ޚަބަރު / ފެނަކަ ކޯޕަރޭޝަން

އައްޑޫ ފެނަކައިގެ މަޝްރޫއުތައް ހިންގީ ގެއްލުންވާ ގޮތަށް، ބިލްތަކުން 77 މިލިއަން ރުފިޔާ ނުލިބޭ

އައްޑޫއަށް ގެންދާ ޖަނަރޭޓަރު ދޯންޏަކަށް އަރުވާފައި.-- ފޮޓޯ: ފެނަކަ

އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ކުންފުނިން ޖެނުއަރީ، 2020 އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިންގާފައިވާ މަޝްރޫއުތަކާއި މަސައްކަތްތަކާ ގުޅޭ އޮޑިޓެއް ހަދައިދިނުމަށް އެދުނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއާއެކު ހާއްސަ އޮޑިޓު ނިންމައި އޮޑިޓު އޮފީހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ރިޕޯޓު އާއްމު ކުރިއިރު، ފެނަކައިގެ އައްޑޫ ބްރާންޗާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނީ ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަތަރު ޕްރޮޖެކްޓެއް އިންހައުސްކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ޕްރޮޖެކްޓުތަކަށް މިދިޔަ އަހަރު ނިމުނުއިރު 117 މިލިއަން ރުފިޔާ ހަރަދު ކުރިއަސް، އެކަންކަން އެއްކޮށް ނިންމަން އިތުރަށް 68 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބުންޏެވެ. އެހެންވެ، އެ މަޝްރޫއުތައް ބޭނުން ހިފޭނެ ހާލަތަކަށް ގެންނަން ޖުމްލަ 185 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮޑިޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އޮޑިޓު އޮފީހުން ބުނީ އައްޑޫ ސެންޓްރަލް އިންޖީނުގެ އާ އިމާރާތާއި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫ ފޭދޫ އޮފީހުގެ އާ އިމާރާތް އަދި ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އިންޖީނުގޭގެ އާ އިމާރާތް އަޅަން، މީގެ ކުރިން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ހިންގާފައިވަނީ ހަތަރު މަޝްރޫއަށް ޖުމްލަ 109 މިލިއަން ރުފިޔާއަށް ކަމަށެވެ. ނަމަވެސް

އިން-ހައުސްކޮށް އެ މަޝްރޫއުތައް ގެންދިއުމުން ފެނަކައަށް 70 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.

ރިޕޯޓުގައި ބުނީ ކުންފުނީގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ހަރަދު ކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296ރ. ގެ ތަކެތި ގަނެފައިވާ ކަމަށެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220ރ. ގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ހިދުމަތާއި ތަކެތި ލިބިގެން ހަރަދުކޮށްފައިވަނީ ކިހާ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށް ބުންޏެވެ.

ޕެޓީ ކޭޝްއިން ފައިސާ ހަރަދުކުރުމުގައި ހަރުދަނާ ކޮންޓްރޯލެއް ގާއިމްވެފައި ނެތުމުން 36،494ރ. ގެ ބިލްތަކަށް ދެ ފަހަރަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.

އެކަންކަމުގެ އިތުރުން ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީއާ ހިލާފަށް ތިން ފަރާތަކުން ކޯޓޭޝަން ނުހޯދައި އަދި ކުންފުނީގެ އިސް މުވައްޒަފަކާ އާއިލީ ގުޅުން އޮތް ވިޔަފާރިއަކުން 1،516،182ރ. ގެ ތަކެތި ހޯދާފައިވުމާއި އެ ތަކެތި ހޯދަން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުގައި ހުއްދަ ދިނުމަށް އެ މުވައްޒަފު ސޮއިކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެކަންކަމުގެ އިތުރުން ހިތަދޫގައި ސެންޓްރަލް އިންޖީނުގެ އަޅަން އެހެން ރަށްރަށުން ގެންދިޔަ މުވައްޒަފުން ތިބުމަށް 10 ގެއެއް ކުއްޔަށް ނެގި ކަމަށެވެ. އޭގެ ތެރެއިން ހަ ގެއަކީ އެހެން އަވަށްތަކުން ކުއްޔަށް ނެގި ތަންތަން ކަމަށާއި އަދި އެ އަވަށްތަކުން މުވައްޒަފުން އުފުލަން 232،584ރ. އަށް ބަހެއް ކުއްޔަށް ނަގާފައިވާ ކަމަށް ބުންޏެވެ. އެހެންވެ، ކުންފުނީގެ ހަރަދުތައް ބޮޑުވެގެން ދިޔަ ކަމަށް ބުންޏެވެ.

