ޒަކިއްޔާގެ މަރާ ގުޅިގެން ބޭއްވި މުޒާހަރާއެއް: އެކަމާ ގުޅިގެން ޒަކިއްޔާގެ ފިރިމީހާގެ މައްޗަށް ދޮގު ތުހުމަތުތައް މީހުން ކުރާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
30 އެޕްރީލް 2025 - 18:42
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅުވައި، އޭނާގެ ފިރިމީހާއަށް ދޮގު ތުހުމަތުތައް ކުރާ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ޒަކިއްޔާގެ ފިރިހެން ދަރިފުޅު އަލީ ރިޒްމީ މިއަދު ބުނެފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ މައްސަލާގައި ހޮޅުދޫގެ ބައެއް މީހުން، ޒަކިއްޔާގެ ފިރިމީހާއަށް ތުހުމަތުތަކެއް ކުރިޔަސް، ފުލުހުން ވެސް ކުރިން ބުނެފައިވަނީ ޒަކިއްޔާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ ކަމަށެވެ. އަދި އެ އާއިލާގެ ފަރާތުން މީގެ ކުރިން އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ނަމަވެސް، ރަށުގެ ބައެއް މީހުންގެ ފަރާތުން ޖެއްސުމާއި ފުރައްސާރަ އަދި ދޮގު އިލްޒާމުތައް އެޅުވުން ހައްދު ނައްޓާފައިވާ ކަމަށް ބުނެ، ރިޒްމީ ވަނީ އޭނާގެ މަންމަ ނިޔާވިތާ ހަތް މަސް ފަހުން ފުރަތަމަ ފަހަރަށް މިއަދު މީޑިއާއާ ވާހަކަ ދައްކައިފަ އެވެ.
އޭނާ "މިހާރު"އަށް ބުނީ މަންމަގެ މަރަށް ފަހު ރަށުގައި ދިރިއުޅެން ދަތިވާ މިންވަރަށް މީހުން ދޮގު ތުހުމަތުތަކާއި ފުރައްސާރަ އަދި މަލާމާތް އަމާޒުވަމުންދާ ކަމަށެވެ. އަދި މިހާރު މަގުމަތިން ގްރޫޕު ހަދައިގެން އޭނާގެ ބައްޕަ މުހައްމަދު ރަޝީދު އުމަރުއާ ދިމާކޮށް، އިންޒާރު ދެމުންދާ ކަމަށް ރިޒްމީ ބުންޏެވެ.
އޭނާ ބުނީ ބައްޕަގެ ބޮލުގައި އެކި ތުހުމަތުތައް ކުރިން އެޅުވި ނަމަވެސް، މިހާތަނަށް އެކަމާ ގުޅޭގޮތުން ވާހަކަ ނުދައްކާ ތިބީ އެއީ ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ވާތީ އަދި ގާނޫނީ ވަކީލުން ވެސް އެގޮތަށް އެދުމުންނެވެ.
އެކަމަކު، އާއިލާގެ ނަމުގައި ނެރޭ ބަޔާންތަކުގެ ސަބަބުން މީހުންނަށް ކަންކަން އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ރިޒްމީ ބުންޏެވެ.
"މިއަދު މި ވާހަކަ މި ދައްކަނީ މިކަންތައް ބޮޑުވެގެން ގޮސް، އާއްމުންނަށް ވެސް އޮޅޭ ގޮތަށް އެތައް މައުލޫމާތުތަކެއް ހަބަރުންނާއި ރަށުގައި މުޒާހަރާކުރާ މީހުން ބައްޕައަށް ހާއްސަކޮށް ތުހުމަތު ކުރަމުންދާތީ. ގަޔަށް، ބޮލަށް އަރާ ހިސާބަށް ދިޔައީމަ ރައްޔިތުންނަށް ކަމުގެ ހަގީގަތް ސާފުވާންޖެހޭ ކަމަށް ގަބޫލު ކުރާތީ މި ވާހަކަތައް މިއަދު މި ދައްކަނީ." ރިޒްމީ ބުންޏެވެ.
