ޚަބަރު / ސިޔާސީ މަގާމުތައް

ސިޔާސީ މަގާމުތަކުގެ އަދަދާއި ހޭދަކުރެވޭނެ ބަޖެޓު ވެސް ގާނޫނަކުން ކަނޑައަޅަނީ

ޮީޕީއެންސީން ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒާއި ބައެއް ވަޒީރުން ބައިވެރިވެވަަޑައިގަންނަވަނީ.

03 މެއި 2025 - 14:56

43 comments

ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައަޅައި އަދި އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތަށް ގާނޫނެއް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދު ރައްުޔިތުންގެ މަޖިލިހާ ވެސް ހިއްސާ ކުރާ ގޮތަށް ގާނޫނުގައި ހިމަނުއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އޭގެ ބޭނުމަކީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުން ގެނައުމެވެ.

ސިޔާސީ މަގާމުތައް ގިނަވުމަކީ މިހާރު ވެސް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމެކެވެ. މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ކަން ތަފާސްހިސާބުތަކުން ދައްކާއިރު އެއީ މިހާތަނަށް އެންމެ ގިނަ މީހުން ފާޑުކިޔާ އެއް ކަންތައް ވެސް މެ އެވެ.

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިތުރު އިސްލާހުތައް ވެސް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން.

2- ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން.

3- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުން.

4- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުން. ނުވަދިހަ ތިނެއް އެއީ މިހާރު ވެސް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަަދަދު. ރައީސްގެ ބޭނުމަކީ އެ އަދަދު "ފްރީޒްކޮށް" އިތުރު ނުވާނެ ގޮތެއް ހެދުން ކަަމަށް ވިދާޅުވި.

5- އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން. ރައީސް މުއިއްޒު ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމަށް.

6- އަތޮޅު ކައުންސިލްތައް އުވައިލުން. ރައީސް މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއް އޮތުމުން އަތޮޅު ކައުންސިލްގެ މަސައްކަތްތައް ނުހިނގާ ކަމަށް. އަދި ބޭކާރު ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށް ވިދާޅުވި.

ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ރަށު ކައުންސިލެއް އެކަނި އޮތުމުން މާ ރަނގަޅަށް ރަށްރަށުގެ ކަންކަން ހިންގޭނެ އެވެ.

ގާނޫނުއަސާސީ އަށް ގެންނަން ނިންމާފައިވާ އެ މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ އިރެއް ރައީސް މިއަދު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ، މި އަހަރު 30 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށެވެ.

43 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 68%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

04 May 2025

މަޤާމުގެ އަދަދު ހާމަ ނުކުރަންޖހާ މަޅިއެއް، ތިޔަ ބިލެއް ފާސްވިއްޔާވާނީ މި ސަރުކާރުގެ ފަހު 3 މަހުގެ ތެރޭގައި،

The name is already taken The name is available. Register?

ނިއުމަތުﷲ.

04 May 2025

ކުރަން ނިންމާފައި ތިއޮތް 5 ކަންތައްވެސް ހަމަ ސަތޭޭކަ. ކައުންސިލްތަކުގެ އަދަދު މަދުކުރަން ލަސްވެސްވެއްޖެ.

The name is already taken The name is available. Register?

ލިހާޒް މުހުސިން

04 May 2025

ޗެކް އެންޑް ބެލެންސް ބަލަހައްޓަން މީ ހަމަ އެއްމެ ރަނގަޅު ގޮތް. ފައިސާ އިސްރާފް ވިޔެ މީގެން ނުދޭނެ.

The name is already taken The name is available. Register?

މުހައްމަދު މަފާޒް

04 May 2025

ބަރާބަރު. މިހެންވެ މީގެ ސަބަބުން ހަރަދުތައް އިންތިހާއަށް އަރައިގެން ނުދާނެ. ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނާނެ.

The name is already taken The name is available. Register?

އަމީން ފައިސަލް.

