ރައީސް އޮފީހުގައި މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
03 މެއި 2025 - 11:29
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދާނީ ޒުވާނުންނަށް އެލަވަންސެއް ވެސް ލިބޭނެ ގޮތަށް ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނު ވަރަށް އަވަހަށް ފާސްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެއްކި ޕްރެޒެންޓޭޝަންގައި ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އިއުލާނު ކޮށްފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވެ.
މިއީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ އޯލެވެލް ނިންމައި ވަޒީފާ ނުލިބި ތިބި ކޮންމެ ޒުވާނަކަށް ވެސް ވަރަށް މުހިންމު ފުރުސަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
"ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން މިލިޓަރީ ތަމްރީނާއި އަހުލާގާއި އެކި ކަހަލަ ކަންކަން ދަސްކޮށްދީ، މުޖުތަމައަށް ނިކުންނަށް ތައްޔާރު ކުރާނެ ކަމަށާއި ޕްރޮގްރާމް ނިންމުމަށް ފަހު، ބޭނުން ނަމަ ސިފައިންގެއަށް ވަދެ ނުވަތަ އަމިއްލަ މަސައްކަތަށް ތައްޔާރުކޮށް ދޭނެ ކަމަށެވެ.
މަސައްކަތްތެރިން އިތުރު ކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ގައުމީ ހިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފާލި
03 May 2025
ރާއްޖޭގައި ބިދޭސީން މިކުރާ މަސައްކަތްތައް ދިވެހިންގެ އަތްމައްޗަށް ގެންނަން އެބަޖެހޭ. ގެދޮރު ބިނާކުރުމާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް. ދަނޑުވެރިކަންވެސް.
ކޮވެލި
03 May 2025
ބްރޯ ތަޢޮލީމާ ބެހޭ ގާނޫނުގައި އޮތީ ކީކޭތޯ ބަލާބަލަ. ދިވެހި ކޮންމެ ދަރިއަަކު ވަކި ޢުމުރެއް ހަމަވަންދެން ނިޒާމީ ތަޢޮލީމުގައި ނުވަތަ ތަމްރީނުގައި ގެންގުޅެން ދައުލަތަށް ލާޒިމް ކުރޭ. އެއަކު ނޯވޭ މިލިޓަރީ ސަރވިސް އެކޭ. ތިކަން ކުރުމުގެ ކުރިން ރައްޔިތުން ބުނަނީ ކީކޭތޯ އެހިންތަ؟
އަބަދު
03 May 2025
އަބަދު ނެގެޓިވް ނުވެބަލަ ބޮރަދަރ
ދެވަނަ ފުރުސަތު
03 May 2025
ގައުމީ ހިދުމަތުގެ ފުރަތަމަ ބުރަށް ފޯމު ލުމުގެ މުއްްދަތު މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނުގެ ފަހުގެ ތާރީހަކަށް އިތުރުކުރަން ފެނޭ. އެހެންނޫނީ މިހާރު އިމްތިހާނު ހަދާ ބައެއް ކުދިންނަށް ދެވަނަ ބުރުން ޗާންސް ނުލިބި، ކަމެއްނެތި ދުވަސްގަނޑަކަށް ތިބެންޖެހިދާނެ.
10،000 ރުފިޔާ އިން ނޫނީ ނުޗަލާނެ އިނގޭތޯ!
03 May 2025
އެކުދިންނަށް ދިވަރަކަށް ހާސް ހަމަޖައްސަވައި ދެއްވާނެކަމަށް އުންމީދު ކުރަމެވެ.
ވަތަންގެ ދަރި
03 May 2025
ސުކުރިއްޔާ ރައީސް . މަގު ގެއްލެމުންދާ، ގެއްލުވާލައިފައިވާ ޒުވާނުން ހަމަމަގަށް އެޅުވުން މުހިއްމު. މިހާރުވެސް ދަނީ މަގުފުރައްދަން މަސައްކަތް ކުރަމުން.
ލަމީނާ
03 May 2025
ފައިސާ ފައިސާ ފައިސާ ފައިސާ.. ރައްޔިތުން ބުރަމަސައްކަތް ކޮށްގެން ދައްކާ ޓެކުސް ފައިސާ ރައީސް މުއީޒްއަކަށް އެކައްޗަކަށްވެސް ނުވޭ. ސަރުކާރު އޮފީސްތަކުގެ ހިދުމަތުގެ ފެންވަރު ދަށް، ސިއްހީ ހިދުމަތް ވަނީ ފެންވަރު ދަށް. ސްކޫލްތަށް ހުރީ ވީރާނާވެފަ. އެހެނަސް އެކްޓިވިސްޓުންނަށް ބޮޑު މުސާރަ.
މޮޔަ ލަމީނާ
03 May 2025
ކަލޭ ރަނގަޅަށް އާޓިކަލް ކިޔާފައި ހާސަރުދަމާބަލަ. މިކަހަލަ ވިސްނުމުގެ މީހުންނާހެދި ރަނގަޅަކަށްވެސް މީހަކަށް ކަމެއްނުކުރެވޭނެ. އަނެއްކާ ގުރާދޫ ސެންޓަރުގައި ވާނުވާ ހާލުގައި ތިބޭމީހުންވެސް ކޮމެންޓް ކުރަނީބާ!!
ދޮންދޫންޏާ
03 May 2025
ހުރިހައި ކަމެއް ޕްލޭންގައި، އަދި ކުރިން އެއްވެސް ކަމެއް ކޮއްފަައެއް ނެތް، މީގެ އިތުރުން ކުދިންކުދި ރަށްކުރިއަރުވާ ކޮމިޓީން ކުރާފަދަ ކަންކަން ރައީސް ކުރައްވާ ކަމަށް ދޭހަވަނީ.
ދަލޭކަ ދައިތަ
03 May 2025
އާނ!! ޒުވާން ފުރައިގެ ކުދިން މަގުގެއްލި ހަލާކުވެދާން އެދޭ ބަޔަކު އެކަން ރަނގަޅު ކުރަން ނޭދޭނެތާ. މިކުދިން ބޭނުންކޮށް ފައިދާނަގާމީހުންނަށް މިކަން ބަލައިގަންނަން ފަސޭޔައެއްނުވާނެ.