ޒަކިއްޔާގެ އެންމެ ހަގު ދަރިފުޅު ކަމަށްވާ ރިޒްމީ ބުނީ، މަންމަގެ އެއްބަނޑުއެއްބަފާ އިތުރު ތިން މީހުންނާއި އެއްބަފާ އަންހެނަކު ހުއްޓަސް، ތުހުމަތުތައްކޮށް ބަޔާންތައް ނެރެނީ އެއްބަނޑު އެއްބަފާ އެންމެ އަންހެނެއް ކަމަށެވެ. އަދި ފިރިމީހާ އާއި ދަރިން ތިއްބާ އާއިލާގެ ނަމުގައި އެހެން ބަޔަކު ބަޔާންތައް ނެރޭތީ ޒަކިއްޔާގެ ދެ ކުދިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މަންމަ އާއި ބައްޕައާ އަޅުގަނޑާއި ބޭބެއަކީ ރީތިކޮށް ދިރިއުޅުމެއް އުޅެމުން އައި ބަޔަކަށް ވެފައި، ޓޮކްސިކް ކަލްޗާއެއް ނެތް ތަނަކަށް ވެފައި ރަށުގެ އެންމެންނަށް ދިރިއުޅުން ފެނި، މި ޒާތުގެ ބޮޑު އަމަލެއް ނުކުރާނެ ކަން އެނގޭއިރު އެފަދަ ތުހުމަތެއް ކުުރުން އެއީ ދެރަވަރު ކަމެއް." ރިޒްމީ ބުންޏެވެ.
އޭނަ ބުނީ އެ މުޒާހަރާތަކުގައި ވެސް އުޅެނީ އާއިލާގެ މީހަކާއި ރަށުގެ މަދު ބައެކެވެ. އަދި އެ މައްސަލައާ ގުޅިގެން ފުރަތަމަ ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވިޔަސް، އެއީ ވަކި މީހަކަށް ޓާގެޓުކޮށްގެން ކުރާ ކަމެއްކަން އެނގުމުން އެއްވުންތަކުގައި ބައިވެރިވާ މީހުން މަދުވެފައިވާ ކަމަށް ބުންޏެވެ.
އެ ކަންތައްތަކާ ހެދި، ޒަކިއްޔާއާއެކު އެއް ގެއެއްގައި ދިރިއުޅެމުން ދިޔަ އޭނާގެ ދޮށީ ދަރިފުޅު ކަމަށްވާ މޫސާ ރިމްޒީ، އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ދާދިފަހުން ވަނީ އެހެން ރަށަކަށް ބަދަލުވެފަ އެވެ. އަދި ރަށުގައި ހުންނަން އުނދަގޫވެގެން، އަމިއްލަ އެކި ވިޔަފާރިތައް ކުރަމުން އަންނަ މުހައްމަދު ވެސް ރަށާއި މާލެއާ ދޭތެރޭގައި އެކި ކަންކަމުގައި ދަތުރުކުރަން ފެށި އެވެ.
"ބޭބެގެ އަންހެނުން އަދާކުރި ވަޒީފާއަށް ވެސް ދާން އުނދަގޫވާ ވަރަށް އެ ވާހަކަ ދައްކާ. ބޭބެއަށް ހިތްހަމަޖެހިގެން ކޮފީ ބޯން ނީންދެވޭ. ބޭބެގެ ދަރިއަށް ސްކޫލަށް ދެވޭ ވަރެއް ނުވޭ. ސްކޫލަށް ދާއިރު އެ ތަނުގައި ތިބޭ ޓީޗަރުން އެންމެ ކުރީ ސަފުގައި މި ތިބެނީ މުޒާހަރާއަށް ނުކުމެ ދޮގު ވާހަކަ ދައްކަން. ކުދިންގެ މެދުގައި ވެސް މި ދެއްކެނީ އެކަމުގެ ވާހަކަތައް. ހަގީގަތުގައި ރަށުގައި ދިރިއުޅެން އުނދަގޫވެ، ނޫޅެވޭވަރު ވީމަ މި ނިންމީ [ބޭބެ] ބަދަލުވާން."