އެ ގެތައް ކުއްޔަށް ނަގަން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް، އެ ގެ ތަކުގައި ތިބި މުވައްޒަފުންގެ ތަފްސީލުތައް ބަލަހައްޓާފައިނުވާ ކަމަށް އޮޑިޓު އޮފީހުން ފާހަގަކުރެ އެވެ.

ފާހަގަވި ބައެއް މައްސަލަތައް

- އާމްދަނީގެ ގޮތުގައި މަރަދޫފޭދޫ ބްރާންޗަށް އޮގަސްޓް 25، 2024 އިން ސެޕްޓެމްބަރު 16، 2024 އަށް 409،450ރ. ލިބިފައިވޭ. އޭގެ ތެރެއިން އެކައުންޓަށް ޖަމާކޮށްފައިވަނީ 92،410ރ. އެ ފައިސާ މަދުވުމުން އެ މުވައްޒަފަށް އެންގުމުން ވަނީ ބާކީ 317،040ރ. މިދިޔަ ސެޕްޓެމްބަރު 29 ގައި ދައްކާފައި.

- ފެނާއި ނަރުދަމާ އަދި ސެންޓްރަލް ޕަވަ ހައުސް ޕްރޮޖެކްޓަށް އިއުލާންކުރުމަކާ ނުލައި، ކޯޓޭޝަން ހޯދައިގެން ފަސް އެކްސްކަވޭޓަރާއި ހަތަރު ޕިކަޕު އަދި ބައުޒަރެއް އެއް މަހަށް ކުއްޔަށް ނަގައި، ގިނަ މަސްތަކެއް ވަންދެން އެއްބަސްވުން އާކުރި. ވެހިކަލް ހޯދުމުގައި ދިގު މުއްދަތަކަށް ފައިދާ ވަނީ ކޮން ގޮތަކަށްތޯ ނުބަލައި ވެހިކަލްތައް ކުއްޔަށް ނެގުމުން 15.9 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު ތައްޔާރުކޮށް ހިދުމަތް ހޯދާފައިވޭ. އެއީ 10 ވެހިކަލް ގަތުމަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ 4.3 މިލިއަން ރުފިޔާއަށް ވުރެ 11.6 މިލިއަން ރުފިޔާގެ އިތުރުވުމެއް.

ފެނަކައިން އިން-ހައުސްކޮށް ހަތަރު ޕްރޮޖެކްޓު ހިންގަން 85 މުވައްޒަފުން ނެގި އެވެ. ނަމަވެސް، ޑިސެމްބަރު 31، 2023 ގެ ނިޔަލަށް އެ މަސައްކަތްތައް ކުރަން އިތުރަށް 273 މުވައްޒަފުން ނެގި އެވެ. ކުންފުނީގެ މުވައްޒަފުންގެ ގަވައިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް އެ ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނަގައި އަދި ބައެއް މުވައްޒަފުންނަށް ކުރިއެރުން ދީ އަނެއް ބައި މުވައްޒަފުން ދާއިމީ ކޮށްފައިވުން.

ކަރަންޓާއި ފެނުގެ ހިދުމަތް ހޯދުމަށްފަހު ކުންފުންޏަށް 77.9 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހިމެނެ އެވެ.

36 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިފާދައިތަ

11 May 2025

ތިޔަ ވެހިކަލްތައް ކުށްޔަށް ނަގާފައިވާ ތަންތަން ޖަހާލިނަމަ ސަޅިވީސް. ސިއްރާ އަތުން ކޮންމެ ޕިކަޕެއް، ލޮރީއެއް، ބައުޒަރެެއް ކުށްޔަށް ނަގާ އެންމެ ކުޑައަގަކީ ދުވާލަކަށް 3000 ރުފިޔާ. ދުވަހުގެ ކުށްޔަށް 3 އަހަރަށް ވުރެގިނަ ދުވަސް ވަންދެން މަހުން މަހަށް ކުށްޔަށް ނަގާފައި އެބަހުރި. އޭގެ ބަދަލުގައި އެކަން ކޮށްދޭމީހާގެ ވަޒީފާ ދަމަހައްޓާލަދޭ މީހަކީ ސިއްރާ.

The name is already taken The name is available. Register?

ކަލޭމެނަށް ސަލާމް.

