ޚަބަރު / ވިޔަފާރި

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު 8.8 ބިލިއަން ޑޮލަރުގެ މާލީ ޒޯނެއް ރާއްޖޭގައި ގާއިމުކުރަނީ

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

04 މެއި 2025 - 22:25

53 comments

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްބީއެސްގެ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ ހާޒިރުގައި މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސެންޓަރު ގާއިމުކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމަށްފަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަޝްރޫއުއަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމުގެ ފެށުން ކަމަށާއި މި ސެންޓަރު މެދުވެރިކޮށް ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރިތަކުގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށެވެ.

މި އެއްބަސްވުމުގައި އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ މަރުވާން އަލްހާޖެރީ އެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގެ ތެރެއިން، ޝެއިހް ނާއިފް ބިން އީދު އަލް ތާނީގެ އިތުރުން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އިންޑިއާގެ ބައެއް ބޮޑެތި ވިޔަފާރިތައް ވަނީ މި މަޝްރޫއުގައި ބައިވެރިވާނެކަމުގެ ރަސްމީ ލިޔުން ރައީސް މުއިއްޒާ ހަވާލުކުރައްވައިފަ އެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި ގާއިމުކުރާ މި ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތްކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން، މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން އެމްއައިއެފްސީ އަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށް ވެގެންދާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނިގޮތުގައި، މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ އެވެ. މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވަން ވަނީ ރާވައިފަ އެވެ.

މީގެއިތުރުން، މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.

މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓާ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

53 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 5%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭބަލިވާ

05 May 2025

މިހާރު ތި ވިއްކާލީ ހުޅުމާލެ ފޭސް 3 ގެ ގޯތި ދީފަ އޮތް ތަން (އިބޫ ސަރުކާރު) ދެން އެތަނުން ގޯތި ރަޖިސްޓްރީ އޮތް މީހުންނަށް ދޭނީ ކޮން ތަނެއްބާ؟ މި ކަން ދަންނަ މީހަކު އެބަހުރިބާ؟

The name is already taken The name is available. Register?

ސޭޓަން

05 May 2025

އެމް،އެމް.އޭ މެދުވެރިކޮށް ބިމެއް ގަންނަން ފައިސާ ޗާޕުކުރާ ވާހަކަ ރަށުތެރޭ ދެއްކީމަ، އަރަބި ޖުއްބާލާފަ ފަގުޑި އަޅާފަތިބި ބަޔަކު ގެނެސް މި ދައްކަނީ މިއީ ހަލާލު ކަމެއް ކަމަށް ދައްކަންތަ؟ ކުރަން އުޅެނީ ހަމަ އެކަންތައް. އެމް.އެމް.އޭ އިން އެބުނާ ބިމެއްވެސް ގަންނާނެ، ފައިސާ ވެސް ޗާޕު ކުރާނެ. ތިޔަ އެމް.ބީ.އެސް އަކުން ރާޢްޖެއަށް ލިބޭނެ އެންމެ ފައިސާ ފޮއްޗެއްވެސް ނޯންނާނެ. އެމްބީއެސް އަކީ އެހެން މީހުންގެ ފައިސާ މެނޭޖްކުރާ ބައެއް. އިންވެސްޓްކުރާ ބައެއް ނޫން

The name is already taken The name is available. Register?

ޙހހހހ

05 May 2025

ގަތަރުގެ ވެރިޔާގެ އާއިލީ ނަންވެސް ނޭނގޭ ދެންވަރުގެ މީހުން ކޮމެންޓުކުރީމަ ދެން ކަޑަ ދޯ!

The name is already taken The name is available. Register?

ކޮރޮމްބޯ

05 May 2025

އިބުރޭ ޒަމާނުގަ ޑުބާއި ކުންފުޏެއް ލައްވައި ގެނައި ވެންޓީލޭޓަރުހެން މިކަންވެސް ދާނީ. އާޙިރުގަ ދިވެހި ހަޒާނާއިން ލާރިގަނޑެއް ގެެއްލިގެން ދާނީ.

The name is already taken The name is available. Register?

ޖުލައި2021

05 May 2025

ތިކަހަލަ 3ޑީ އެނިމޭޝަންތަށް ދައްކައިގެން މިހާރު މީހުން ނުހެއްލޭނެ. އަމލީ މަސއްކަތެއްކޮށްގެން ހަމަލޮލަށް އެއްޗރން ނުފެންނި އެކަކުވެސް ގަބޫލެއްނުކުރާނެ. މިއުޅެނީ ބިމެއހިއްކާ އެތާގެ ނަގުތަށްވެސް ހަދާނުނިމިގެން 5 އަހަރު ވާއިރު، ކިހިނެތް އަދި ތިބުނާ ފެންވަރުގެ ސިޓީއެއް އަޅާނީ 3 އަހަރުން،

The name is already taken The name is available. Register?

