މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު މެލޭޝިއާ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 މެއި 2025 - 08:58
މުޖުތަމައުގެ ތެރޭގައި ފެތުރޭ ސައްހަ ނޫން ދޮގު މައުލޫމާތާ ދެކޮޅަށް މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނދާންކޮށްދެއްވައިފި އެވެ.
މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ.
މިގޮތުން، ނޫސްވެރިކަމުގެ އަހުލާގު ނަގަހައްޓައި، މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. ރައީސް މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ދެފުށް ފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދެފުށް ފެންނަ ގޮތެއްގައި އޭއައި ބޭނުންކުރެވިއްޖެ ނަމަ، މި ވަސީލަތަކީ މައުލޫމާތު ތަހުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބޭނުންކުރެވިދާނެ މުހިންމު އާލާތެކެވެ.
އެ މެސެޖުގައި އެ މަނިކުފާނު ވަނީ، މީޑިއާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ މިދިޔަ އަހަރަށް ވުރެ ދެ ދަރަޖަ ކުރިއަށް ޖެހިފަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގަ އެވެ.
މިދިޔަ އަހަރު ރާއްޖެ ލައްވާލީ އެ ލިސްޓުން 106 ވަނައިގަ އެވެ. އެއީ 52.46 ޕޮއިންޓާއެކުގަ އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމެއް މި އަހަރު ލިބުނަސް ސްކޯ އަކަށް މާ ބޮޑު ފަރަގެއް ނާދެ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަވާލް
03 May 2025
މަނުދެކެން މިވަރުގެެ ރައީސެއް..ފާޅުގާއި ހިނގާކަންކަން އެނގޭކަމަށްވެސް ނުހެދި.ދެއްކި ވާހަކަވެސް އެބުނަނީ ތިކަން ޖެހޭނީ ބަލާލާށޭ..
ސެޕްޓަރ
03 May 2025
މަނިކުފާނުވެސް ދޮގު ހެދުން ހުއްޓާލަން އެދެން.
އަލްޖިބްރރާ
03 May 2025
މަނިކުފާނެވެ. ދޮގު ހަދަނީ އަދި ދޮގު ހެދެނީ ކިހިނެތްކަން މަނިކުފާނު މަށަށް ކިޔާދީބަލާށެވެ.
ހަމްދާ
03 May 2025
ކުރިން އޯކޭ. މިހާރު މަނިކުފާނާ އަރާ ހަމަކުރީމާ ސަކަރާތް ވެއްޖެ.
މަނިކުބޭބެ
03 May 2025
ޢެކަމަކުވާ ދެން މަނިކުފާނޫ! ތިވަރަށް މީހުންގެ ދުލުގަ ހުފައިގެން ތިޔަ ދަމަނީ ކޮންކަމަކުތޯ؟
ގާގާ
03 May 2025
އެކަންކުރަނީ އެމީހުންނޭ. ދެނޯ
ވެދުންމޮ
03 May 2025
އިންޑިޔާ އައުޓު ކީ އަދި މުޒާހަރާ ކުރީ ކާކުތޯ؟
ނާޑުވާ
03 May 2025
އެންމެ ބޮޑަށް ތެދު ހަދައިގެން އެންމެ ޞައްޙަ ވާހަކަ ދައްކައިގެން ވެރިކަމަށް އަރާ ހުންނެވީ މަނިކުފާނު. މިހާރު މި ފެންނަނީ މަނިކުފާނުގެ ކެބިނެޓާ ކުންފުނި ތަކުގެ ވެރިން މަނިކުފާނުގެ ފުޓްސްޓެޕް ފޮލޯކުރަމުން ދާތަން.
ބަންކަރިން
03 May 2025
ބަންކަރިންގެ ވާހަކަ، ލޮނު ފެކްތަރީ، ޕޭޕާލް ގެނައުން، ހަމަ މުލިންވެސް ތެދު ވާހަކަ
ރަގަޅު
03 May 2025
އަމިއްލަނަފްސައް ބުނެވުނު ވަރައްރަގަޅުވާހަކަފުޅެއް