ތެލެސީމިއާގެ އާ ސެންޓަރުގައި ސިފައިން ލޭ ހަދިޔާކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
08 މެއި 2025 - 10:16
ހުޅުމާލޭގައި ހެދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި ހުޅުމާލޭގެ އޮރެންޖު ހިޔާއަށް، ތެލެސީމިއާ ސެންޓަރުގައި ހުރި ތަކެތި ބަދަލުކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އޭރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ބްލަޑް ސާވިސް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވުމުގެ އިތުރުން އެ ތަން ބާވެ، ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ.
އަލަށް ހެދި ތެލަސީމިއާ ސެންޓަރު.-- ފޮޓޯ: އެމްއެންޑީއެފް
އެ ތަނަކީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ތެލެސީމިއާ ސެންޓަރު އާ ތަނަކަށް ބަދަލުކުރަން ހުޅުމާލެ 1 އިން އާ ތަނެއް ހަމަޖައްސާފައިވާ ކަމަށް ހަލީލް އޭރު ވިދާޅުވި އެވެ. އެއީ ކޮވިޑު ފެސިލިޓީއަކަށް ބޭނުންކުރި އޮރެންޖު ހިޔާ އެވެ.
އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ބަދަލުކުރަމުން އަންނައިރު އެތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް ނިންމާފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ އެވެ. އެހެންވެ މަސައްކަތް ނިންމަން ހަވާލުކުރީ ސިފައިންނަށެވެ.
ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
08 May 2025
އެމް.އެން.ޑީ.އެފް ކުންފުންޏަކަށް ބަދަލުކޮށް ސަރުކާރުގެ މަޝްރޫޢުތައް ނިންމާލަން ފެނޭ. ޚަރަދު ކުޑަވީ, މަސައްކަތެއް ނެތި ތިބޭ ބަޔަކަށް ކުރާނެ މަސައްޖަތެއްވެސް ލިބުނީ.
ހުށޭނު
08 May 2025
ޝުކުރުކޮށްބަލަ ޔުނިފޯމް ބޮޑީއެއް ކަލޭމެން ރައްޔިތުން ތިވަރުކޮށް ބަވާއިރު ބަދަލެއް ނުވެ ސާބިތުކަމާއެކީ އަޅުމަސައްކަތް ކުރުވިޔަސް، ފެން ބޮޑުވިޔަސް ކުނި ނެގުވިޔަސް، ވިގަނި އެރިޔަސް، ކޮންމެ ކަމެއް ކުރުވިޔަސް "ޤައުމަށްޓަކާ" އޭ ކިޔާފަ ދާން ކެރޭ ކަމަށްޓަކާ!!!!
ައޭޑީކޭ
08 May 2025
އަލަށް ހެދި ތެލަސީމިއާ ސެންޓަރު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި ، ކުރީގެ ބާ ތެލަސީމިއާ ސެންޓަރު އޭޑީކޭއަށް ދޭންވެގެން ކުޅުނު ފިލްމު ނިމުނީ! ޥ. ސަލާމް!
ގ××ަސ
08 May 2025
ނޭނގި ހުރެ ފިތުނަ އުފައްދައިގެން ލިބޭނެ މޮޅެއް ނެތް
އަފްރާސިޔާބު
08 May 2025
އޮރެންޖްހިޔާއަކީ ގާއިމުން ކޮކާ ކޯލާގެ ފަރާތުން އެތާނގައި ފެކްޓަރީ އެއް ހިންގަންހެދި ތަނެއް. އެތަނުގެ އެގްރިމެންޓްވެސް އެޗް.ޑީސީ އެކު ހަދާފައިވޭ. އިމާރާތް ކޮކާކޯލާއިން ހެދިފަހުން ކޮންމެވެސް މައްސަލަތަކެއް ޖެހުނު. ޝަރީޢަތުން ބަދަލު ދިންކަމެއް ނުވަތަ ކޮކާކޯލާ އަށް އެޗްޑީސީން ބަދަލު ދިންކަމެއްނޭނގޭ. އެކަން އެނގޭނަމަ ބުނެދީބަލަ.
