ތެލެސީމިއާގެ ސެންޓަރުގެ އާ އިމާރާތުގައި މީހަކު ލޭ އަޅަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 މެއި 2025 - 15:23
ތެލެސީމިއާ ސެންޓަރުގެ ހިންގުން މާލެ ހޮސްޕިޓަލް ގްރޫޕަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެންދާ ޕޮޑްކާސްޓުގައި އެ މަނިކުފާނު މިއަދު ފާހަގަކުރެއްވި ގޮތުގައި، ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ޖާގަ ތަނަވަސް އާ އިމާރާތަކަށް ބަދަލުކޮށް މިއަދު ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހޯދަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހުޅުމާލެ 1 ގެ "އޮރެންޖު ހިޔާ" އަށް ބަދަލުކުރި ތެލެސީމިއާ ސެންޓަރަށް އިތުރު 12 މުވައްޒަފުން ނަގައި، ތަން ހިންގާ ގޮތް ރަނގަޅު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ތެލެސީމިއާ ސެންޓަރު މިހާތަނަށް ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. އެކަމަކު، ހޮސްޕިޓަލެއް ގޮތަށް އެ ތަން ހިންގަން މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ އެ މަނިކުފާނު ވިދާޅުވި އެވެ.
ޕޮޑްކާސްޓުގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ: ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން މޮނީޓާ ކުރެވޭ ގޮތަށް ދޫކުރެވޭތޯ ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
"މިއީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާ ކަމެއް. ތަނުގެ ފަރާތުން ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެ ކުދިންގެ ފަރާތުން ވެސް އަޅުގަނޑަށް ލިބުނު ހިޔާލެއް މިއީ. އަޅުގަނޑު ވިސްނާލާއިރު ވެސް ރަނގަޅު ކަމެއް މިއީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވަކި ބޯޑެއްގެ ދަށުން ރައީސް އުފައްދަވާފައިވާ މާލެ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ދަށުން މި ވަގުތު ހިންގަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލެވެ.
ރައީސް ވިދާޅުވީ އެ ގްރޫޕުގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުން އެ ކުދިންނަށް ވަރަށް ރަނގަޅު ފައިދާތަކެއް ވާ ކަމަށެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގައި ފަސޭހަތަކެއް ވާނެ ކަން ފާހަގަކުރެއްވި އެވެ.
އިދާރީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި، ބްލަޑް ސާވިސްގެ ކަންކަމާ މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލުން ހަވާލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންވޭ
08 May 2025
ތެލެސީމިޔާ ސެންޓަރ ކުރިން ހިންގިތަނުގައި އޮފީސް ބިލްޑިންގ އެއް އަޅާ އެތަނަށް މިހާރު މާލޭގެ އެކި ހިސާބުތަކުގައި ބޮޑު އަގުގައި ކުއްޔަށް ހިފައިގެން ހިންގާ މިނިވަން މުއައްސަސާތައް ގެނައުމަށް ފެނޭ.
ބުރަތޭރީ
08 May 2025
ޢިއްޒަތްތެރި ރައީސް. ތެލެސީމިއާ ސެންޓަރ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ދަށަށް ގެންދިއުމަށްވުރެ، އެއިން ހޮސްޕިޓަލެއްގެ ވަކި ޔުނިޓެއްގެ ގޮތުގައި ޑިވެލޮޕް ކުރުމުން އެކުދިންނަށް ލިބެންޖެހޭ ސްޕެޝަލިސްޓުންގެ އިރުޝާދާއި ފަރުވާކަންތަށް މާ ފުރިހަމަވާނެ. ދައުލަތުގެ ވަސީލަތްތަކާ މުވައްޒަފުން ޑުޕްލިކޭޓްވުންމަދުވެ ޚަރަދުވެސް ކުޑަވާނެ.
ގުދުގުދާބެއްޔާ
08 May 2025
ހުޅުމާޅެ ހޮސްޕިޓަލް ހިންގުން ސިވިލްސާރވިސް އަށް ބަދަލުކުރަންޖެހުނީ ކޮންގޮތަކުން! މިހާރު އަޑުއިވޭގޮތުން މުއައްޒަފުންގެ މުސާރަވެސް 3 މަސްފަހުން ކުޑަވޭ!