"ބައްޕައަށް ވެސް އެ ހާލަތު. ބައްޕައަށް އެކި ޖެއްސުންކޮށް، މަގުމަތިން ދާއިރު ސައިކަލުގައި ފާޑުފާޑު އެއްޗެހި ގޮވާ، ނުވިތާކަށް ފޭސްބުކްގައި އެ ވާހަކަ ގޮވާ، ސޯޝަލް މީޑިއާގައި އެ ވާހަކަ ގޮވާ، މުޅި އެތި އޮޅުވާލައިގެން ބައްޕައަށް ބަދުނާމުވާ ގޮތަށް އެ ވާހަކަ ދައްކާތީ ކެތް ނުވެގެން ދަރިންގެ އެދުމަކަށް އެ ބަދަލު ގެނައީ،" މާލޭގައި ދިރިއުޅޭ ރިޒްމީ ބުންޏެވެ.
އޭނާ ބުނީ ރޭ ވެސް އޭނާގެ ބައްޕަ ރަށުގައި އުޅެނިކޮށް ގްރޫޕަކުން ގޮސް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ކުރިން ވެސް މަގުމަތިން އިންޒާރުދީ، އެކަން ނުހުއްޓާނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، އާއިލާއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން އެހީތެރިކަން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ޒަކިއްޔާ
މީގެ ކުރިން އެއްވެސް މައްސަލައެއް ޖެހިފައި ނެތީސް، ޒަކިއްޔާގެ މަރަށްފަހު އެގޮތަށް ބައްޕައަށް ތުހުމަތުކުރަން ފެށުމުން ލިބުނީ ބޮޑު ޝޮކެއް ކަމަށް ރިޒްމީ ބުންޏެވެ.
ޒަކިއްޔާ ނިޔާވިއިރު ގޭގައި ތިން މީހުން ތިއްބަސް، އެއްވެސް ހެއްކެއް ނެތީސް ބައްޕައަށް އެކަނި އެގޮތަށް ތުހުމަތު ކުރަނީ، ރިޒްމީ ބުނިގޮތުގައި ޒާތީ ގޮތުންނެވެ.
އޭނާ ބުނީ މަންމަ މަރުވުމުގެ ދުވަސްކޮޅެއް ކުރިން ނަފްސާނީ ގޮތުން އުނދަގޫވެގެން މާލެ އައިސް ޑޮކްޓަރަށް ދެއްކި ކަމަށެވެ. ނަމަވެސް، ނަފްސާނީ ވަކި ބައްޔަކަށް ސީދާ ޑައިގްނޯޒް ކުރެވުނުކަން ޔަގީންނުވިޔަސް، ނަފްސާނީ ބައްޔަށް، ބޭސްކަމުން ދިޔަ ކަމަށް ރިޒްމީ ބުންޏެވެ. އަދި ބޭސް ކާން ފެށިފަހުން މަންމަ ބަލާ ބެލުމަށް ހުރީ ވަރަށް ހަމަޖެހިފައި ކަމަށާއި ވާހަކަ ދައްކާއިރު ވެސް އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަނުވާ ކަމަށް ރިޒްމީ ބުންޏެވެ.
އެކަމަކު، މަންމަ މަރުވި ފަހުން ރަށުގެ ބައެއް މީހުންނާ ރިޒްމީ ވާހަކަ ދެއްކުމުން، ހަޔާތުގެ ފަހު ދުވަސްކޮޅު މަންމަ އެ މީހުންނާ ދައްކާފައި ހުރި ވާހަކަތަކުން ހާލަތު ރަނގަޅު ނޫންކަން އެނގުނު ކަމަށެވެ. ނަމަވެސް، އެ މީހުންނާ ދެއްކި ވާހަކަތަކުގައި ވެސް ނަފްސަށް ގެއްލުންދޭ ޒާތުގެ ވާހަކައެއް ދައްކާފައިނުވާ ކަމަށް ބުންޏެވެ.
