކަމެއް އަދި ނެތް ކަމެއް ވެސް" އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ވާހަކައެއް އަދި ނުދެކެވޭ ކަމަށެވެ. އަދި މުސާރައެއް ދޭކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭތަ1
30 April 2025
މިމައްސަލަ ގައުމީ މައްސަލައަކަށްވީ ފުލުހުން ނުފޫޒުގަދަ ބައެއްގެ ދަރީންނާ ގުޅުން ހުރި މައްސަލައެއް ވީމަ މައްސަލަ ގެންދަން އުޅުނު ގޮތުން. ކޮމިޝަނުން އެކަން ބަލާ އުޞޫލުން ބޭރުން މަސައްކަތް ކުރި ފުލުހުންނަށް ފިޔަވަޅު އަޅާ ދެން އެހެން ކަންވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ
ޝެލަރީ
30 April 2025
ބުރޯ ތިކަން މާކުރީން ބަޔަކު ނިންމައިފި ދެން ސުރުހީއަޅާލާ
ފިސާރި ތެދެއް
30 April 2025
ފިސާރި އަވަހަށް ނިންމާލެވޭނެތާ. މިހާރު އެ ބުނަނީ ކަން ފެށިގެން އައި ގޮތް ސާފުކޮށް އެގޭނެ އެންމެ ފުރަތަމަ ގޭގެ ފުޓޭޖެއް ނެތޭ. އެހާ އަވަަހަށް ވެއްޓުނު ފުރާޅު ބަދަލުކޮށްފި. އޭގެ އިތުރުން ގެއްލުނީ ކިހާ އެއްޗިއްސެއް ކަމެއްވެސް ނޭނގޭ. ފްލޯރތައް ރަގަޅަށް ކިޔައިދޭން ނޭނގޭހާ ފަރުވާކުޑަ މީހަކު ހުރީ ތަހުގީގުގެ އިންޗާޖަކަށް ބަހައްޓާފަ.
ދެންވެސްދޯ
30 April 2025
"އަޅުގަނޑު މިދިޔަ ރިޔާސީ އިންތިހާބުގަ މިހާރުގެ ރައީސް މުއިއްޒަށް ކެމްޕެއިން ކޮއްދޭން އުޅުނިން" (މުނައްވަރު) އެހެންވީމަ ފުދޭވަރަކަށް މިނިވަންކޮމިޝަނެއްތިއުފެދުނީ.
ކައްކާ
30 April 2025
މަބުނީ ދެން ސަމާސާކަނޑާފަ ބުނެބަލަ، ފޯޅަވަހިއެއީ ރާއްޖޭ ތަނެއްތަ.
ނުކައްކާ
30 April 2025
ފޯޅަވަހި ހޯދުމުގެ އެންމެ ބޮޑު ޗާންސް އޮތް ޒަމާނުގަ އެކަމާ ސީރިއަސްކޮށް ކަމެއް ނުކުރި މީހެއް އެއީ. ފޯޅަވަހީގެ ކަނޑުގެ މައްސަލަ ފެށިގެން އައިއިރު އެކަމާ އެންމެ ރަގަޅަށް ބެހެވެން ހުރި މީހަކު އެއިރު އެކަމާ މަސައްކަތެއް ނުކޮށް ހުރެ މިހާރު ކިހިނެތް ހައްލުކުރާނީ. ދެން ހަމަ ސަމާސާކުރެވޭނީ ތިކަމާ.
މުޑަހަންޖާ
30 April 2025
ނޫސްވެރިންގެ ބައްދަލުވުމޭ ކިއާފަ ނޫސްވެރިން އެއްކޮށްގެން ތިމަންނަމެން މިތިބީއޭ، ތިމަންނަމެން މިތިބީ މަސައްކަތްކުރާކަހަލަ އުންމީދެއްގައޭ.... މިކަހަލަ ވާހަކަ ދައްކާފަ އަޗާތަޅާކަށް އަހަރެމެންގެ ތާއީދެއްނެތް. ދޭނެ މައުލޫމާތެއްނެތި ނޫސްވެރިންގެ ބައްދަލުވުން ބާއްވަފިނަމަ ޕާސްޕޯޓުއަތުލާފަ ޑިޕޯޓުކުރެވޭގޮތަށް ގާނޫނުހަދަންޖެހޭ.
ޑރ ވާންޗޯ
30 April 2025
އޭރުންނޯ މުޅިންސަކަރާތްވާނެނު، ތިޔަލިބެންފެށި މުސާރަޔޯ!!!!
ޙިނި
30 April 2025
ފުލުހުން މީ ބޭކާރުބައެއް.
ބަރުދާސްތީ
30 April 2025
ކޮމިޝަން މުނައްވަރު ވެށީވެސް ބާތިލް ކޮށް. މުނަށްވަރު އިސްތިއުފާ. ޗާގޮސް އާ ފޯޅަވަށްސާ ޑިއެޢްގޯ ގާސިއާ އަދި މޮރިޝަސް ރާއްޖޭއަށް އަނބުރާހޯދަދެއްވާނެމޭ ކިޔާފަ އެކަމެއްވެސް ނުކޮށްދީ ތިހުރީ. އިސްތިއުފާ.
ނަގިއްޔާ
30 April 2025
ބައްލަވާ މިކޮމިޝަންގެ ޖަވާބު ހުންނަގޮތް، މާޑިސްމިސިވްކޮށް، އަމާ ކީތީ ފަރަށްދާ ވައްތަރަށް ވާހަކަ ދައްކަނީ. މިވަރުން ކިހިނެތް މިމީހުންނަށް މަރުވެފައި އޮތް ބޯވައެއްވެސް ނުނެގޭނެ.