ރޭގެ މުޒާހަރާ ރޫޅާލައި، އެ މުޒާރާގައި އުޅުނު އާއިޝަތު ޝިމަން ހައްޔަރުކުރަނީ.
02 މެއި 2025 - 07:45
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
ރޭގެ އަށެއް ޖެހިއިރު ހެންވޭރު ޕޮލިސް ކައިރިން މަޖީދީ މަގުގައި ފެށި މުޒާހަރާ 12 ޖަހަން އުޅެނިކޮށް ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ.
މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގޭ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހުމަދު، 19 ކަމަށް ފުލުހުން ބުންޏެވެ. މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުުލުހުން ބުނިގޮތުގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަހުން އެކި ރޭރޭ މަތިން މަޖީދީ މަގުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ބަންދު ކޮށްގެން ތިބެ މުޒާހަރާ ކުރާއިރު، އޭގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާ ކަމުގެ ޝަކުވާ މެދުނުކެނޑި ލިބޭ ކަމަށެވެ.
"މި އިހުތިޖާޖުގައި، މަޖީދީ މަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވާނެ އެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މާދަމާއަކީ އޯ ލެވެލް އިމްތިހާނުގެ ޓެސްޓަކަށް ގިނަ ދަރިވަރުންތަކެއް ހާޒިރުވާން ޖެހޭ ދުވަހެކެވެ. އަދި ރޭގެ މުޒާހަރާ ރޫޅާލީ ގާނޫނީ އިންޒާރު ދިނުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
ޒުވާނުންގެ މުޒާހަރާތަކަށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ފުރުސަތު ދީފައިވާއިރު، ރޭ ފެނުނީ މަޖީދީ މަގުގެ މެދުގައި ޓީޓީ މޭޒެއް ބަހައްޓައިގެން ޒުވާނުންތަކެއް ޓީޓީ ކުޅެމުން ދިޔަ ތަނެވެ. އަދި ކެރަމް ފަދަ ކުޅިވަރުތައް ވެސް މުޒާހަރާ ކުރިއަށް ގެންދިޔައިރު ކުޅެމުން ދިޔަ އެވެ. ދޭތެރެދޭތެރެއިން ސްޕީކަރުން ބާރަށް ލަވަ ޖަހަމުން ދިޔަ އެވެ.
ހެންވޭރު ޕޮލިސް ކައިރީގައި އެހެން ރޭތަކާ ހިލާފަށް މަދު ބަޔަކާ އެކު ބޭއްވި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން އޭގެ ތެރެއިން ބައެއް މީހުން މާލޭގެ އެހެން ހިސާބުތަކަށް އެއްވެ ރޭ އަޑުގަދަކުރި އެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުން ކުރާ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް ފެންމަތި ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައި އެ ތަހުގީގާ ގުޅޭ ކަންކަން ކުރަން އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންތާކު
02 May 2025
ތިކަން ކުރަން މާ ލަސްވެސް ވެއްޖެ. މުޒާހަރާ ކުރުމަކީ މީހުންނަށް އުނދަގޫކޮށް އަވަގުރާނަ ގޮވުމެއްނޫން. އަދި އެފަދަ ތަކެތި ޕޯސްޓަރުތަކުގައި ލިޔެ ދެއްކުމެއްވެސް ނޫން. އެނގިއްޖެ. ޖެން ޒެޑަކަސް، އެކްސް އަކަސް، ވައި އަކަސް ބަލަންޖެހޭނެ މި އުޅެވެނީ ދިވެހި ރާއްޖޭގަ ކަން.
އިންސާފް
02 May 2025
ދިވެހިރާއްޖޭގަ އުޅެވޭކަން ވަރަށް ސާފުވެއްޖެ އިނގޭތޯ! އަމީނުމެން ގޭގަ ޕާޓީކުރި ޒުވާނުންނަށް އެއްވެސް ފިޔަވަޅެއްނޭޅޭ ފުލުހުންގެ ޒިންމާ އަދާނުކުރެވޭތީވެސް ހަމަތިޔަ އިބާރާތުން ކުއްވެރިކުރަން ކެރޭނެތޯ؟ ވަކިމީހަކަށް ވަކިގޮތެއް ވިއްޔަ އޮންނަނީ ތިބުނާ ދިވެހިރާއްޖޭގަ.