ލޯކަލް ކޮންސަމްޕްޝަން

05 May 2025

މާލީ ފްރީޒޯންގެ ނަމުގައި ޓޫރިޒަމާއި ރާއްޖޭގެ އެތެރޭގައި މިހާރު ހިންގާ އެކިޒާތުގެ ވިޔަފާރިތަކުން އެއްކޮށް ޓެކްސް ފްރީކުރުމަކީ ދުނިޔޭގެ ގައުމުތަކުން ފްރީޒޯން ތަކުން ހޯދާ މަންފާ ދިވެހި ދައުލަތަށް ނުލިބި ބަޔަކަށް ޓެކްސް ފްރީ ޓުއަރިޒަމް ޒޯނެއް ދިނުންކަމަށް ވެގެން ހިގައްޖެނަމަ އެއީ ރާއްޖެއަށް ފައިދާކުރަނިވި ކަމަކަށްނުވެ އެކަން ވެގެންދާނީ ބަޔަކަށް ނާޖާއިޒް މަންފާ ހޯދައިދިނުމުގެ އަމަލަކަށް.

The name is already taken The name is available. Register?

މރހބ

05 May 2025

ސާބަހޭ ރައީސް މުއިއްޒޫ. މިފަހަރު ދިވެހިން ދެމިގަންނާނެ. މިއަދު މަ އޭއައި ގާތު އަހާލިން މިޒާތު ކަމެއް މި ސަރަހައްދުގަ ކުރިން ހިންގާފަ އޮތްތޯ ބަލާލަން. އެކަމު މި ފެންވަރުގެ، މިހާ ބިޔަ މަޝްރޫއެއް ފެންނާކަށް ނެތް. ސަހާދެއް މިބުނީ މުއިއްޒު ވަރުގެ ވެރިއެއް ދިވެހިންނަކަށް ދެން ނުލިބޭނެ.

The name is already taken The name is available. Register?

ބުރާންތިން

05 May 2025

ބަންކަރިންވެސް ޖެއްސީ ސައީދު، ކަލޭ ގޮތަށް އޭއައި އާ މަޝްވަރާކޮށްފަ ދެއްތޮ؟

The name is already taken The name is available. Register?

ފޭކުސްތާނުގެ ތަރައްގީ

05 May 2025

ދިވެހިރާއްޖޭގައި މާސިންގާ ޓޫރިޒަމެއް ވެސް ކޮޅަށްޖެހިއްޖެ. ދަމާކަނޑާ ހައެއްކަ މަހުޖަނުން މޫނުމައްޗަށް ލައިގެން ތިބި ބޭރުގެ ފުރޭތަ ކުންފުނިތަނެއް! ދިވެހިންގެ އަތުން ރަށްތަކާ ފަޅުތައް ހިލޭ ބީވެއްޖެ! މިހާރު އެއީ އެހެންބައެއްގެ ސަރަހައްދު! އާމްދަނީއަކަށް އަދި ހިތްއުފާކޮށްލަންވެސް ދިވެހިންނަކަށް ކުޑަމިންވަރެއް ނޫނީ ބާކީ ނެތް. އިސްތިއުމާރީންގެ ތަރައްގީ. ދިވެހިން އަޅުވެތިވެ އިދަޖެހިއްޖެ.

The name is already taken The name is available. Register?

ރާވެރިބެ

05 May 2025

މިކަހަލަ ހުވަފެން އަބަދު އަހަރުމެންނަށް މިދައްކަނީ. ވަރަށް ރީތި ކުލަކުލައިގެ ހުވަފެން. އެކަމަކު ރަށްރަށުގެ ރައްޔިތުންގެ ހާލަކަށް ކުޑަވެސް ބަދަލެއް ނާދޭ. ގައުމު އޮތީ 2 ބިލިއަން ޑޮލަރު ދަރާފަ. ގައުމުގެ އަހަރެއްގެ ޖީޑީޕީ އަށް ވުރެވެސް މާ ބޮޑު އަދަދެއްގެ ޕްރޮޖެކްޓެކޯ. ރަސްމާލޭގަ އުޅެމުން ތިޔަ ސެންޓަރުން ދިވެއްސަކަށް ފައިދާއެއްވާނެ ދުވަހެއްޙިޔާލަށް ގެންނަން ވެސް އުދަގޫ. ޙިޔާލީ ފޮލާ ކައްކަން ވެސް ހައްދެއް އޮންނަން ވާނެ.

The name is already taken The name is available. Register?

ޕްލޭން

05 May 2025

ތިޔަބުނީ ޕްލޭން ކުރެވި ޑިޒައިން ކުރެވިފައިވާ ވާހަކަ. ދެން އަޅެ ތިއިން ޑިޒައިންއެއް ދައްކާލަބަލަ. މިހާރު ތިކަހަލަފޮނި ދިވެހިން ގަބޫލު ނުކުރާނެ.

The name is already taken The name is available. Register?

ސެލްއައުޓްސް

05 May 2025

ތިޔަ މާލީ ފްރީ ޒޯނުން ޓެކްސް ނުނަގަންޏާ ތީގެން ދިވެހި ރާއްޖެއަށް ޑޮލަރުވަންނާނީ ކިހިނެއް!؟ ތިޔަ ކަމުން ފައިދާ ލިބޭނީ ތިޔަ ގަތަރުގެ ޝާހީންނަށާ ތިޔަ ތަނުގަ ވިޔަފާރި ހިންގާ ބޭރު ކުންފުނިތަކަށް އެކަނި! ދިވެހިންނަށް އެންމެ ކުޑަމިނުން ވަޒީފާއެއްވެސް ނުލިބޭނެ ތިތަނަކުން! ދެން ސަރުކާރު އިސް ފަރާތްތަކަށް ހަދިޔާ ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454