04 May 2025

ރަނގަޅު ހެޔޮ ބަދަލެއް މިއީ.

The name is already taken The name is available. Register?

ދެރަވަރު

04 May 2025

މިހާރު ތިކަން ނުކުރާވަރެއް ނޫން، އަދިވެސްލަނީ އަދިވެސް ލަނީ، ބޮލަށް ލޮލަށް އުދަގޫ، އިށީންނާނެ ގޮޑިގަޑެއްނެތްތާ ކުރާނެކަމެއްވެސް ނެތް އިރު މިކިހާ ބޭކާރު ބައެއް. ޢަމުދުން ރާއްޖެއަށް މިހާރުުވެސް މީހުން އެންމެ ބޭނުންވާ ދާއިރާ، ޓީޗަރުން ގިނައިން އެތަންތަނަށް މި ލަނީވެސް، ޕޮލިޓިކަލް މަޤާމުތަކުގަ ކަމެއް ނުކޮށް އެތިބަ ތީޗަރުން ސްކޫލްތަކަށް ބަހާލިޔަސް ކިހާ ޚަރަދެއް ސަލާމަތްވާނެ، އޭރުން ގޭދޮށު ޕްރިންޓް ޝޮޕުން ވަރކްޝީޓް ޕްރިންޓްނުކޮށް، ސްކޫލުން ވާވަރުވިޔަސް

The name is already taken The name is available. Register?

ކޮރަޕްސަން

03 May 2025

. މިހާރުވެސް ޓޫވަރިޒަމް މިނިސްޓުރީ ތަންތާ ތިބި ބައެއް ޑެޕިއުޓީ މިނިސްޓަރުންނާ ޕޮލިޓިކަލް އެންމެންގެ ނަންތައް ރައީސް އޮފީސް ވެބުސައިޓަކުވެސް ޓުވަރިޒަމް ވެބްސައިޓުގައި ވެސް ނެތް. ރައްޔިތުންގެ ޓެކުސުން މުސާރަ ދޭ ސިޔާސީ މީހުންގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރޭ!!!!

The name is already taken The name is available. Register?

ގާނޫނުލް މާލްދީފްްް

03 May 2025

ރާއްޖޭގެ ގާނޫނުތަކަކީ އެވަގުތަކު ވެރިކަމުގަ ތިބިބަޔަކު ބޭނުން ގޮތަކަށް ބަދަލުމޮށްލާ އެއްޗެއް. ސިޔާސީ މަގާމުތަކުގެ އެންމެ ގިނައިން ތިބެވޭނެ އަދަދު ކަޑައަޅަން ޖެހެނީ ގާނޫނު އަސާސީގަ

The name is already taken The name is available. Register?

އަފްރާސިޔާބު

04 May 2025

ގާނޫނު އަސީސީވެސް ބަދަލުކޮށްލާ ވެރިކަމެއްމީ. ރާއްޖޭގެ ގާނޫނު އަސާސީ ބަދަލުކުރާނެ ވެރިކަމަށް އަރާކޮންމެ މީހަކު އެމީހަކަށް ހެޔޮވަރުކޮށް.

The name is already taken The name is available. Register?

ވަޔފގްދ

03 May 2025

15 މިނިސްޓްރީ، ކޮންމެ މިނިސްޓްރީ އަކަށް މިނިސްޓަރެއް ދެން ނާއިބެއް ދެން އާދައިގެ ސިޔާސީ މީހެއް. ސަރުކާރުގެ ކުންފުނިތަކަށް ވެސް ހަމަ އެވަރަށް ލީމަ ރަނގަޅުވާނެ. އެއިރުން ސިޔާސީ ޕާޓީތައް ވެސް ވަރަށް ގިނަވާނެ. މިހާރު އުމްރާ ގުރޫޕު ހެންވާނެ އެއިރުން

The name is already taken The name is available. Register?

ަސދފ

03 May 2025

ގާނޫނުން ކަނޑައެޅި ކިތައް ކަންތައް ކުރޭތަ މީނަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454