ރިޒްމީ ބުނީ މަންމަގެ ވާހަކަތައް ދައްކަން އެ އާއިލާއަށް އެއްވެސް ގޮތަކަށް ފަސޭހަ ނޫން ކަމަށެވެ. އެހެންވެ، އެ މީހުން ވަނީ ދޮގު ވާހަކަތައް ފަތުރައި، ޖެއްސުންކުރާ މީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.
"މި ވާހަކަ ދައްކާ ހުރިހާ އެންމެންނަށް އާއިލާއިން ދައުވާ ކުރާނަން. ކޭސް ކުރިއަށްދާ ކަމަށް [ވަކީލު] ބުނީ. ސީދާ ނިމޭނެ ދުވަހެއް ނޭނގޭ ބުނާކަށް." ރިޒްމީ ބުންޏެވެ.
ރިޒްމީ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ކުށެއް ނުކުރާ މީހަކަށް ބަޔަކު ކިތަންމެ ބޭނުން ވިޔަސް އަދަބެއް ނުދެވޭނެ ކަމަށެވެ. އެއީ އިންސާފު ލިބުން ނޫން ކަމަށް އޭނާ ބުންޏެވެ.
"އިންސާފު އަހަރެމެން [ދަރިންނާއި ބައްޕަ] އަށްވުރެ [މަންމައަށް] ބޭނުންވާނެ ވަކި އިތުރު ބަޔަކު ނުތިބޭނެކަން އަދި އިންސާފަށް ކުރާ މަސައްކަތަކީ ހަމައެކަނި ސޯޝަލް މީޑީއާ އާއި މުޒާހަރާތަކުގައި ކިޔާ އެއްޗެއް ނޫންކަން. ނިޔާވިތާ ދެ މަސް ދުވަސް ފަހުން މަގުމައްޗަށް ނުކުމެ އެކި ތިއަރީތައް ހިފައިން އުޅުނު ކަމުގައި ވިއަސް އަހަރެމެން މި އަންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިންސާފު ހޯދުމުގެ މަސައްކަތް ކުރަމުން،"
"ރަށުގެ އަމަންއަމާންކަން ނަގާލައި ފިތުނަވެރި، ބިރުވެރި ތަނަކަށް ވެއްޓެން ޖެހުމުގެ އަސްލަކީ މިއަދު މަގުމައްޗަށް ނުކުމެ ފާޅާއި ސިއްރިއްޔާތުގައި އިންސާފުގެ ނަމުގައި މަސައްކަތްކުރާ ބަކި ބައެއްގެ ސަބަބުން. އާދޭހަކީ އަހަރެމެންގެ ވެސް އުފަން ރަށުގައި މިނިވަން ކަންމަތީ ގޭ ބޭރު ޖޯލިފައްޗާއި ބޭރުތެރޭ އުޅޭ ގަޑިއަކީ މީހެއް ދިމާކޮށްދާނެ ފަދަ ބިރުވެރި ގަޑިއަކަށް ނުހެދުން އަދި އިންސާފަށް ކުރެވޭ މަސައްކަތަކީ އިސްލާމީ ހުދޫދުގެ ތެރެއިންނާއި ގާނޫނީ އިމުގެ ތެރެއިން ކުރެވޭ ރީތި މަސައްކަތަކަށް ހަދައިދިނުން." އޭނާގެ ޕޯސްޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
02 May 2025
މި ކޮމެންޓު ސެކްޝަން ފެނުނީމަ އެނގިއްޖެ ދިވެހިންވެސް މާ ގިނައިން ޓުރޫ ކުރައިމް ގޮނޑު ސާމާނު ބަލާކަން
ވާނުވާތޯ ތީ؟
03 May 2025
އެއްޗެއް ބަލާކަށް ނުޖެހޭ މިހާރު މީހުން މާ އެޑިއުކޭޓެޑް.
