މުނިފޫހިފިލުވުން / އިންޑިއާ-ޕާކިސްތާން

އިންޑިއާ އާއި ޕާކިސްތާނުގެ ފަންނާނުންގެ މެދުގައި ވެސް "ހަމަލާތައް"!

ޕާކިސްތާނުގެ މަޝްހޫރު ތަރިން ކަމަށްވާ މާހިރާ ޚާން އާއި ފަވާދު ޚާން އަދި އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ރުޕަލީ ގާންގުލީ.

10 މެއި 2025 - 06:24

2 comments

އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމުގެ ފަންނާނުންގެ މެދުގައި ވެސް ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ހިނގަން ފަށައިފި އެވެ.

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބައެއް އެކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރެއިން އެކަކަކީ، ކުރިން ބޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން އެވެ. އަދި މި ހަމަލާ ހިނގާފައި ވަނީ، ނުވަ އަހަރަށް ފަހު ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު މި މަހު ރިލީޒްކުރަން ތައްޔާރުވެފައި އޮއްވަ އެވެ.

އެ ހަމަލާއާ ގުޅިގެން ފަވާދު އެކްސްގައި ކުރި ޕޯސްޓުގައި ވަނީ މިފަދަ ހިތްދަތި ކަމެއް ހިނގާފައިވާ މި ދަނޑިވަޅުގެ ފައިދާ ނަގައި މަޝްރަހު ހަލަބޮލިކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ގޮވާލައިފަ އެވެ. ފަވާދު އެހެން ބުނުމުން އެންމެ ރުޅިގަދަވި އެކަކަކީ ސްޓާ ޕްލަސްގެ އެންމެ މަޝްހޫރު ޑްރާމާ "އަނުޕާމާ"ގެ ލީޑު އެކްޓްރެސް ރުޕަލީ ގާންގުލީ އެވެ.

ފަވާދަށް ރައްދު ދީ ރުޕަލީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަވާދު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރުމަކީ އެމީހުންނަށް ލިބުނު ބޮޑު ލަދެއް ކަމަށެވެ.

ފަވާދުމެން ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރަމުން އަންނަނިކޮށް، މީގެ ނުވަ އަހަރު ކުރިން ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރީ އޭރު ވެސް ހަމަ މި ކަހަލަ ހަމަނުޖެހުމެއް ހިނގައިގެންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖައްމޫ އެންޑް ކަޝްމީރުގައި އޮންނަ ޔޫރީ ކިޔާ ހިސާބެއްގައި ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން އިންޑިއާގެ އަސްކަރިއްޔާއަށް ދިން ހަމަލާއަކަށް ފަހުގަ އެވެ.

ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "އަބީރް ގުލާލް" އިންޑިއާގައި ދެއްކުން މަނާކުރަން އިންޑިއާގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކުރިން ބޮލީވުޑްގެ ފިލްމެއް ކުޅުނު ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސް މާހިރާ ޚާން ވެސް ވަނީ މި ހަމަނުޖެހުންތަކާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.

"އަޑުއުފުލުމުގެ މިނިވަންކަން އޮތް ގައުމެއްގައި އަހަރެން ދިރިއުޅޭތީ ޝުކުރުވެރިވަން. އަހަރެންގެ އަޑެއް އެބައޮތް އަދި އެ އަޑުގެ ބޭނުން އަހަރެން ކުރާނަން. އިންޑިއާ މީހުންނަކީ ހަނގުރާމައަށް ހިތްވަރުދިނުމާއި ނަފްރަތު އުފެއްދުމުގައި އެތައް އަހަރެން ވަންދެން އުޅެފައި ތިބި ބައެއް. ކަލޭމެން މެންދަމު ސިޓީތަކަށް ހަމަލާ ދީފައި ތި ކިޔަނީ ކާމިޔާބީއޭ؟ ކަލޭމެން ލަދު ގަނެބަލަ،" މާހިރާގެ ދިގު ޕޯސްޓުގައި ބުންޏެވެ.

މާހިރާގެ މި ޕޯސްޓަށް ރައްދު ދިނީ އިންޑިއާގެ ޓީވީ އެކްޓަރު އަވިޝާން މިޝްރާ އެވެ. އޭނާ ބުނީ މި ހަމަނުޖެހުން އުފެއްދީ ޕާކިސްތާނުންނޭ ނުބުންޏަސް ހަގީގަތަކީ އެއީކަން މިހާރު މުޅި ދުނިޔެއަށް ވެސް އެނގޭ ކަމަށެވެ. އަދި މި މައްސަލަ ނިމުމުން މަސައްކަތް ހޯދަން އިންޑިއާއަށް ދެން ގޮސްގެން ނުވާނެ ކަމަށް ވެސް އަވިޝާން މާހިރާއާ ދިމާލަށް ބުންޏެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނާރީ

10 May 2025

މިހާރު އިންޑިޔާ މީހުން ވެސް ބަލަނީ ޕާކިސްތާނުގެ ޑްރާމާތައް .އިންޑިޔާ މީހުނަށް ވުރެ ޕާކިސްތާނު ގެ ޑްރާމާތައް ރިއަލް ވެފަ ސަލިގޮތެއްހުރޭ . މޮޅެތި ޑައިލޮގް ހައްދެއްކަޑައެޅިފަވާ އެކްޓިން . ޑްރާމާ ހަގީގަތާ އެއްގޮތްވުން . 15 އަހަރު ވާއިރު ޑްރާމާ ނުނިމޭ މަރުވާމީހުން ދިރިގެން އަންނަ ޑްރާމާ ބަލާކަށް ސިކުނޑި ސަލާމަތުން ތިބޭ ބަޔަކު ބޭނުމެއް ނުވާނެ . ސާޅީސް އެޕިސޯޑުން ނިއްމާޑްރާމާ ބަލާނީ ފޫހިކަމެއްނެތި . އިންޑިޔާ އަގައިން ދެރަނުވަނީ ޕާކިސްތާނު ޒިންދާބާދު

The name is already taken The name is available. Register?

ކަމުދޭ

11 May 2025

ހެދުން އެޅުމުގަވެސް މިންގަނޑުތަކެއް އޮވޭ..ޕާކިސްތާން ބަތަލާއިން އެއްވެސް މޭކަޕެއް ނުކުރިޔަސް ވ.ރީތި. އެންމެންވެސް ގިނައިން ކޮށްފަ ހުންނަނީ ލުއި މޭކަޕެއް. އެންމެ ސަޅި ތަންކޮޅަކީ އެކަކު އަނެކަކާ ބައްދަލު ކުރާއިރު އަބަދުވެސް ސަލާމް ގޮވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454