ޕ.7 އިއްބެ
08 May 2025
ރައީސް މުއިއްޒަކީ ވައުދު ފުއްދަވާ ރައީސްއެއްކަން މީގެންވެސް މި އިނގެނީ
ޔަނާލް އަނީސް
08 May 2025
ސަޅި ސަޅި. ތަން ވަރަށް ފުރިހަމަކޮށް ފެންނަނީ. ހިދުމަތްވެސް ހަމަ މިހާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރަން
ހުޝާމްް
08 May 2025
ސެންޓަރު ހުޅުމާލެއަށް ބަދަލު ކުރުން ތީ ރައީސް މުއިއްޒަށް ކުރެވުނު އެންމެ ރަނގަޅު އެއް ކަންތައް. މިކަމަށް ފާޑު ކިޔާ މީހުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއް. ލޭ އަޅާ ހުރިހާ ކުދިން މާލޭގަ އުޅޭ ނަމަވެސް އޯކޭ، އެކަމަކު ހުޅުމާލޭގަ އުޅޭ ކުދިންވެސް މަދެއް ނުވާނެ. ހަމަ އަޅުގަނޑު މެންނަށްވެސް އުދަގޫ ވޭ ކޮންމެ ފަހަރަކު މާލެ ދާންވީމަ.
އިލި
08 May 2025
މީކީ އަލަށް ހެދި ތެލަސީމިއާ ސެންޓަރެއްނޫން އޮރެންޖު ބިލްގިންގާ ޕާޓުސަންޖަހާ އެތާ ތެލެސީމިޔާ ސެންޓަރު ބަދަލުކުރީ އޮޅުވާނުލާ .....މި ކޮމެންޓު ޖަހަންކެރޭނެބާ؟
ބޫޓު
08 May 2025
ސިފައިން ލޭ ހަދިޔާ ކުރަން އެނދުގައި އޮންނަނީ ބޫޓު ނުބާލާތޯ؟ ކޮބައިތޯ ތެލްސީމިއަަ ޕޭޝަންޓުންނާށް ލޭއަޅާ ތަނެއްގައި ބަހައްޓަންޖެހޭ ހާއްސަ ސިއްހީ މިންގަނޑު؟
ޙސމހ
08 May 2025
ކޮންތާކުން ބޫތު ފެންނަނީ
ނޭނގޭމީހާ
08 May 2025
އެއީ ރަބަރު ކުސަންޖަހާފަ ހުރި ބެޑްތަކެއް ބޭނުންވީމަ ފަސޭހައިން ފޮހެލެވޭގޮތަށް، ދެންވާގޮތަކީ ފޯނެއް އަތުގައި އޮތީމަ ކޮމެންޓެއްކޮށްލަނީ...
ނަސޭހަތް
08 May 2025
ބޫޓާ ތޯ އަރުވާފަ ހުރި ސްޓާކީނު ތޯ ބެލުން ރަގަޅު ތިމާޔައް ރަގަޅައް އޮލުން ނުފިލާ ކަންކަން ފިތުނަ އުފެދޭ ގޮތައް ލިޔާ މީހަކީ އެންމެ މޮޅު މީހާތޯ.
ޕިކުނިކު ސައީދު
08 May 2025
ހާދަ ބޮތްކެކޭ ތިޔަ ތަނަށް ލާފަ ތިޔަ އޮތީ. ވަށައިގެން އޮފު ޕުލައިވުޑު ފިލާ ޖަހާފަތަ އެހެރީ؟ ކަރަންޓު ގޮއްސިޔާ ބަޔަކު އަވަދި ވާނޭ ތިޔަ ތަނުގައި...