ފެކްޓް1
03 May 2025
ޓުރޫ ކުރައިމް ގެ ގިނަ ޑުރާމާތަކަކީ ރިއަލް އިވެންޓްސްއަށް ބޭސްކޮށް ހަދާފަ ހުންނަ އެއްޗިހި ރިސާޗު ހަދައިން. ތިމާ އެކަމަކާ ދެކޮޅު ވާންވީމަ ގޮނޑޭ ފަޅޮލޭ ކިޔަސް
ވަޖީ
01 May 2025
ވަކި މީހަކު ކުއްވެރި ކޮށް ތުހުމަތު ކުރާކަށް ނެތިން. ފިރިމީހާ ނޫން މީހަކު ވެސް ކަމެއް ކޮއްފާނެ. އެކަމު އެހާ އަވަހައް ދަރިން ވެސް އެއީ ސުއިސައިޑެއް ކަމަށް ގަބޫލުމުރުން ކަމަކު ނުދޭ
ޖަސްޓިސް ފޯ ޔުމްން
01 May 2025
އާއިލާ މީހުންނަށް އެވާހަކަ ނުދެއްކެންޔަ ކޮންމެސް އެހެން ބަޔަކު ދައްކާނެ. ބަލާ ޔުމްނު ކަންތައް. އެތާ މުޒާހަރާގައޖ ތިބެނީ ގިނައިން އެއާއިލާ މީހުންނެއް ނޫން. އެންމެން ކޯޓައް ނުދެމޭނެ ނޫންތޯ؟
އާއިލާ
01 May 2025
އާއިލާ މީހުން އެވާހަކަ ނުދައްކާ ސަބަބެއް އޮވެދާނެދޯ. އޭގެ މާނައަކީ އާއިލާއިން އިންސާފު ބޭނުންނުވަނީތަ؟ އާއިލާ މީހުން އެހެންބުނީތަ ތިބޭފުޅުންކައިރީ؟
ކާފް އަތޮޅު
01 May 2025
އާއިލާ މީހުން ނޫން ރާއްޖޭގެ އެތައް ބަޔަކު ޒަކިއްޔާ މަރުގެ ވާހަކަ ދައްކާ. އެއީ އެހާ ނޯމަލް މަރެއް ނޫން ވީމަ. ދެން އެ އެންމެނަށް ދައުވާ ކުރެވޭނެ؟
އަސާސީކުލާސް
01 May 2025
ލިޔެފަ އޮތް އެއްޗެއް ފަހުމު ވޭތަ؟ 1. އެވާހަކަ ނުދައްކާށޭ ބުނެފަ ނެތްކަންނޭގެ. ދޮގުހަދައިގެން ވާހަކަ ނުދައްކާށޭ ދޯ ބުނެފަ އޮތީ؟ 2. ދަރިންނާ އާއިލާއަށް ފުރަށްސާރަ ނުކުރާށޭދޯ ބުނެފަ އެއޮތީ؟ 3. ސުކޫލާ އޮފީހުގައި އެވާހަކަ އަބަދު ދައްކާތީ އުދަގުވާވާހަކަދޯ ބުނެފަ އެއޮތީ؟ ކޮންމެ ގޮތަކަށް ހިންގާފަ އޮތްކަމަކަސް އަބަދު އެވާހަކަ އިވެން ބޭނުމެއްނުވާނެދޯ. ތިތަނުން މީހަކަށް އެފަދަ ހާލަތެއް ދިމާވެއްޖެޔާ ދާކޮންމެތަނަކުން އެވާހަކަ އިވެން ބޭނުންވާނެތަ؟
ފުން ވިސްނުން
01 May 2025
“ މަންމަ މަރުވި ފަހުން ރަށުގެ ބައެއް މީހުންނާ ވާހަކަ ދެއްކުމުން، ހަޔާތުގެ ފަހު ދުވަސްކޮޅު މަންމަ އެ މީހުންނާ ދައްކާފައި ހުރި ވާހަކަތަކުން ހާލަތު ރަނގަޅު ނޫންކަން އެނގުނު ކަމަށެވެ.”… އެހެންވީމަ މަންމަ އާ މެދު ގޭތެރެއިން ވިޔަސް ބޭރުން ވިޔަސް އެއްވެސް މީހަކު އިހާނެތިކޮށް ކަންކުރިތީ ނޫންތޯ އެއީ ހަމަ ވަރަށް ވެލިޑް ސުވާލެއް ދަރިންވެސް ކޮއްލާ އިތުރަަށް ވިސްނާލަން. ދެމަފިރިއެއްގެ ގުޅުމުގައިވެސް ދަރިންނަށް ނޭގޭ ކަންކަން ވެސް ހުންނާނެ.
