ރައީސް މުއިއްޒު، ޔޫއޭއީގެ އުމް އަލް ގުވައިންގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާއާ މިއަދު ސަލާން ކުރައްވަނީ.
05 މެއި 2025 - 22:38
ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޔޫއޭއީގެ އުމް އަލް ގުވައިންގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ މިއަދު ވިދާޅުވެެއްޖެ އެވެ.
އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑެޕިއުޓީ ރޫލާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގައި އިންވެސްޓު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް ދެއްވާފައި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރު ކުރުމާއި ފޮސިލް ފިއުލް އަށް ބަރޯސާވުން ކުޑަކުރުމާއި ދަނޑުވެރިކަން ކުރިއަރުވައި، ދިގު މުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
"އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެ ދެއްވުމަށް ޝައުގވެރިކަން އެބަހުރިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގާއިމް ކުރުމަށް ވި އެއްބަސްވުމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެ އާއި ގަތަރުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ރޭ ވަނީ ސޮއިކޮށްފަ އެވެ. ހުޅުމާލެ 3 ގައި ގާއިމްކުރާ އެ ޒޯންގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފަ އެވެ.
އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރްވާން އަލްހާޖިރީއާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ.
އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރްވާން އަލްހާޖިރީ ވެސް ރައީސް މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ. ދެ ފަރާތަށް ފައިދާވާނެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، ކާމިޔާބުކަމާ އެކު، ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައޫދީ އަރަބިއްޔާގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ރައީސް ނާޔިފް ބިން އީދް އަލް ސާނީ ވެސް ރައީސް މުއިއްޒު އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތް ކުރެއްވި އެވެ.
ސައޫދީގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަންއާ ރައީސް މުއިއްޒު މިއަދު ސަލާން ކުރައްވަނީ.
ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީ އަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައޫދީ އަރަބިއްޔާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވައި، ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ތައުރީފު ކުރައްވައި، ދިވެހިރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީ ސުލީހް
06 May 2025
ކޮންފަދަ އަވާމެންދުރެއްތޯ
އަފްރާސިޔާބު
06 May 2025
"ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޔޫއޭއީގެ އުމް އަލް ގުވައިންގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ މިއަދު ވިދާޅުވެެއްޖެ އެވެ." އަރަބި ވެރިންނާއި ޕްރިންސުންނަކީ ގައުމުތަކުގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރާ ބައެއްކަމެއް ކުރިއަކުންނޭގޭ. އެހެންވީމާ ތިއެންމެން ސަރުކާރުގެޚައްޞަ ދައުވަތެއް ދީގެންނަމަވެސް ރާއްޖޭގެ ރިސޯޓްތައް ދައްކާލަންވީނުން.
މުސްނިދު
06 May 2025
މިދިޔަ ވެރިކަން ތަކުގެ ގެއްލުވާލި އިގްތިސާދުގެ އިތުބާރު ލިބެމުން ދާކަން އިހްސާސް އެބަވޭ. މީގެ ސަބަބުން ހަމަ ގައިމުވެސް އިތުރު އިންވެއސްޓްމެންޓް ގައުމަށް އައުމުގެ ފުރުސަތު ބޮޑު
ޝަހުމް އާދަމް
06 May 2025
މި ފަހަކަށް އައިސް މިކަހަލަ ހަބަރުތައް ވަރަށް ގިނަވެއްޖެ. މާނައަކީ މިގައުމުގެ މާލީ ނިޒާމަށް ބޭރު ފަރާތްތަކުގެ އިތުބާރު ލިބިގެންނޭ މިދަނީ.
އަފްރާސިޔާބު
06 May 2025
ކްރެޑިޓް ރޭޓިން މަތިވޭތޯ މަސައްކަތްކުރާނޭ ކަމަށް މިޚަބަރުގައި އެއޮތީ އެމީހުންނަށް ކޮންކަމެއް މަތިވިއްޔާ ނުވަތަ ތިރިވިއްޔާ. ރައީސް އާދޭސް ދެންނެވުމަކީ ރާއްޖޭގެ މާލީހާލަތު ކުރިއަރައިދާ ކަމެއްވިއްޔާ ކުރިއަރައިގެން އެދަނީ. އަހަރެންނަށް ކުރިން އެނގިފައި އޮތީ ކަމަކުން ސަލާމަތްކޮށްދިނުމަށް ނުވަތަ އެމީހަކަށް ނުކުރެވޭވަރުގެ ކަމެއްކޮށްދޭތޯ ކަމަށް އާދޭސްދަންވަނީ. ނުވަތަ އާދޭސްކުރަނީ. އެހެންނޫންތާ މިވީ. އެމީހުން ކުރަންނިންމާފައިވާކަމަކަށް އާދޭސްދަންނަވަނީ.
