ޓޫ އޮފް އަސް.
04 މެއި 2025 - 21:47
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އަށް މުބާރާތުން ތިން ވަނަ ލިބިއްޖެ އެވެ.
ސެމީގައި "ޓޫ އޮފް އަސް"ގެ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީ ކިޔާފައި ވަނީ "އެހެރީ ދިވެހި ނިޝާން" ލަވަ އެވެ. ދިވެހި ކަޑިތަކުން ލަވަ ފެށުމަށް ފަހު، އެ މީހުން ނިންމާލީ އޭގެ ހިންދީ ލަވައިންނެވެ.
އެ ލަވައިގެ އިތުރުން ދެން ހުށަހަޅައިދިނީ 1970 ގެ ފިލްމެއް ކަމަށްވާ "މޭރާ ނާމް ޖޯކަރު" ގެ "ޖީނާ ޔަހާ، މަރްނާ ޔަހާ" އެވެ.
ޝޯގެ ޖަޖެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ސަލީމް މާޗެންޓު ބައިވެރިވިއިރު އޭނާ ބުނީ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. އެ ހުށަހެޅުމަށް ފަހު ވަގުތުކޮޅަކަށް އެއްވެސް އިތުރު އެއްޗެއް އަޑު އަހަން ބޭނުން ނުވާހާ ރީއްޗަށް އެ ބޭންޑުން ހުށަހެޅުން ގެނެސްދިން ކަމަށް ސަލީމް ބުންޏެެވެ.
ސަލީމްގެ އިތުރުން ދެން ތިބި ޖަޖުން ވެސް ދިވެހި ބޭންޑުގެ ހުށަހެޅުމަށް ވަރަށް ބޮޑަށް ތައުރީފު އޮއްސާލި އެވެ.
އެ ޝޯގެ ތިން ވަނަ ދިވެހި ބޭންޑަށް ލިބުނުއިރު މުބާރާތުން ދެވަނަ ލިބުނީ ސްރީ ލަންކާގެ ބޭންޑަކަށެވެ. އަދި އެއް ވަނައަށް ހޮވުނީ މޮރިޝަސްގެ ބޭންޑެކެވެ.
ސެމީ އަށް ދަތުރުކުރުމުގެ ކުރިން މިދިޔަ ހުރިހާ ޝޯއެއްގައި ވެސް ދިވެހި ބޭންޑަށް ވަނީ ޖަޖުންނާއި ބެލުންތެރިންގެ ތައުރީފާއި ލޯބި ލިބިފަ އެވެ.
އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ މި ލަވަ މުބާރާތް، މިދިޔަ ތިން އަހަރު ބާއްވާފައި ވަނީ ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެންނެވެ. އެކަމަކު މި އަހަރު ބޭރުގެ ބޭންޑްތަކަށް ވެސް ފުރުސަތު ދީގެން ކުރިއަށް ގެންދާތީ އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ޒުވާން ބޭންޑް "ޓޫ އޮފް އަސް" ވާދަކުރީ އެވެ.
އަދުހަމް އާއި ނަސޫހުގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
ރާއްޖޭގެ އިތުރުން މި ޝޯގައި މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުން ވާދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭސުރީ
05 May 2025
ޥޭކަމް ލެޔާ އެކަނި ރީތި ކޮށް ކިޔުނީ! ސުރު އާ އެއް ހަމަ،އެއްގަ،އަސަރުގަދަ ކޮށް ކިޔުނީ އެ ލަވަ އެކަނި،، ދެން އަސްލު 3ވަނަ ވެސް ނުލިބޭ!! ޙޫ ވޯން ތާރޑް ޕުލާސް ޖެހީމަ 2 އޮފް އަސް އެއް ނުން އަރަނީ ގޫގްލް އިން...
ޢިބްރާހީމް 12
05 May 2025
ޥަރަށްވެސް ފުރިހަމަ ތިބޭންޑްގެ ހުރިހާ ހުށައެޅުމެއްވެސް. ޢަހަރުމެނަށް ތީ ހަމަ އެއްވަނަ
ސަލީމު އިދުރީސް
05 May 2025
ދުނިއޭގެ އެންމެބޮޑު މިއުޒިކު އިންޑަސްޓުރީގަ ތިންވަނައަކީވެސް ފަހުރުވެރި ކާމިއާބެއް ކަމުގަ ދެކެން!
ފޮނޭ
05 May 2025
ފޮނު އެރުވި ވަރުން މަހީކުރީ 1 ވަނައިގަ ކަމަށް އަބަދު އޮންނަނީ
އަހުމަދު މުހައްމަދު އަލީ
05 May 2025
ވަރަށް ހޫނު މަރުހަބާ އެއް ކިޔަން . އަދި ބޭންޑް ގެ ހުރިހާ ހުށަ އެޅުމެއް ވަރަސް ފުރިހަމަ.
މެސްޑްއަޕް
05 May 2025
ފައިނަލްގައި ފޯރިނަގަންވީ ވަގުތު، މެސްއަޕް ކޮށްލައިފި، ސޯ އިޓް ގެރަންޓީޑް ލޫޒިން ދަފައިނަލް.. ދަ ވޯސްޓް ޕާފޯމަންސް. ހޫސަޖެސްޓެޑް ޔޫ ޓް ޗޫޒު ދޯޒް ސޯންގްސް އެޓް ދިސް ފައިނަލް ޕާފޯމަންސް!؟ އޯ ޑިޑް ޔޫ އޯލްރެޑީ ޑެޓް ޔޫ ހޭވް ލްސް ދަ ފައިނަލް..!؟
2025
05 May 2025
ކަލޯ ހައުދަ ދެރައޭދޯ 3 ވަނަ ވިއްޔަ....... ބޮއިހަލަކި
ޖަނީބެ.ގ
05 May 2025
ފިނާލޭ ގެ ލަވަތައް އެހާ ރަނގަޅެއް ނޫން މިފަހަރު. ތަންކޮޅެއް ވަނދުކޮށް ތި ދިޔައީ. ފޯރިގަދަ ލަވައެއް ކިޔާލިނަަމަ ރަނގަޅުވީސް ކަންނޭނގެ. އެކަމަކު ހަމަ ކުރި ހިއްވަރަށް ހަމަ އައްސަރިބަހާއި ސާބަސް. ކުރިއަށް އޮތްތަނުގައި ކާމީޔާބީއަށް އެދެން.
ހަކަމް ހައިކް
05 May 2025
މި ބުރާތުން 3 ވަނަ ލިބުނަސް ޔަޤީނުން ވެސް ދިވެހިންގެ ލޯބި ހޯދާ ދިވެހިންގެ ނަޒަރުގަ 2 ޢޮފް އަސް އަކީ މުޅި މުބާރާތުގެ އެއްވަނަ. މަރުހަބާ 2 ޢޮފް އަސް ވީ އާރ ވެރީ ޕްރައުޑް އޮފް ޔޫ ގައިސް.