އޯޓޮޕްސީ
01 May 2025
ދިވެހިންނަށް އޯޓޮޕްސީއަކީ ކޯޗެއްކަން އެގޭބާ؟ ރަހުމެއް ހުރި މީހަކު ވީޔަ ތިހާދިޔާގައި އެހަދަން ނުބުނާނެ. އޯޓްޕްސީ ހަދާއިރު ވަކިވަކިން ގުނަވަންތަށްނަގާ ކޮށާ ހަދާފަ އެއްކޮށް އަޅާލާފަ ފަހާލާނީ. އިންސާފު ހޯދަންށޭ ކިޔާފަ ތިތަނިން ކާކު ބޭނުންވާނީ ތިމާގެ އާއިލާމީހަކުގެ ހަށިގަޑަށް އެހެން ހަދަން. އިންސާފު ލިބޭނެ ދުވަހެއް އަންނާނެ. މިދުނިޔޭގައި ނުލިބުނަސް. ސަރުކާރުން އެބަޖެހޭ ކިހާ ވަރުކަމެކަސް މީހުނަށް އޮޅުން ފިލުވައިދޭން.
ސައުދީ
01 May 2025
އިސްލަަމީ އެހެން ގައުމުތަކުގައި ވެސް އޮަޓޯޕުސީ ހަދަން ޖެހުނީމަ ހަދާ.
ނަރސް
01 May 2025
އަދި ރަނގަޅަކަށް ނޫން ތިކިޔަނީ. ކޮށާ ނަގަނީ އެއް ނޫން. މެޑިކަލް ކޮންޓުރޯލު ޕުރޮސެސް އެއްގެ ތެރެއިން ބޮޑީ އެގްޒަމައިން ކުރަނީ. ސާޖަރީސް ވެސް ހަދާ ގޮތައް.
ޓޯކް ސެންސް
01 May 2025
ތިބުނީ މީގެ ކުރިން އާއިލާތަކުން ބޭނުން ވެގެން މަރުތަކުގައި އޮޓޮޕުސީ ހެދީ އެއާއިލާތަކުގެ ރަހުމެއް ނެތީމައޭތަ؟
މާއެގޭ
01 May 2025
މިމަރުގައި އެލިވަރުގެ އިންޓާނަލް އަދި އެސްޓާނަލް ޒަހަމްތަށް ހުރި. ވަކިވަކިން ހުރިހާއެއްޗެށް އެނަލައިޒް ކުރާނެ. ޑީޓެއިލްވާވަރަކަށް ބޮޑަށް ކޮށާނެ. މޮޔަނުގޮވާ ސާޗުކޮށްލާ އަހުލުވެރިވެބަލަ.