ބޭރުމީހާ
06 May 2025
ދިވެހިންނަކީ ދީފަ އަތުލާ ފީފާބުރިންތަކެއް. ބޭރުމީހުންނަށް މިކަންއެނގޭ. އެއްވެސްބަޔަކު މިތާ ދެމެހެއްޓެނިވި އިންވެއްޓްމަންޓެއް ނުކުރާނެ.
ޗޫޤީ
06 May 2025
އެއީ ތެދެއް! އަރަބިން ކައިގެން ތިބިއްޔާ އަހަރެމެންވެސް ތިބޭނީ ކައިގެން. ~މަހާތުމާ ގާންދީ~
ޒައިދު - ރާޝިދު
06 May 2025
އުއްމު އަލް ގުވައިންއަކީ ސައިޒްގެ ގޮތުންވެސް އާބާދީގެ ގޮތުންވެސް ޔޫއޭއީގެ އެންމެ ކުޑަ އެމިރޭޓް. ޔޫއޭއީގެ މައި ސަރުކާރުގައި އެއްވެސް ނުފޫޒެއްވެސް އޮންނަ ބައެއްވެސް ނޫން. އެހެންވީމަ ޔޫއޭއީ ސަރުކާރުގެ ފަރާތުން ބުނެފާނެ އެއްޗެއް ކަމަކަށް ލަފައެއް ނުކުރެވޭ. ބޮޑަށް ބެލެވެނީ ޗުއްޓީ ހަދާލަން އައިސް ހެޑްލައިން ހަދާލަނީ ކަމަށް. ނޫނީ އަރަބި ބަހުން ބުނީމަ ނޫސްވެރިންނަށް ތަރުޖަމާ ކުރަން ނޭނގެނީ ކަމަށް.
މައްކުބޭ
06 May 2025
އެމްޑީޕީ އިން ރާއްޖޭގެ ދަރަނިތައް އިންތިހާއަށް މައްޗަށް ގެންދިއުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވަރަށް ދަށްވެ އެއްވެސް ފައިނޭންޝަން އިންސްޓިޓިއުޓަކަށް ރާއްޖެއަށް ފައިނޭންޝަން އެހީތެރިކަމެއް ދެވޭނެގޮތެއް ނެތް، ތަަޅާ ބުރުވާލި ފައިސާއިން އެއްވެސް ނަތީޖާއެއް ނެރެއެއް ނުދެވުނު. އިންކަމް ޓެކްސްއަށް ގެނައި ބަދަލުން ދައުލަތުން އެތައްބައިވަރު ފައިސާއެއް ގެއްލުނު. މުސާރަ 73% އަށް ބޮޑުކުރުމުގެ ނަތީޖާއަކީ ދިވެހިފައިސާގެ އަގު ވެއްޓުން. ހޯހޯ އެމްޑީޕީ ރޭސިސްޓްސް
ކުރުސިއްކޮ
06 May 2025
ތި ވަރަށް ބޮޑު ތެދެއް. ދަމުން އިންޑިޔާ އެގްރީމެންޓް އާކުރި. މަސްވެރިން ފެނަކައަށް ވަޒީފާ ތަކަށް އަޅާލި. 500 މިލިއަން ސުކޫކު ނަގާ ތަޅާ ބުރުވި. އަނެއް 80 މިލިއަން 2 ބުރަށް އިންޑިޔާއިން ނަގާ ތަޅާ ބުރުވި. ސަރުކާރު ކުންފުނިތަށް ބިމާޖެހެންދެން ދަވާލި.
ފެކެޓްް
05 May 2025
ކަލޭމެންގެ ދުލުން ތިހެންބުނީމާ ޝައްކު. ތިއީ ދޮގުހެދުމުގާ އަރާތިބި މީހުން. އެމީހުންގެ ދުލުން ތިހެން ބުނާނެކަމަށް އުއްމީދު ކުރަން. ވެދުން.
ކާންދޭއަތުގާއަޅާދަތް
05 May 2025
ސައުޑި އެރެބިޔާއިން ބުނާ ގޮތަކަށް ރާއްޖެ ނަށާނީ. އެއްފަހަރު މިހާރު ގަތަރު އަތުގަ ދަތް އަޅައިފި. ވިސްނައިގެން އުޅޭތި ކޮންމެސް.