މަރުކަޒީ ބޭންކުން ތައާރަފް ކުރި އިންޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" އާ ގުޅޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލަނީ: މި ސިސްޓަމް ބޭނުންކޮށްގެން ވަގުތުން ވަގުތަށް އެއް ބޭންކުން އަނެއް ބޭންކަށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
01 މެއި 2025 - 10:44
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މި ވަގުތަށް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"ގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މިއަދު ހެނދުނުން ފެށިގެން ފަވަރަގެ ހުރިހާ ހިދުމަތްތަކެއް މެދުކެނޑިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކުރަން ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އަހަރުގެ ހުރިހާ ދުވަހެއްގައި، 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތް ކަމަށް ވިޔަސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބެ އެވެ.
އެ ސިސްޓަމް އެމްއެމްއޭއިން ތައާރަފް ކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ހިދުމަތްތައް ފަވަރައިން ލިބެ އެވެ.
އަދި މި އަހަރުގެ ޖެނުއަރީ މަހު، ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) ވެސް ވަނީ ފަވަރަ އާ ގުޅިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީސިސިސި
02 May 2025
ދިވެހިން އެއްޗެއް ހަދައިފިއްޔާ ވާވަރު އަބަދުވެސް.
Mr
02 May 2025
ލަފާކުރެވޭގޮތުގައި މިބޮނޑިއެއް ބޮއެގެންއެއުޅެނީ ބޭރުގެ ކްރިޕްޓޯ އެޕްތަކެއް ބްލޮކްކުރަންވެގެން ކުރިމަސައްކަތުގެ ތެރެއިން.
ސިގްމާ
01 May 2025
ލޮލް
އަފްރާސިޔާބު
01 May 2025
އޮޓޮމެޓިކަށް ޖެއްސީ ފައިސާ ޓްރާންފަރ ކުރަން އަވަސްކުރަން.
raajje
01 May 2025
ހިދުމަތްމެދުކެނޑުނީ މިއަދުހެނދުނަކުނޫން، ރޭ ދަންވަރު 12ގެ ފަހުން ހިދުމަތްބޭނުމެއްނުކުރެވޭ، މައްސަލަދިމާވުމަކީ ވާނެކަމެއް، ނަމަވެސް ހައްލުނުކުރެވި މިހާރުމާގިނައިރުވެއްޖެ!
ރަދީފްއޮފިޝަލް
01 May 2025
ހެހެހެހެހެ.މުސާރަ ލިބޭ ދުވަސްކޮޅު އަބަދުވެސް އޭޓީއެމްތައް ވެސް ޑައުންވެފަ.
ޚަމަރު
01 May 2025
ޢާން މުސާރަ އިރުކޮޅަކަށް ފަވަަރަގަ ތާށި ކޮއްލަނީ. ޢޭރަން އެމް އެމް އޭއިން ބޭނުން ބަޔަކަށް ލާރި ޖަމާ ކޮށް މުސާރަ ހަމަ ކުރެވޭނެ ނުން. ޓީ ސްޓަންޓް