ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން: އެ ބޭންޑް ވަނީ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ސެމީ ފައިނަލަށް ހޮވިފައި.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
01 މެއި 2025 - 23:18
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ވާދަކުރަމުން އަންނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" އެ ޝޯގެ ސެމީ ފައިނަލަށް މިރޭ ހޮވިއްޖެ އެވެ.
ސެމީގެ ޖާގަ ކަށަވަރުކުރުމަށް އެ ބޭންޑުން ރޭގައި ހުށަހެޅީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގްގެ ލަވަ 'ވޭ ކަމްލެޔާ" އެވެ. ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ އެ ލަވަ މި ޝޯގައި ކިޔާފައި ވަނީ "ޓޫ އޮފް އަސް"ގެ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީނެވެ.
އަދުހަމް އާއި ނަސޫހް އެ ލަވަ ހުށަހަޅާދިނީ އެ ލަވައަށް އަދުހަމްގެ އަމިއްލަ ލިރިކްސްގެ ބައެއް ވެސް އިތުރުކޮށްގެންނެވެ. އެހެންވެ، ޖަޖުންގެ ވަރަށް ތައުރީފު ވެސް އޭނާއަށް ލިބުނެވެ.
ޖެސްޓް ޖަޖެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ސަލީމް މާޗެންޓު ރޭގެ ޝޯއަށް ދިޔައިރު، "ޓޫ އޮފް އަސް"އަށް ހުރިހާ ޖަޖުންގެ ތައުރީފު އޮއްސާލި އެވެ. ސެމީ އަށް ދަތުރުކުރުމުގެ ކުރިން މިދިޔަ ހުރިހާ ޝޯއެއްގައި ވެސް އެ ބޭންޑަށް ވަނީ ޖަޖުންނާއި ބެލުންތެރިންގެ ވަރަށް ތައުރީފު ލިބިފަ އެވެ.
ރޭގެ ހުށަހެޅުމަށް ފަހު މިރޭ އޮތް އެލިމިނޭޝަން ރައުންޑުގައި "ޓޫ އޮފް އަސް"ގެ އިތުރުން ސެމީގެ ޖާގަ ކަށަވަރުކުރީ ސްރީ ލަންކާ އާއި ތަޖަކިސްތާން އާއި ނޭޕާލް އަދި މޮރިޝަސްގެ ދެ ބޭންޑެކެވެ.
ސެމީގައި ހަ ބޭންޑަކުން ވާދަކުރާއިރު، ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ފަސް ބޭންޑެކެވެ. އަދި އެތަނުން ގަދަ ތިނެއް ހޮވާނެ އެވެ.
"ބެޓުލް އޮފް ބޭންޑްސް" އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ ލަވަ މުބާރާތެކެވެ. މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން މި ޝޯ މި އަހަރު ގެނެސްދެނީ ބޭރު ގައުމުތަކަށް ވެސް ފުރުސަތު ދީގެންނެވެ. އެހެންވެ، ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވީ ޒުވާން ބޭންޑް "ޓޫ އޮފް އަސް" އެވެ.
ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން: އެ ބޭންޑް ވަނީ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ސެމީ ފައިނަލަށް ހޮވިފައި.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
އަދުހަމް އާއި ނަސޫހުގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
ރާއްޖޭގެ އިތުރުން މި ޝޯގައި މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުން ވާދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
02 May 2025
މަހުމާނަކަށް އުނޫސާ ގެންގޮސްބަލަ އިންޑިޔާމީހުން ތަލިންކުޅުހިކޭނެ..... ބޮއިހަލަކި
ސަލީމް މާޗަންޓް
02 May 2025
ހީނުކުރަން ތި ކުދިން ތީ އެހާ ހުނަރުވެރި ކުދިން ކޮޅެއް ކަމަށް ކުރިން! ކުރިން ކީ ލަވަތަކަށް ބަލާއިރު ! އެކަމަކު ތި ލަވައިން އެގިއްޖެ ވ ގަދަ ކަން ހާއސަ ކޮށް ޕިންކް ޝާރޓް ލައިގެން ހުރި ކުއްޖާ!
ކިއްލާ2222
02 May 2025
މި އޮށް ފަދަ ހުރިހާ ކަމެއް މަނާ ކޮށްފަ ހަރާން ކޮށްފަ އޮތް ރާއްޖެ ކަހަލަ ގައުމަކުން ތި މިބާރާތުގަ ބައިވެރިވެ ދައްކަމުން ދާ ހިތްވަރަށް ސާބަސް ދެން! ރާއޖެ އިންޑިޔާ ޓުރިސްޓްން ގެ މެދުގަ އަދި މުޅި ދުނިޔެއްށް ވެސް އިތުރަށް މަޝްހޫރުވާން ލިބޭ ފުރިހަމަ ފުރުސަތެކޭ ބުނެވޭނީ! ސާބަސް ދަރިންނޭ
ބުނާނަން
02 May 2025
ކޮބާ އެއްކަލަ އުދުހޭ އަސް ގަބޫލު ކުރާ ގުރޫޕު ވަރަށް ރުޅިގަދަވާނެ، މިހާރު
އަހައްމު
02 May 2025
ކަލޭ ކިޔަން ތިއުޅެނީ ކީކޭ؟
ބުނޭ
02 May 2025
ލައްކަ ވަރުވެފަ ދޯ ތިހިރީ؟ ކަލޭ ގަބޫލުނުކުރިޔަސް އުދުހޭ އަހަކީ ހަގީގަތެއް. އުދުހޭ އަސް ގަބޫލުކުރާ މީހުން އަންނާނީ ހިނި ތި ގުރޫޕު ފެނުނީމަ...
ޑިޑީ.
02 May 2025
އެކި މީހުންނައް ފިކުރު މިންވަރުކުރެއްވީ އެކިވަރައް.ކަލެއައްވީވަރުތީ.
ދަގަތްފާނު
02 May 2025
އާދަންނަސީރުމެން ޅެމުގެ ފަރުވާއަކާގެން ބައްދަލުވުންތަކުގަ އުޅޭއިރު އަނެއްކޮޅުން ދިވެހި ޒުވާނުން އިނޑިއާއަށް ގެންގޮސްގެން މަލިޔާޅަންބަހުންނާ ހިންދީބަހުން ލަވަކިޔާނަގަނީ.
އަންކަލް
01 May 2025
ވަރަށް ހުނަރުވެރި ކުޅަދާނަ ކުދިން ކޮޅެއް، ވަރަށް ޕްރައުޑް