03 މެއި 2025 - 10:11
ޑިމޮކްރެސީ އަށް ރާއްޖެ ކުރަމުން އަންނަ ދަތުރުގައި ފަހަތަށް ސޮއްސާލިޔަ ނުދިނުމަށްޓަކައި، ތެދު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން ކުރަމުން އަންނަ މަސަައްކަތުގައި ފަސްޖެހުމެއް ނެތި ތިބުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމުގައި ނޫސްވެރިން އަދާކޮށްފައިވާ ބުރަ ދައުރު ފާހަގަކުރައްވައިފަ އެވެ.
އިބޫ ވިދާޅުވީ، މި ދަތުރުގައި ރާއްޖެ އިން ހޯދާފައިވާ ކުރިއެރުންތަކުން ފަހަތަށް ސޮއްސާލާފާނެ ކަމުގެ ބިރު އޮތް މި ދަނޑިވަޅުގައި، ޖެހުލެއް ނެތި ކަންކަމުގެ ހަގީގަތް ހޯދަން ނޫސްވެރިން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލައިގެން ދެމިތިބުން ވަރަށް މުހިންމު ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ ތިން ވަނަ ދުވަހެވެ.
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ މިދިޔަ އަހަރަށް ވުރެ ދެ ދަރަޖަ ކުރިއަށް ޖެހިފަ އެވެ.
ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 104 ވަނައަށް ރާއްޖެ ޖެހިލިނަމަވެސް، ސްކޯ އަކަށް މާ ބޮޑު ފަރަގެއް ނާދެ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިބްބަނާ
04 May 2025
ވަކިބަޔަކަށް ހުޅުމާލެއިން ހިލޭ ބިން ދިން ގޮތް ބަލަން ނޫސްވެރިން މިބޭފުޅާއި ސުވާލު ކުރާނެ ނަމަދޯ؟
ގެދާނޯމޮސް
03 May 2025
ތެދޭ ކިޔައިގެން މާބޮޑަށް ވެގަނެގެން ވެރިކަން ލިބޭތޯ މޮޔަފުޅު ނުވެހުންނަވާށެވެ!
ބޯނުކޮއެ
03 May 2025
އެހެންވެގެންދޯ ފޯޅަވަހި ވިއްކާލާފައި އެގްރިމެންޓް ފޮރުވީ. އެންމެ ކުޑަމިނުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން މުޅިގައުމަށް އަރުވާ އެމީހުންގެ އަދަދުވެސް ބުނެލަންނުކެރި ކުރީ ސިއްރު.
ކަނބިލި
03 May 2025
މީނައަށްތަ އަނެއްކާ ވެސް ރިޔާސީ ޓިކެޓް ދެނީ؟ ރޯފިލާފައި ތިބި މޮޅެތި ގާބިލު މީހުން ތިބޭނެ އެމްޑީޕީގައި.
ކައުންސެލަރު...
03 May 2025
ކެކެކެކެ..... ނެތް. ކަމުދާ އެކަތިވެސް ނެތް!
ލޮލްއޭ
03 May 2025
މިވެރިންނާ ހުރެ ޅަފުރައިގެ ކުދިން މަޑުމަޑުން ޑިމޮކްރަސީގެ މަތިން މާޔޫސްވެ އެހެން ގޮތްތައް ހޯދަން މަސައްކަތް ކުރަން ފަށައިފި. އިބުރަތުން ފުރިގެންވާ ކަންކަން މިހުންނަނީ. ޑިމޮކްރަސީގެ ބާނީއިން ޑިމޮކްރަސީ މުގުރާލަދެނީވެސްމި. އަހުރެންވާ ޝުކުރުވެރިވަން
ކޮރަލް
03 May 2025
އަހަރެއް ވީއިރު އިބޫ ސަރުކާރުގެ ކޮރަޕްޝަން ބޮޑު މައްސަލަ އެއް މުއިއްޒު ސަރުކާރައް ނުބެލުނެވެ. ފެއިލް ވެއްޖެ އެވެ.
ތެދު ދޮގު
03 May 2025
ހަގީގަތް ހޯދުމާއި ހަގީގަތާއި ޚިލާފަށް ލިޔުމާއި އެއީ ދެކަމެއް
ފަންތޮށި
03 May 2025
އިބޫ އިޒް ބިގް,ލަޔާ
ޔުޔު
03 May 2025
މިހާތަނަށް އައި ހުރިހާވެރިންގެ ތެރެއިން އެންމެ ގިނައިން ދޮގުހެދީ އިބޫ ކަން ޔަގީން. އެންމެ ކަމެއްވެސް ނހވީ އިބޫގެ ވެރިކަމުގަ.
ނަށީދު
03 May 2025
ސަފާރީ ރޭޕް ކޭސް ގަ ތި ވާހަކަ ނުދެއްކީ ކީއްވެ ތޯ؟