11 May 2025

ފޮޓޯ އިން ތިފެންނަނީތަ އައްޑޫގައި ބަހައްތާ މެގަ މެގަ ވޯޓް ޖެނަރޭޓަރުތައް؟ 2025 ހުގައިވެސް ކަލޭމެން ތިތިބަ ހިސާބު ފެނިފައި އަހަރެން ލަދުން ބޯފަޅައިގެން ހިގައްޖެ. މަރުމޯލުންވެސް ތިވަރު ކަންކަން ނުކުރާނެ. މިވަރުވާ އިރުވެސް ސަރުކާރު ވެރިންނަށް ނޭގޭތަ ފެނަކައިގެ ބޮޑުންނަށް މިކަން ނުވިކަން.

The name is already taken The name is available. Register?

ފިރާގު.

11 May 2025

ވައްކަން ހުއްތުވަން ބޭނުން ނަމަ އެންމެ ފުރަތަމަ ކަމަކަށް މާލޭގައި ހުރި ފެނަކަ އޮފީސް ބަންދުކޮށްލާ. ހުރިހާ ވައްކަމެއްގެ ފެށުން އަންނަތީ ފެނަކަ އޮފީސް ތެރެއިން. ވައްކަން ކުރާ ވަރު ހުރިވަރަކީ އިސްކުރެއްވެސް ނުގަނޭ ޖީބަށް އެއްޗެއް ނޭޅޭ ގޮތަކަށް. ޕްރޮކިއުމަންޓް އޮންލައިން ކޮށްފަ ތިޔަ އޮފީސް ބަންދު ކުރަން އުލޭ. ކޮންމެ ރަށެއްގައި ހުންނަ އޮފީހުން އެރަށެއްގެ ކަންކަން ބަލަހައްތާނީ. މައި އޮފީސް އައްޑޫގައި ބަހައްޓާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

ކ.މަތޮޅު މާލެ ފިޔަވާ އެންމެ ގިނަމީހުން ދިރިއުޅޭ އަދި ރާއްޖޭގައި އޮތް އެންމެ ބިން ބޮޑު އައްޑޫސިޓީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކަރަންޓްގެ ހިދުމަތް ލިބުނު ތަން. އަދި މެރައިން ކޭބަލް މެދުވެރިކޮށް ސާކް ސަރަޙައްދުގައި އެންމެ ފުރަތަމަ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ކަރަންޓް ގެންދިޔައީވެސް އައްޑޫގައި. އެހެން ނަމަވެސް 1965 ގައި މާލެސަރުކާރުގެ ދަށަށް އައްޑޫ ބަދަލު ވުމާއިއެކު އެމީހުން އައްޑޫ ކޫޜުވާލުނުން މަންޒަރު އެފުއް މިފުށަށް ޖެހިގެން ދިޔަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

އިޤިރޭސި ދައުލަތުން އައްޑޫސިޓީ މާލޭސަރުކާރާއި ޙަވާލުކުރުމުން އައްޑޫ އަމިއްލަ ވިޔަފާރިވެރިން އައްޑޫރައްޔިތުނަށް ކަރަންޓްދެމުން އަންނަނިކޮށް މާލޭސަރުކާރުގެފަރާތުން ކަރަންޓްގެހިދުމަތް އެމީހުންގެ ބެލުމުގެދަށަށް ގެނައިފަހުން އިރުއިރުކޮޅާ ކަރަންޓްނުކެޑޭ ޒަމާނެއް ނުދޭ. ކަރަންޓްގެމައްސަލަ ހައްލުކުރާނެކަމަށް އެންމެބޮޑަށް ވައުދުވި އިބްރާހިމްގެ ސަރުކާރުނިމުނުއިރު ކަރަންޓްގެހާލަތު އިތުރަށް ގޯސްވެގެންދިޔަ. މިދިޔަ ރޯދަމަހުވެސް ތިބެންޖެހުނީ ކަނު އަނދިރީގައި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

އައްޑޫސިޓީގެ ރައްޔިތުނަށް ކަރަންޓްގެ މައްސަލަ ހައްލު ކޮށްދިނުމުގެ ސީރިއަސް ވިސްނުނެއް މާލޭސަރުކާރު ހިންގާން ތިބި މީހުންގެ ނެތް އިރު އައްޑޫގެ ރައްޔިތުނަށާއި މިސިޓީގެ ވިޔަފާރިވެރިންނަށް އެމީހުންގެ އަމިއްލަ ފައިސާއިން ސޯލާ ހަރުކޮށް ކަރަންޓް އުފައްދަން އޮތް ފުރުސަތަށްވެސް ހުރަސް އަޅާ ސޯލާޕެނަލް ހަރުކުރި ކަމަށްވިޔަސް ކޯޓާ ހަމަވެއްޖެކަމަށް ބުނެ މާލޭ ކަރަންޓް ކުންފުނިން ދަނީ އެމީހުންގެ ކަރަންޓާއި ގުރިޑް ގުޅާދިނުމަށް ދެކޮޅުހަދާ އެކަމަށް ހުރަސް އަޅަމުން.!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