އަޖާއޮބު
01 May 2025
ދިވެހިގައުމު ކޮންހާލަކަށްބާ މިއޮތީ ވެއްޓިފަ. އިންސާފަކީ އާއިލާގެ ދެންތިބި މީހުނަށް ނޫޅެވޭވަރަށް އުދަގުކުރުންބާ؟ ކޮންމެކަމެއް ސިޔާސީކޮށްގެން އެތަށްބަޔެއްގެ ހައްގު ނިގުޅާލަނީ. ޢެންމެން ވެސް ތިމާ ވަރު އެގޭމީހަކު ދެން ނެތްކަމަށް ހެދިގެން. އެމްޑީޕީގެ ފިތުނައާހެދި ދެބޯގެރި ދުއްވުގެ ސިޔާސަތާހެދި މުޅިގައުމު ހަރާބުވެއްޖޭ
ހަގީގަތު
01 May 2025
ޕީއެންސީ ސަރުކާރުގައި ފުލުސް އޮފީސް ކޮރަޕްޓުވެ ތަހުގީގު ތަކުގެ ފެންވަރު ދަށްވެ އަހުލާގެއް ނެތި އަންޕުރޮފެށަނަލް ވުމުގެ ނަތީޖާ އަސް.
ރޫހާނީ
01 May 2025
ޒަކިއްޔާގެ މަރުގެ ހަޤީޤަތް ފޮރުވަން ކުރެވުނުހާ ކަމެއް ކުރީ. އަވަހަށް ވަޅު ނުލެވިގެން ހަޅޭވެސްލެވި. ފަސްގަނޑުމަތީގަ އޮވެފެންވެސް ހިތްހަމަ ނުޖެހުން. އަބުރުގެ ދަޢުވާ ނުކުރާށޭ ނުބުނޭނު. ކޮށްގެންވެސް ފަލީހަތްވާނީ ތިޔަބުނާ ބަފަޔާ ދަރިން
ޒިޔާދް
01 May 2025
ދައުވާ ކުރުމަކީ އަދި މުޅި މައްސަލައިގެ ހައްލެއް ނޫން. ތަހުގީގުގައި ފުލުހުން ހެދި ގޯސްތައް ބަލަން ޖެހޭ. މަސަލަހަތު ގެއްލުނު މައިގަނޑު ސަބަބު އެއީ
އެއްވުން
01 May 2025
ހެޔޮކޮށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮފީ ޓޭބަލް ތަކުގައި ވެސް ތިވާހަކަ ދެކެވޭ.
ވާނުވާ ވާނުވާ
01 May 2025
އެއްކޮޅުން ތިޔަ ބުނަނީ މިހާރު މީހުން ޒަކިއްޔާއަށް އިންސާފު ހޯދަން ރަށުގައު ނުކުންނަ ވަރާ އެވާހަކަ ދައްކާ ވަރު މަދޭ، ޢަނެއްކޮޅުން ތިބުނީ މ ރަށު އިސްކޫލުގައި ވެސް އެވާހަކައޭ އޮތީ. ކޮންމެސް އެކައްޗެކޭ ކިޔަގަ
ހަމަޖެހޭތަ
01 May 2025
ކަލޯ އިންސާފު ހޯދަން މުޒާހަރާ ކުރުމަކީ މުޅިރަށުގައި އެވާހަކަދައްކާ ދަރިންނާ އާއިލާއަށް ނޫޅެވޭވަރަށް ފިތުނައުފެއްދުންތޯ؟ ކުޑަކުދިން ސޫލަށް ދިޔާއީމާ އެކުދިން ނަފްސާނީ ކުރުވުންތޯ؟ އިންސާފާ ހައްދުފަހަނައަޅާ ދިއުމާ ވަރަށް ތަފާތު. އެވަރު ނޭގެންޔާ އަންގަ ނުކޮށްޕާ
މީހުން އެވާހަކަ ދައްކާނެ
01 May 2025
ހަމަޖެހޭތަ ތިވަރު ކަމެއް ރަށެއްގައި ވެ ފުލުހުން ގޯސް ހެދީމަ ދެން އެހެން ވެސް ވާނެ. އެއީ އަޖައިބުވާން ޖެހޭ ކަމެއް ނޫން