ކައިރި މާޒީ
02 May 2025
ސިޔާސީ ޕާޓީ ތަކުން ސޮލަވާތް ފާތިހާ ތަ ކިޔެވީ މަގުމަތީ؟ ޕީޕީއެމުން ވެސް ލަވަ ޖަހާ ނަށާ އައުގުރާނަވެސް ގޮވި. މަޖުލިސް ގައި އަވަގުރާނަ ގޮވާ އަޑު ނާހަންތަ؟ އރކަންކަމާ ބަލާފަ ޒުވާން ކުދިން 100 ބައި ރަނގަޅު
ކަބުލޮ
02 May 2025
ނިދޭ ވަރެތްނޫން މިިމީހުން ހަޅޭލަވާތީ ދަރިން ނިދަންޖެހެނީ މުޒާހަރާގެ ބައިވެރިން ނިދާޝޭބުނީމަ ބޮޑު އުދަގުލެތް ހުރިހާ ސިޔާސީ ޕާޓީ ތައް މަހައްދޭ
ފުލުހުން މާފަށް އެދެންޖެހޭ
02 May 2025
އޯލެވެލް ކުދިން ކިޔަވާތީތަ 2012 ގަ އަމީނިއްޔާ ސްކޫލް ދޮށަށް ކަރުނަގޭސް ޖެހީ؟ ހަމަ ވަކިބައެއްގެ މަންފާއަށްޓަކައި މުޒާހަރާކުރި މީހުން ހައްޔަރުކުރީ..
ފުލު ފުލު
02 May 2025
2012 ފެޝިގެން ރާބޯމީހުންވެސް ގިނަވެއްޖެ ތިބޭފުޅާވެސް ބޯންވީންނު
މަގުހުރަސް
02 May 2025
ތިޔައީއަކީ ހައްގެއްހޯދަން، އިންސާފެއްހޯދަން ނޫނީ ކަމެއް އިސްލާހުކުރަން ނިކުމެއުޅޭ ބައެއްނޫން. ތިބައިގަނޑު ކޮންމެރެއަކު މަޖީދީމަގު ބަންދުކޮށްގެން ނާޗަރަންގީކުޅެ ކުޅިވަަރުކުޅެ ރޯހަޔާތްގޮވާ ބޯޑުތަކުގައި އަވަގުރާނަލިޔެ ހަތަރެސްފައިން ހުތުރުވައްތަރު ޖައްސަމުންދާއިރު ދިވެހި ފުލުހުންނަށް އެބައިގަނޑު ހުއްޓުވެންޖެހޭނެ.
ބިރަކާނުލާ އައިސްކިރިމް
02 May 2025
އެސަރަހައްދުގަ ހުންނަ އައިސްކިރިމް ވިއްކާ ކެފޭ މީހުން ބުނީ ޒުވާނުންގެ މުޒާހަރާގެ ސަބަބުން އެތަނަށް ވަރަށް ސޭލްސް ލިބޭކަމަށް..އެއީ މުޒާހަރާކުރާ ޒުވާނުން ބިރަކާ ނުލާ އައިސްކިރިމް ބޯން ދާތީއޯ ހެހެ
ހަމައެހެން
03 May 2025
އެދިމާލުގަ ހުންނަ ކަންމަތީ ކެފޭވެސް އޮންނަނީ އަބަދު ފުރިފަ. ވަރަށް ސޭލްސް ރަގަޅުވެފަ އޮންނާނީ
އިންސާފް
02 May 2025
އަމީނުމެންގޭގަ ޕާޓީކުރި ޒުވާނުންވެސް ހައްޔަރުކުރަންގޮވާލަން! ވަކިމީހަކަށް ވަކިގޮތެއް!