ރައީސްގެ ވިސްނުން ހުރީ ލާމަރުކަޒުކޮށްގެން ކަންކަން ކުރާންކަމަށް ރައީސް ވިދާޅުވާއިރު ފެނަކަ ކުންފުނީގެ އެއްވެސް ވިޔަފާރިއެއް އެރަށުގައިނެތް އަދި ކުންފުންޏަށް އެތަނަކުން މާލީ އެއްވެސް ފައިދާއެއްނުލިބޭ ކ.އަތޮޅު މާލޭގައި މަހެއްގެމައްޗަށް އެތައްމިލިޔަން ރުފިޔާ ޙަރަދުކުރާ ހެޑްއޮފީސް ހަދައި، އައްޑޫ އިންޖީނު ގޭގެ މުޅި އޮޕަރޭޝަނަށް ޙަރަދުނުކުރާ ފައިސާ އަށްވުރެން ބޮޑު އެއްޗެއް ތިޔަ އޮފީހަށް ޙަރަދު ކުރާން ފެނަކަ ހެޑްއޮފީސް ތިރަށުގައި ބަހައްޓަނީ ކީއްވެ؟!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

މަތީގައިދެންނެވި ކަންތައްތައް ހުރީ މިހެންކަން އިގޭއިރު އަދި ކަރަންޓްގެސަބަބުން އައްޑޫރައްޔިތުންގެ މުދަލަށް ގެއްލުންލިބި، މާލީގެއްލުންތަކާއި ކުރިމަތިލާންޖެހޭކަން މާލޭސަރުކާރު ހިންގާން ޙަވާލުވާ މާލޭމީހުންނަށް އިގޭއިރުވެސް އަދި ބަގުރޫޓްވެފައިވާ FENAKA އަށް އައްޑޫ ކަރަންޓްގެމައްސަލަ ހައްލު ނުކުރެވޭނެކަމާއި، އަދި ކުރާންޖެހޭ އިންވެސްޓްމަންޓް ކުރެވޭނެ ޤާބިލްކަން ނެތްކަންއިގޭއިރުވެސް އައްޑުއަށް ކަރަންޓްހިދުމަތްދޭން STELCO އާއި ޙަވާލުކުރަން ބޭނުމެއްނުވޭ.!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

ޤައުމީތަރައްޤީގެ 20 އަހަރުގެ މާސްޓާރޕްލޭނަށް ޤާނޫނީބާރުވެރިކަން ދޭނެކަމަށް ވިދާޅުވެފައިވާއިރު، މަތީގައިދެންނެވި ރަށްރަށުގެ ފެނާއިނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ރައްޔިތުން އިތުބާރުކުރާ ފުރިހަމަހިދުމަތަކަށް ހަދަން ބޮޑެތި ސިޓީތަކުގެ ފެނާއިނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ފެނަކައިން ވަކިކޮށް STELCO ގެ ދަށަށް ކަރަންޓް، ފެނާއިނަރުދަމާގެ ހިދުމަތް MWSC ގެ ދަށަށް ބަދަލުކޮށް ސިޓީތަކުގެ ޔޫޓިލިޓީޒް ހިދުމަތް މެދުކެޑުމެއްނެތި ލިބޭގޮތްހަދާދޭން ނުވިސްނަނީތޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2025

އުފެދުނު ދުވަހުންފެށިގެން، ވައްކަމާއި ޙިޔާނާތުގެ މޫ ލާފައިއޮތް މ ސަރުކާރު FENAKA ކުންފުންޏަކީ އައްޑުއަށް ކަރަންޓްދިނުމަށް ބޭނުންވާ ފައިސާއާއި، ޓެކްނިކަލް އަދި ހިންގުމުގެ ތަޖުރިބާވެސްނެތް ކުންފުންޏެއް. އައްޑޫސިޓީ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި، ހަނިމާދޫ ފަދަ ރަށްރަށަށް ތިކުންފުންޏަކަށް ކަރަންޓް ހިދުމަތް ނުދެވޭނެ. ފެނަކަ އިން ތިކަންކުރާނަމަ، އެމީހުނަށް ކުރެވޭނީ މިހާރުވެސް ދެމުންގެންދާ ފަދަ "ފިޔަޖަހާ ކަރަންޓްގެ ހިދުމަތް" ކަން އެންމެނަށް އިގޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454