06 މެއި 2025 - 09:46
މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ބެލި އިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފައި ވާއިރު ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަތަކެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވެ އެވެ.
ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައި ވެ އެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
06 May 2025
ވަގަށް ސިގިރެޓް އެތެރެކުރުމަކީ މުއްދަނދިވާން ލިބޭނޭ އެންމެ މޮޅު ވިޔަފާރި. 10 ރުފިޔާއަށް ލިބޭނެ ސިގިރެޓް ފޮއްޓަކުން 260.00 ރުފިޔާ ލިބުނީމާ ވައްކަން ކުރަން ނުނިކުންނާނީ ކާކު. ކޮށްލާ ޖޫރިމާނާ އަކީ ދެއްކޭން އަދަދެއް ނޫންކަން އެމީހުން ދެކޭނޭތީ މިކަމުގައި ލިބޭނީ މިނިވަން ކަމެއްކަންވެސް އެމީހުން ދަންނާނެ.
ފެއިލްޑް ކަންޓްރީ
06 May 2025
ގަވައިދު ތެރެއަށް ފައްތާ ދޫކޮށްލާނެ ތި މީހުންކޮޅު
ކޮވެލި
06 May 2025
މަގްސަދަކީ ކަޅު މާކެޓް އުފެއްދުން. ވަރަށް ފައިދާ ހުރި ކަމެއް ތީ.
ބަންގާ
06 May 2025
ޢެކަކުވެސް ނުބަހައްޓާ އެންމެން ބޭރުކުރޭ
ހޮޓްކިންގ
06 May 2025
ހަވާލުވާނެ، އަޅާލާނެ މީހަކުވެސްނެތި މިހާ ސިނގިރޭޓް ތަދުޒަމާނެއްގައި ތިހެން ދޫކޮށްލާފަ ދާން ހެޔޮނުވާނެ. ހަވާލު ވާނެ ބަޔަކު ނުވީ ވިއްޔާ މަށާ ހަވާލު ކުރޭ. މަ ނޫޅެން ސިނގިރޭޓް ގިނަވެގެންނެތް.
ޑރ ވާންޗޯ
06 May 2025
ބަންގާޅީން ގެންދާތާ 3 ދުވަސް ފަހުން އެމީހުންތިބެނީ ރިސްވަތުދީގެން މިނިވަންވެފަ. ކުދީނާގޯޅި ތެރޭގަ ހުންނަ 2 ބަންގާޅީކަޑަ ކާރީގަ ރޭގަނޑު ބައެއްފަހަރު 100 އަށްވުރެގިނަވާގެ ބަންގާޅީން އުތުރިއަރަނީ. އެތަނުން ގިނަމީހުނަކީ ވިސާނެތްމީހުން މިދޭތެރެޔަކުން ގްރޫޕްތަށް ވަރަށްފޯރީގަ ގެންދިޔައިރު ގެންދިޔަމީހުން އެއީ. މިހާރު އެތިބީ ދޫވެގެންއައިސް.
ރޔތމހ
06 May 2025
ދުނިޔޭގަ މިވީހާ ތަނަށް ސިނގިރެޓް އަގު ބޮޑު ކޮންމެ ގައުމެއްގައި ސްމަގްލިނގް ކަންތަކާ ސިނގިރެޓް ބްލެކްމާރކެޓް އުފެދި ކޮންޓްރޯލް ނުކުރެވޭ ހިސާބަށްވަނީ ގޮއްސަ، އަދި މިރާއްޖެމީ އެއްވެސް ގަވައިދެއް ގާނޫނެއް ތަންފީޒު ކުރެވޭތަނަކަށް ނުވާއިރު މިބަންގާޅިން ހުރިހާ ފިހާރަތަކެއްގައިވެސް ކައުންޓަރު މަތީ ބަހައްޓައިގެން ވިއްކަނީ އެކި ފާޑުގެ ވަގު ސިނގިރޭޓް ބަލާނެ މީހަކު ނެތް، މިމީހުންނަކީ އެންމެ ކުޑަމިނުން ވަންވޭއަށްވެސް ބަލާ ބައެއް ނޫން، މުޅިގައުމުގަ ހުސް ވަގުން
ސްމަގްލް
06 May 2025
މި ގައުމުގައި ސްމަގްލް ނުކުރާ އެއްޗަކީ ކޮބައިތަ!
ސދޗދސ×
06 May 2025
ހޫން ތި ބަންގްލާ މީހުންތައް ތި ވިޔަފާރިއަށްވެސް ތިވަނީއޭ. ބަންގްލަދޭޝް މީހުންނަކީ މިގައުމު ހަލާކުރަން އުޅޭ ނާތަހުޒީބުބައެއް