ރުފިޔާ. އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު ވަނީ ދަށްވެފައި -- ފޮޓޯ: މިހާރު
06 މެއި 2025 - 12:44
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އިން 100 މިލިއަން ރުފިޔާ މަދުވެއްޖެ އވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގައި މިވަގުތު 59.1 ބިލިއަން ރުފިޔާ ދައުރުވެ އެވެ. އޭގެ ކުރީ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވާ ކަމަށް ރެކޯޑު ކޮށްފައި ވަނީ 59.2 ބިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ އެއް ޕަސެންޓުގެ ދަށްވުމެކެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ވެސް ދައުރުވި ފައިސާގެ މިންވަރު ހަ ޕަސެންޓަށް އިތުރުވި އެވެ.
މިދިޔަ އަހަރު އެއް ޕަސެންޓް ދަށްވި ނަމަވެސް މިދިޔަ ފަސް އަހަރަށް ބަލާ އިރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ 45 ޕަސެންޓް އިތުރުވެފަ އެވެ. އެ އަދަދު 2020 ގައި ހުރީ 41 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިދިޔަ ފަސް އަހަރު ތެރޭ، އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދަށް ވަނީ 18 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ ދަށްވީ ނެޓް ފޮރިން އެސެޓު ދަށްވުމުންނެވެ. ނެޓް ފޮރިން އެސެޓު ވަނީ 31 ޕަސެންޓަށް ދަށްވެފަ އެވެ. ނެޓް ފޮރިން އެސެޓު އެހާ ބޮޑަށް ދަށްވީ، އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމާ ގުޅިގެން، އެ އިދާރާގެ ލައިބިލިޓީ ނުވަތަ ދަރަނި އިތުރުވުމާ ގުޅިގެންނެވެ.
ނެޓް ފޮރިން އެސެޓު އެހާ ބޮޑަށް ދަށްވި އިރު ނެޓް ޑޮމެސްޓިކް އެސެޓު ވަނީ ހަ ޕަސެންޓު އިތުރުވެފަ އެވެ. މިއަދަދު އިތުރުވީ، ކޮމާޝަލް ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރި ފައިސާގެ އަދަދު އިތުރުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
06 May 2025
އިގްތިސާދުގަ ދައުރުވަނީ ލޯން ފައިސާ އާ ޓީބިލް ފައިސާ އެވެ. ދެން ކޮރަޕްޝަންގެ ފައިސާ އެވެ. ބަކީ 10 ޕަސެންޓް ދައުރު ވަނީ އެހެން ދިމަ ދިމާ އިންނެވެ.
އަހައްމާބޭ
06 May 2025
ހަބަރުގަ އެބަހުރި އަދަދުގެ މައްސަލަތަކެއް. މިސާލަކަށް މިދިޔަ 5 އަހަރުތެރޭ އިތުރުވިކަމަށް ބޮޑަށް ލަފާ ކުރެވެނީ 1.8 ބިލިއަން ރުފިޔާ، ހަބަރުގަ ދެންހުރި އަދަދުތަކަށް ބަލާއިރު. ލިޔެފަ އޮތީ 18 މިލިޔަން ކަމަށް.
ނުދަންނަ ނުދެކޭ ނުބަލާ
06 May 2025
މިކިޔާ އެއްޗެއް އިކޮނޮމިކް ނާރާ ދިވެހިންނަށް ވިސްނޭވަރަށް ކިޔައިދީބަލަ. ގައިމު މަނީ ޗޭންޖަރުންނަށް ދައުލަތުގެ ރޭޓުން ޑޮލަރ ވިއްކާނަމަބޮޑުއަގުގައި ޑޮލަރު ވިއްކައިގެންނުވާނެ. ސުވާލަކީ ބޭންކްތަކުން މަނީޗޭޖަރުންނަށް އެމީހުން ބޭނުންވާވަރަށް ޑޮލަރ ވިއްކާތޯ. ވިއްކާނަމަ އަންނި ބުނިގޮތަށް ކޮންމެ ޑޮލަރެއްގެ ފަހަތުން ފުލުހަކު ފޮނުވަންޖެހޭނެ. ހައްލު ކުރެވެން ޖެހޭނެ.
ޜަދުން
06 May 2025
މަނީ ޗޭންޖް ޕޮލިސީ އިން އެކަނި 400 މިލިޔަން ރުފިޔާ ރޮޓޭސަން ތެރެއިން އުނިވެއްޖެ
މަހީމް
06 May 2025
ޕޯޑިއަމްތަކުގައި ސަރުކާރުން އެބަކިޔާ އިގްތިސާދު ރަނގަޅޭ، ހިސާބުތަކުން ދައްކަނީ ގޯހުން ގޯހަށް ދާތަން
އެނގޭވަރަށް ކިޔާބަލަ
06 May 2025
މި ކިޔާއެއްޗެއް އަހަރުން އިކޮނޮމިސްޓް ނޫންމީހުނަށް އެނގޭނެވަރަށް ކިޔާބަލަ
ފޯލް
06 May 2025
ސަރުކާރުގެ (ސިއްރު) ސިޔާސީ މަގާމުތަކުގަ ތިބި ކުދިން ތަކުގެ އެކަންޓުގަ ތޯއްޗެ.
އަނދިރި އިޤްތިސާދު
06 May 2025
ބްލެކް މާކެޓް (ޑްރަގް) ފައިސާ ލީމާ ތި އަދަދު ޑަބަލް ވާނެ
ވޯލް
06 May 2025
ތިޔަވަނީ ސަރުކާރު ނެގީކަމަށް. ނޭންގޭނެ މައުލުމާތެއް ދެނީކީ ނޫން.
ކަރާސީނު
06 May 2025
ހަރަދު ކުޑަކުރަންކަމަށް ބުނެ، ޕީއެސްއަޕީ ޕްރޮޖެކްޓްތައް ހުއްޓާލުމުން، އިގުތިސޯދުގައި ދައުރުވަމުންދިޔަ ފައިސާގެ %30 އިންސައްތަ ފައިސާވަނީ ދައުރުވުން ހުއްޓިފައި. އެކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ވަނީ ބުރޫއަރާފައި. އަދި ރައްޔިތުން ވަނީ ފަގީރުވެފައި. އިންތިހާބާއި ދިމާކޮށް އެއްލާލަފާނެ 'އެންކޮޅަކަށް' ބޭނުންޖެހިފައި!