08 މެއި 2025 - 19:49
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އީފާސްގެ މެދުވެރިކޮށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޑީޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމް އީ-ފާސް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެ ޑިޕާޓްމެންޓްގެ ޕޯޓަލް މެދުވެރިކޮށެވެ.
އެ ޑިޕާޓްމެންޓުން ބުނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަކިވަކި ފަރުދުން މިހާރު ހުށަހަޅާ މިހާރު ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ.
އެހެން ނަމަވެސް ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމު ލިސްޓުތައް ކުރިއެކޭ ވެސް އެއްގޮތަށް ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރަފުއްނިސާ
08 May 2025
ޓްރާންސްޕޯޓުގެ އޭ1 ފޯމުގައި ބީއެމްއެލް އާއި އެމްއައިބީ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރެކޯޑް ސާފުކޮށްދިނުންވެސް ޑިޖިޓަލައިޒް ކުރަން ޖެހޭ. އެއީ ވެސް ވަކި ކުޑަކަމެއް ނޫން. އަނެއްކާ ނުވިތާކަށް އެފޯމުގައި ތައްގަނޑު ޖައްސައިގެން ފޯމުގަނޑު ކިހިލިޖަހައިގެން ތުރާކުނުގައި ހުންނަ މީހާވެސް މިޖެހެނީ ހުޅުމާލެއަށް ގޮސް އެބުނާ ވަގުތެއް ހަމަވުމުގެ ކުރިން އުމަރުޒާހިރު ބިލްޑިންގަށް ވަދެ ކިޔުގައި ޖެހިގެން އޮންނަން. ތިޔައީ ކިހިނެއް ދޭ އޮންލައިން ޚިދުމަތެއްބާ؟
ވަކީލު
08 May 2025
މިހާ ފަސޭހައިން ވާން އޮތް ކަމެއް މިއީ. މިވީހާ ދުވަހު ރައްޔިތުންނަށް ހާދަ ބޮޑު ތުރާއެއް ޖައްސައިފިއޭ. .މިހުރިހާ ދުވަހު މިވަރު ކަމެއް ނުކުރެވި އޮތީ ކީއްވެތޯ؟