އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ކުރެއްވި ދަތުުރުގައި ރައީސް ޑރ.،މުހައްމަދު މުއިއްޒު އޭނާއަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ: ރައީސް އޮފީސް
03 ނޮވެމްބަރ 2025 - 14:04
ރާއްޖޭގައި އަންނަ އަހަރު ހިލޭ އެހީގެ ޕްރޮޖެކްޓްތައް އެއް ގައުމަކުން އެންމެ ގިނައިން ހިންގާނީ އިންޑިއާ އިން ކަމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓް ފޮތުގައިވާ ގޮތުން އެ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިލޭ އެހީގެ ޕްރޮޖެކްޓްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 355 މިލިއަން ރުފިޔާގެ ތެރެއިން 7.3 މިލިއަން ރުފިޔާ އަކީ އިންޑިއާގެ ހިލޭ އެހީގެ ޕްރޮޖެކްޓުތަކެވެ.
ދެވަނަ އަށް އެންމެ ގިނައިން ހިލޭ އެހީގެ ޕްރޮޖެކުތައް ހިންގާނީ ބަޖެޓު ފޮތުގައިވާ ގޮތުން ޔޫއޭއީ އިންނެވެ. އެއީ 4.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. ތިން ވަަނައިގައި އޮތް ޖަޕާނުން ހިންގާނީ 3.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
އެ ތިން ގައުމުގެ އިތުރުން، ނެދަލެންޑްސް އާއި އިޓަލީ އާއި ދެކުނު ކޮރެއާ ޕާކިސްތާނު އަދި ޗައިން ވެސް ރާއްޖޭގައި ހިލޭ އެހީގެ ޕްރޮޖެކްޓުތައް ހިންގާނެ އެވެ.
ރާއްޖޭގައި ހިންގާ ހިލޭ އެހީގެ ޕްރޮޖެކްޓުތަކުގައި ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން ވެސް 224.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގާނެ އެވެ. އޭގެ ތެރެއިން 137.5 މިލިއަން ރުފިޔާ އަކީ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ޕްރޮޖެކްޓުތަކެވެ.
ދެވަނަ އަށް އެންމެ ގިނަ ހިލޭ އެހީގެ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބަޖެޓްގައި ޖަހާފައި އޮތީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިންނެވެ. އެއީ 61.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. ތިން ވަނައިގައި އޮތް ގްރީން ކްލަައިމެޓް ފަންޑް (ޖީސީއެފް) އިން 12.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ރާއްޖޭގައި ހިންގާނެ އެވެ.
އދ. ގެ އެޖެންސީތަކުން އަންނަ އަހަރު ރާއްޖޭގައި ހިންގާނެ ކަމަށް ލަފާކޮށްފައި ވަނީ 32 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. އޭގެ ތެރެެއިން އެންމެ ގިނަ ޕްރޮޖެކްޓް ކަމަށް ޖަހާފައި އޮތީ އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ) އިންނެވެ. އެ ޖެންސީން 13.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގާނެ އެވެ. ދެވަނަ އަށް އެންމެ ގިނައިން ރާއްޖޭގައި ހިލޭ އެހީގެ މަޝްރޫއު ހިންގާނީ އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިންނެވެ. އެއީ 11.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
03 November 2025
ލަދު............
އައްލާ ބެއްޔާ
03 November 2025
ތިއިން ޕްރޮޖެކްޓެއް ބިމުން މައްޗަކަށް ނާރާ. ޅޮލަކަށް ނުފެނޭ. 2 އަހަރު ވެއްޖެ ތިހެން ކިޔާތާ.
1828
03 November 2025
މިހެންވާތީ ދިވެހިރާއްޖެ އިންޑިއާގެ 'އަޅަ'ކަށްވަނީ. އަމިއްލަ ފައިމައްޗަށް އަދިވެސް ތެދުވަންވީ ވަގުތު ނުޖެހެނީބާ؟ 500000 ހަމަވާ އާބާޑީއެެއް އޮތް ޤައުމެއްމިއީ. ޑޮލަރު ބޯކޮށްވަދޭ. އެވަރުންވެސް މިއަދުގެ މިވަގުތާހަމައަށްވެސް ޑޮލަރުގަންނަން ލިބެނީ 19ރ އާއި 20ރ އާއި ދެމެދު. މިއީ ދެން ތަންފުކެއް ބޮޑުވަރެއް ނޫންތަ؟ މިސަރުކާރުން އާމްދަނީ އަދި ވަޒީފާ އިތުރުވާނެ ކަމެއްނުކުރޭ. އެކަމުގެ ސަބަބުން ސަލާންޖަހަން މިޖެހެނީ.
ކަކުނިބޯ
03 November 2025
މުސާރަ ބޮޑުކޮށްފަ ކާންދީފަ ކޮން އަމިއްލަފައިމަށްޖެކޭތޯ ތިވިދާޅުވަނީ އަތުންލަވާގެން ކާންދޭންވީ
ފަރުހާދު3
03 November 2025
ތިޔަ ލިބޭ އެހީ ނިމޭނީ މަޖްލިސް މެމްބަރުން އާއި ޕާރޓީ ބޮޓުންގެ ޖީބުން.
ބޮކި
03 November 2025
ބެކްޔާޑް ނުވާނެކަމަށް ބުނިމީހުން މިވަނީ ކިހިނެއް ؟؟؟؟؟؟