އިޒްރޭލުން މިއަދު ޔަމަނަށް ދިން ހަމަލާތަކުގައި ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮން އެޅުމުން ރޯވެ ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ
06 މެއި 2025 - 22:29
އިޒްރޭލުން މިއަދު ޔަމަންގެ ވެރިރަށް ސަންއާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީ އެތަން އެއްކޮށް ހަލާކުކޮށްލައިފި އެވެ.
"ޔަމަނިއާ އެއާލައިންސްގެ ހަތް މަތިންދާބޯޓުގެ ތެރެއިން ތިން ބޯޓު ވަނީ ހަލާކުވެފައި. އަދި ހަމަލާތަކުގައި މުޅި އެއާޕޯޓް ވަނީ އެއްކޮށް ހަލާކުވެފައި،" އެއާޕޯޓްގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
މި ހަމަލާތައް ދީފައި މި ވަނީ އިޒްރޭލުގެ ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށް ހޫތީން މިސައިލް ހަމަލާއެއް ދިންތާ އެއް ދުވަސް ފަހުންނެވެ. އެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ޔަމަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ކުރިން ބުނި ގޮތުގައި އެއާޕޯޓުގެ އިތުރުން އިންޖީނުގެއަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އަދި މި ހަމަލާތަކުގައި އެއާޕޯޓު ބޭނުން ނުކުރެވޭ ވަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ހަމަލާތަކަށް ފަހު އިޒްރޭލުން ބުނީ ހޫތީން އިޒްރޭލަށް ދޭ ކޮންމެ ހަމަލާއެއްގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމަށެވެ.
ހޫތީން ވަނީ އިޒްރޭލުގެ މި ހަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. ހަމަލާތަކުގައި ތިން މީހަކު މަރުވި ކަމަށް ވެސް ހޫތީން ބުންޏެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހޫތީން ވަނީ އެކި ފަހަރުމަތިން އިޒްރޭލަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވައިފަ އެވެ. ބައެއް ހަމަލާތަކުގައި އިޒްރޭލަށް ގެއްލުންތައް ވެސް ވެފައިވެ އެވެ. މީގެ އިތުރުން ރަތް ކަނޑުގައި ގެންދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ވެސް ހޫތީން ހަމަލާ ދެމުންނެވެ. މި ހަމަލާތައް ހުއްޓާލަންދެން ކަމަށް ބުނެ އެމެރިކާއިން ވެސް ދަނީ ޔަމަނަށް ހަމަަލާތައް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ހޫތީން
07 May 2025
އެމެރިކާއިން ރޭގަ ވަނީ އޮމާން މެދުވެރިވެގެން ކުރި މަސައްކަތުން ޔަމަނަށް ދޭ ހަމަލަތައް ހުއްޓާލަން އެއްބަސްވެފަ.މީގެެ މާނައަކީ އެމެރިކާ އެބުނަނީ ކަޅޭމެން ބޭނުން ވަރަކަށް އިޒްރޭލަށް ހަމަލަދޭށޭ ތިމަންނާއަށް އޯކޭ އޭ.
މުރައިދޫ ކަތީބު
07 May 2025
ދެން ފެންނާނި އިޒްރޭލުން ޔަމަން ހިފާތަން، މިހާރު ހަމަކާ ދޭގޮތަށް ސީރިޔާ ވެސް ހިފާ އެމީހުންގެ ބިން ތެރެއަށް ލާނެ
ޢަލްޓިކޯ
07 May 2025
ޖަމާތްތައް ހަދައިގެން ގައުމުތަކުގެ ތެރެއަށް ވަދެ ތިބެ ތިމާމެންގެ ނެއް ހަތިޔާރަކުން ހަގުރާމަ ކުރަން އުޅެގެން ނިކަމެތި ރައްޔިތުން މަރުވަނީ ފަލަސްތީނަށް ވާގޮތަށް ޔަމަނަށް އެވަނީ ހަގީގަތަކީ ޔަމަން ސަރުކާރުންވެސް ބޭނުމެއްނުވޭ އެގައުމުގަތިބެ ހޫތީން ހަގުރާމަ ކުރާކަށް ޔަމަނުގެ ސަރުކާރުގަ ނެއް އިޒްރޭލާ ހަގުރާމަ ކުރުމުގެ ގާބިލްކަމެއް އަސްލު ހަގުރާމަ ކުރަނީ އެމެރިކާ
ލާމަސީލު
07 May 2025
1948 ގަ ފަލަސްތީނު ކޮންޖަމާއަތަކުން އިސްރާއީލަށް ހަމަލާދޭތީތަ ފަލަސްތީނު މީހުން މަރާ ފަލަސްތީނު ބިންތަށް ފޭރިގަތީ. އަލްޓިކޯ ކަލޭ ފަލަސްތީނު މައްސަލައިގަ ތިހުރި ވިޔާނުދާ ނޭއްގާނީ ޚިޔާލް ދޫކޮށްލާ.
ވަރަށްވާހަކަ
07 May 2025
ތިގޮތަށް ތިވާހަކަ ދައްކާނަމަ ތާރީހް ފަށަންޖެހޭނީކީ 1948 އިން ފެށިގެނެއްނޫން ދުނިޔޭގެ ތަރީހަށް ބަލާނަމަ ފަތަހަ ކުރިތަންތަން ވަރަށް ގިނަވާނެ
ޔަމަނުން
06 May 2025
ޢިސްރާއީލްގެ އެއަރޕޯޓްވެސް .... ޔަމަނަށާއި ހަމާސްއަށް އެހޒިބޭނުންވޭ.....