ރައީސް ޑރ. މުއިއްޒު، ތެލެސީމިއާ ކޮމިއުނިޓީއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
05 މެއި 2025 - 16:31
ތެލެސީމިއާ ކޮމިއުނިޓީން ހުށަހެޅި ކަންބޮޑުވުންތައް ގަބޫލުފުޅު ކުރައްވާ ކަމަށާއި ހައްލުތައް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތެލަސީމިއާ މީހުންގެ ފަރުވާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާ އެކު، ތެލެސީމިއާ ކޮމިއުނިޓީން ވަނީ ރައީސާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުން ބުނީ، ސަރުކާރުން އިމާރާތް ކުރާ ތެލެސީމިއާ ހޮސްޕިޓަލްގެ ކަންކަން ތެލެސީމިއާ ކޮމިއުނިޓީގެ މަޝްވަރާ އާއި ހިޔާލު އަދި ވިޝަންއާ އެކު ކުރިއަށް ގެންދަން ތެލެސީމިއާ ކޮމިއުނިޓީން ރައީސްގެ އަރިހުގައި އެދުނު ކަމަށެވެ.
ތެލަސީމިއާއާ ގުޅޭ ނިންމުމެއް ނިންމާ ނަމަ އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްދެއްވުމަށް ވެސް އެ ފަރާތުން ވަނީ އެދިފަ އެވެ. އޭގެ އިތުރުން ބްލަޑް ސާވިސް އިން ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދީ، އެ ސެންޓަރު ވިލަރެސްކޮށް މުޅި ރާއްޖެ އަށް ދެވޭނެ ގޮތަށް ފަހިކޮށް، ވީހާ ވެސް ގާތުން މަސައްކަތް ކޮށްދިނުމަށް ތެލެސީމިއާ ކޮމިއުނިޓީން އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށް ގެންދަނީ މި ސަރުކާރުން ކަމަށް ފާހަގަކޮށް، އެ ކޮމިއުނިޓީން ވަނީ ތެލެސީމިއާ ކުދިންނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާއިރު ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތެލެސީމިއާ ކޮމިއުނިޓީން ފާހަގަކުރި ކަންކަމަށް ވަރަށް ރަނގަޅަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. އަދި ތެލަސީމިއާ ކުދިން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތެލެސީމިއާ ކުދިންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮބާހް އަހްމަދު
06 May 2025
މިފަހުން ދިމާވި މައްސަލަ، އެއްވެސް ސަރުކާރަކުން ހައްލު ނުކުރަނީސް ހައްލުކޮށްދެއްވީ އެތަނަަށް ގޮސް ކަންކަން ބަލާ ހެދީ މުއިއްޒް. މިހާރު އޮރެންޖް ހިޔާ ޔަގީން ކޮށްދީފި. ޑޮކްޓަރުން ގިނަކޮށްދީފި.
މަފާޒް ސަލީމް
06 May 2025
ރައީސް މުއިއްޒް ނޫނީ ނުދެކެން ތެލެސީމިއާ ކުދިންގެ އަޑު އެހި މީހެއް. ހަގީގަތަކީ މިއީ.
އެމްސް
05 May 2025
ކަރަންޓް/ފެން/ފޯނު/ކުލި ބޮޑުކަމަށް ޤަބޫލު ނުކުރެއްވެނީތާއެވެ! ޑޮޮލަރު ރޭޓެއްވެސް ތިރިއެއް ނުވިއެވެ!