ކޮން
02 May 2025
ކީއްވެ އެގޭގައި ޕާޓީކުރި ކުދިން އެކަނި. އެހެންތަންތަނުގަ ކުރާ ޕާޓީތައް އޯކޭތަ؟؟
ކޮންކޮން
03 May 2025
އަމީނުމެންގޭގަ ބަޔަކު ޕާޓީކުރިކަން އެނގޭތީ ފުރަތަމަ އެނގޭ ދިމާލަކަށް ދުއްވައިގަންނަންޖެހޭނީ. ދެން އެހެން ދިމާލެއްގަ ކުރަންޔާ އެދިމާލަކަށްވެސް ހަމަ ފުލުހުން ދާންވީ. ކަންކަން ސިޔާސީ ނުކުރާނަމަ އެވަރު ވިސްނޭނެ
އަހުރެމެން
02 May 2025
ސިމަން ހައްޔަރު ކުރީ ގޭގަ އައްވަތޯ؟
ޢަދިކިރިޔާ
02 May 2025
އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށާއި އާންމު މަސްލަހަތަށާއި ކިޔަވާކުދިންނާއި ދެންވެސްއޮތްހައި ކަމަކަށް ދަތިވާންފެށީ ނޮވެމްބަރު 2023 ގެ ފަހުން ކުރާ މުޒާހަރާތަކުން އެކަނިތަ.
ޛެންޒީ
02 May 2025
ތިޔަ މުޒާހިރާއަކީކިންމެރެއަކުބާރަޖެހުމާއެއްކޮށްހުއްޓާލާ މަގުމަތިސާފުކޮށް އެތަނުންދާބައެއް. ބާރަޖަހަންކައިރީވީމާ އެމީހުންދާންއުޅޭ ވަގުތު ޖެހުނީމަާ ފުލުހުންނިކުމެ މުޒާހިރާރޫޅާލާނަމުގަ ޕެޕަރސްޕްރޭޖަހާމީހުންހައްޔަރު ކުރާކަށްނުޖެހޭ. ތިޔައީޒާތީވުން،އިޚްލާސްތެރިކަމެއް ހެޔޮނިޔަތެއްނެތުން. ތިޔަ މުއައްސަސާ ދުވަހަކުރަގަޅުނުވާނެ. އަބަދުވެސްތިޔައުޅޭ ފުލުހުންނަށް ތިޔައުޅެވެނީ އޯޑަރހިންގުމުގަ. އަމިއްލަވިސްނުމުން ހެޔޮނުބައިވަކިވާފުލުހަކު ތިތާކުނެތްކަންތިފެންނަނީ
ތުނޑު ހަސަނު
02 May 2025
މިހުރިހާ ދުވަހު ފުލުހުން ތިބީ ވަރަށް ބޮޑަށް ދޫދީގެން. އިނގިލި އރވ އިރު ވެސް އަޅާނުލައި ކެތްތެރިކަން އިސްކުރި. މިހާރު ރޫޅާލަން ލަސް ވެއްޖެ. މިއީ ބ ނާޗަރަންގީ ކުޅެން އޮތް މައިދާނެއްނޫން. ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ހުތުރު ވައްތަރު ޖައްސައި ހުތުރު ބަސް ބޭނުންކޮށް ޑިއުޓީ ފުލުހުންނަަށް ފުރައްސާރަކުރި މީހުުންނަށް ވަކިވަކިން ފިޔަވަޅު އަޅަން ގޮވާލަން. އެފަދަ ކަންކަން ތަކުރާރުކުރުން ހުއްޓުވަންޖެހޭ. އެއީ އިޙުތިޖާޖެއް/މުޒާހަރާއެއް ނޫން.
ކޮން
02 May 2025
އގލ ދެއްކި ހިސާބުންވެސް ޖެހޭ ރޫޅާލަން. މިއީ ޔޫރަޕެއްނޫން
ކިހިނެތް ހީވޭ
02 May 2025
ކޮމެންޓު ތަށް ކިޔާލީމަ އާންމު ރައްޔިތުންނަށް އުދަގޫވެފަ ތިބި ވަރު އެބަ އިގޭ. ހައްގު ހޯދާ ށޭކިޔައިގެން އެއްވެސްއަމާޒެއް ނެތި މަގުމައްޗައް ނުކުމެ ތެޅިބޭލީމަ ވާނެ ހައެތި ވެފަ ތިއޮތީ. މީހުން ނަފުރަތު ކޮށް ސޯޓުބޭލޭ ގޮތްވާނީ.
އަފީފު ދީދީ
02 May 2025
ފުލުހެއްގެ ކޮމެންޓަކާ ހާދަ ވައްތަރޭ...