މަތީންް
08 May 2025
މީހުން އަވަދި ވާނެ އަމިއްލަ ގޭގެ ކަރަންޓު ދިޔަސް. ކީކޭ ކިޔާ މީހެއްތަ މީ. ތަނެއް ހަދަންޏާ ހަދަން ވާނީ އެންމެ ފުރިހަމަކޮށް. އޮފް ފުލައިވުޑް ޖަހައިންވެސް ތަން ފުރިހަމަ ވަންޏާ އޯކޭ އަހަރުންނަށް
އޮނަރަބްލް އަފީފު ދީދީ
08 May 2025
ދިވެހި ސިފައިންތޯ މިތަނުގެ މަސައްކަތް ކުރީ؟؟!! މިހިރީ ކަންކަމުގައި މާލޭގެ ސިޔާސީ މީހުން ދެކޭގޮތް. ރައީސް ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް އައްޑޫސިޓީގައި ބޭއްވުމަށްޓަކާ އައްޑޫސިޓީގައި އިމާރާތް ކުރި Equatorial Convention Center މުއްދަތަށް ނުނިމިދާނެތީ މަސައްކަތް އަވަސްކުރަން އެތަނުގައި ގައި ކުރާން ޖެހުނު ބައެއް މަސައްކަތް ދިވެހިސިފައިން ލައްވާ ކުރުވުމުން "އެއީ އަޅު މަސައްކަތް ކުރުވަނީ ކަމަށް" ބުނެ އަޑު ފެތުރި. މިއަދު މިއީ ކޮން ކަހަލަ މަސައްކަތެއް؟
ބޯގޯސްބެ
08 May 2025
މޮޅެތި ސުވާލުނުކޮށް ފުންކޮށް ވިސްނާ. ތިކަމުން އެނގިގެން މިދަނީ މިގައުމު އޮތް ހާލަތު. ކޮރަޕްޝަނާ ފަސާދަ ނޫން އެއްޗެއް އެބައޮތްތަ މިގައުމުގަ؟ ސިފައިން ނޫން ބަޔަކާ ހަވާލުކުރިނަމަ ތިތަން ވުޖޫދަކަށް އަދިއެއް ނާންނާނެ. ކޮންމެވެސް ލާރިގަނޑެއް ނޫނީ އަނެއްކަމެއް ޖެހިގެން ތިތަންވެސް އޮންނާނީ ބޮޑު ނަގުލަށް ދަމާފަ.
ފުރޭތަ1
08 May 2025
ބަޔަކާ މަސައްކަތް ހަވާލު ކޮއްފަ އެމީހުންނަށް ނުކުރެވުނީމަ ސިފައިންލައްވާ ގިނަ މަސައްކަތް ކުރުވާފަ މަސައްކަތް ހަވަލު ކުރި މީހުންނަށް ފައިސާ ދިނީމަ އެވަހަކަ ދެއްކީ އައްޑޫ ވެގެން ނޫން. މިހާރު މަސައްކަތް އެކުރުވީ އެއްބަސްވުން އުވާލާފަ ސިފައިން ލައްވާ
އިއްލި
08 May 2025
އޭރު އެއީ އަޅު މަސައްކަތޭ ކިޔާފަ ގޮވީ ރައީސް މުއިއްޒުތަ؟ މުއިއްޒު އެއްވެސް އިރެއްގަ ނުބުނޭ އެއީ އަޅު މަސައްކަތޭ. އެހެން ނޫން ނަމަ މާޅެ ފެންބޮޑުވި ދުވަހުވެސް ސިފައިން ލައްވާ މަސައްކަތް ނުކުރުވީސް. މުސާރަ ނަގައިން ކަމެއް ނުކޮށް ތިބުމަށްވުރެ ރަނގަޅުވާނެ ކޮންމެވެސް ކަމަކައިން އުޅުނިއްޔާ. މިކަހަލަ ކަންކަމަކީ ވެސް ހަމަ ގައުމީ މަސައްކަތް
އަޖާއިބުގެ ޖަވާބު
08 May 2025
މައްސަލައަކަށް ވީ ސިފައިންލައްވާ މަސައްކަތްކުރުވުމެއްނޫން. ސިފައިންލައްވާ މަސައްކަތްކޮށްފަ ކޮންޓްރެކްޓަރަށް ލާރިދިނީ. މީ މައްސަލައަކީ