އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
05 މެއި 2025 - 15:11
ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އިސްލާމީ ތާރީހާއި ދީނީ އަދި އިޖުތިމާއީ ގޮތުން އާއްމުން ހޭލުންތެރިކުރުމުގައި މުޖުތަމައުގެ އެންމެ އިސް ދައުރެއް އަދާ ކުރަނީ އިލްމުވެރިންނާއި އިމާމުން ކަމަށެވެ.
އެހެންވެ، މިއީ ވަރަށް މުހިއްމު ފޯރަމެއް ކަމަށާއި އިސްލާމްދީނުގައި އަންގަވަނީ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން ވެސް ހެޔޮކޮށް، ރަހުމަތްތެރިކަމާއި އިންސާފުވެރިކަމާ އެކު މުއާމަލާތް ކުރުމަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުން ހުރި ކަމެއް ނޫނެވެ. އެ ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވޭ. އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވޭ އެއީ ދައުލަތާއި ވެރިއާގެ ޒިންމާއެއް. ޖިހާދުގެ ހިކުމަތަކީ ގައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވޭ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ގުޅިގެން ކުރާ މަސައްކަތުން ބޮޑެތި ކާމިޔާބީތަކާ ހަމައަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހު ޒަމާން
06 May 2025
ތި އޮތީ، ހުސް މިހާރު، ނެތް ސަނަދެއް ނެތް ތައުލީމެއް ނެތް، މުސްލިމު އުންމަތް ރޯމަހެއްމަރަށް ތެޅޭހެން ތެޅެނީ، މިމީސްމީހުން ހުޅަނގު ފިކުރުތަށް އިސްލާމީ ފިކުރުތަކާ މަސްހުނިކޮށް ހުއްދަކުރުމުގަ.
ޗޫޤީ
06 May 2025
އެދުވަހު އަހަރެމެންނަށް ވައުޒުދެއްވި އިލްމުވެރިންނަށް ސިޔާސީ މަގާމުތައް ލިބުމަށްފަހު ދެން އެބޭފުޅުންގެ ތުނބުޅިތަކަށް އެއައި ބަދަލުންވެސް އެބަ އެނގޭ މީގައި ކޮންމެވެސް ގޯހެއް އެބައުޅޭކަން.
ވ.ވެދުމާސަލާމޭ
06 May 2025
ހެޔޮ ވާހަކައެއް ބުނެލީމަވެސް މި ކުދިވެރިންނަށް ހަޖަމު ނުވީމަ ނިކަން ކަން ބޮޑަ ވޭ.
ތިޔައީ އަސްލު ޒަޢީމް
05 May 2025
މިއަންނަ ރިޔާސީ އިންތިޚާބުގަ ޑރ ޝަޙީމު ރައީސްކަމަށް އަދި ނައިބަކަށް މިހާރުގެ ރައީސް ޑރ މުއިއްޒު. ވ. ގުޅޭ އަދި ކާމިޔާބު ޖޯޑަކަށްވާނެ!
ޗޫޤީ
06 May 2025
ޝަހީމުމެންނަކީ ބަހާއިއަމަލު ދިމާނުވާމީހުން. މިބުނީ ދޮގެއްތޯ ބަލާލަން 2005ކުން ފެށިގެން 2012އާ ދެމެދު ޝަހީމުމެން ދެއްކި ވާހަކަތަކާއި މިހާރު ޝަހީމުމެންގެ އަމަލުތައް އަޅާ ކިޔާލަބަލަ. އެފަދަމީހުންނަށް ވެރިކަން ހަވާލުކޮށްގެން ގައުމު އިނދަޖެހިގެން މިދަނީ. ވެރިކަން ލިބޭއިރަށް ކޮމްޕްރޮމައިޒްވެފައި ތިބޭބަޔަކަށް ހެޔޮވެރިކަމެއް ކޮށްދޭކަށް ނޭނގޭނެ. އެފަދަ މީހުންނަށް އެނގޭނީ ދައުލަތުގެ ފައިސާ އިސްރާފުކުރަން.
އިބުނިބަތޫތާ
05 May 2025
ވަރަށް ރަގަޅުކަމެއް.. ކިޔަވަނީ އެއްތާކުން އެކަމް ދެމީހަކު އެކަށްޗެއް ނުކިޔާ..
އެމްސް
05 May 2025
ފުދުންތެރި މުޖުތަމަޢެއްގަ ފިކުރީ ބަލިމަޑުކަންވެސް ކުޑަވާނެއެވެ!
ނޫން
05 May 2025
މިހާރު ދުނިޔޭގަތިބި އެންމެ ފުދުންތެރި ގައުމުތަކުގެ އިޖުތިމާއީ ހާލަތާއި އަދި ޙާއްސަކޮށް ޔުނިވަރސިޓީ ތަކަށް ބެލީމަ ތިބުނި ބަހުގެ ހަގީގަތެއް ނެތް މިންވަރު އިންތިހާ ދަރަޖައަށް ފާޅުވެގެންދޭ. އެބައި މީހުންގެ ހާލަތު ރަމްޒުކޮށްދޭން “ފިކުރީ ބަލިމަޑުކަން”އަށްވުރެ ވަކި ރަނގަޅު ޑިސްކްރިޕްޝަނެއް އޮތްހެނެއް ހިޔެއްނުވޭ
ށަމްބޭ
05 May 2025
ޙާދަ ވަރަކަށޭ ސަހީމު ތިތަ މަތިހަށި ނަގަނީ އިނގޭ
ޙުސްނީ
05 May 2025
މިތިބީ ރަގަޅު މަސްދަރުން މައުލޫމާތު ލިބިގެން ދަރިފުޅު ވަޒީފާގައި ބެހެއްޓޭތީވެ އަދާލަތު ޕާޓީ އަށް މަރުހަބާ .. އަމަލު މިކުރީ މަސްދަރުގައި ބުނާގޮތަށް.
ޚެކސިޮސ
05 May 2025
ސޯޝަލް މީޑިޔާގަ ލައިކު ހޯދަން އުޅޭ އެދުރުންނާ ހެދީ ވަރަށް ގެއްލުން ލިބޭ
ކެޕޭސިޓަރ
05 May 2025
އިސްލާމިކް މިނިސްޓަރ ޝަހީމުއަށް. މަނިކުފާނުގެ ތައުލީމުގައި ކުޑަކޮށް އިތުބާރު ނުހިފޭ ކަހަލަ ކަންކަން އެބަ ފެނޭ. ތަންމިނަށް ދޮގު ހަދާ މީހަކަށް ބައިއަތު ހިފައިގެން ހުރުމާ، މީސްމީހުންނަށް ގޮންޖަހާފަ ލިބިފައޮތް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކަންކުރުމާއި ބައެއް ފަހަރު ހުލްގާ ނުބައްދަލު އަމަލުތައް މަނިކުފާނުގެ ކިބައިން ފެނޭ. މިއީ އިސްލާމީ ތައުލީމު ނޫނީ ތަރުބިއްޔަތާ ހިލާފު ކަންކަން.