ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިދު. ފޮޓޯ: ނިޝާން އަލީ/މިހާރު
26 ސެޕްޓެމްބަރ 2025 - 19:36
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ދައުލަތުގެ ޔޫޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު، އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓަށް ފަހު އޮޑިޓާ ޖެނެެރަލް ހުސައިން ނިޔާޒީ ރޭ މެންދަމު ނެރުއްވި ރިޕޯޓްގައިވާ ގޮތުން، ސައީދުގެ އާއިލީ ތިން ކުންފުންޏަކާ އެކު މުދަލާއި ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް، އެ މުއްދަތުގައި ހެދި އެވެ.
އެއީ ޝެލްޓާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނި އަދި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.
ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެކެވެ.
އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި އެ ކުންފުންޏަށް ފެނަކައިން 84 އެއްބަސްވުމެއްގެ ދަށުން 22.2 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި އެވެ. ބިޑަށް ހުޅުވާލުމަކާ ނުލައި، ދިން އެ މަސައްްކަތްތަކަށް 16.4 މިލިއަން ރުފިޔާ ދޫކޮށްފަައިވާ ކަން ވެސް އޮޑިޓުން އެނގުނެވެ.
އެ ކުންފުންޏާ މައިގަނޑު ގޮތެއްގައި ހަވާލުކޮށްފައި ވަނީ ރަށްރަށުގައި އިމާރާތްކުރި އިންޖީނުގެތަކާއި އޮފީސްތަކަށް އެލުމިނިއަމް ދޮރު ޖެހުމުގެ މަސައްކަތެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް ހަ އެއްބަސްވުމެއްގެ ދަށުން 15.7 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި އެވެ. އޭގެ ތެރެއިން 10.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އެ ކުންފުންޏާ ހަވާލުކުރީ އާ އޮފީސް އިމާރާތަކާއި އިންޖީނުގެއަކާއި ތިން ރަށެއްގެ އިންޖީނުގެއަށް ފިއުލް ޓޭންކް ހެދުމުގެ މަސައްކަތެވެ.
އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަން މި ކުންފުންޏާ އެކު ސޮއިކުރި ދެ އެއްބަސްވުމުގެ އަގު 11.6 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 4.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
މިއާ އެކު، ތިން ކުންފުންޏަށް ދޫކުރި ފައިސާގެ ޖުމްލަ އަކީ 31.1 މިލިއަން ރުފިޔާ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާރަސީލް
29 September 2025
ނައިސް ، ވެރީ ނައިސް، ދިވެހިންނަށް މަރުހަބާ
ސުހާނާ
28 September 2025
އެތަނުގެ ޕްރޮކިއުމަންޓް އުސޫލުގައި ކުރިން އޮންނަނީ ކުންފުނީގެ ވެރިންގެ ތިމާގެ މީހުން ހިންގާ ތަންތަނުން ޚިދުމަތް ނުހޯދޭ ގޮތަށް. މީނާ އެތަނާ ހަވާލުވެފައި އެ އުސޫލު އުވާލީ. އުވާލާފައި ޅިޔަނާ މަސައްކަތް ހަވާލުކުރަން ފެށީ.
ހައްގަޓޭ
28 September 2025
ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ "ޅިޔަނެއްގެ ދަރިއެއްގެ" ކުންފުންޏެކެވެ. އޭނަގެ ދައްތަގެ ދަރިއެއްތަ؟؟
ވޯލް
28 September 2025
އަހަރުންނަށް މާ ކުރިންވެސ އެނގޭ. އަދި މިސަރުކާރުގައި ފެނެކަ ހިންގަން ހަވާލުވި މީހުންވެސް ވައްކަން ކުރި. ރާއްޖޭގެ ސިޔާސީ މައިދާނުގައި އުލޭ އެންމެ އެބަޖަހެ މި ނިޒާމުން ބޭރުކުރަން. ސިޔާސީ މައިދާނުގައި ނުޅޭ، ޤާބިލް އިހްލާސްތެރިއެެއް ދެން ރައީުސް ކަމަށް ހޮވަންވީ.
މީމީ
27 September 2025
ވާއު ، ވަޓަ ކަންޓްރީ
ކަތްދައްތަ
27 September 2025
ގައުމުގަ މިހުންނަ މިނިވަން މުވައްސަސާތަކުން މަސައްކަތް މިކުރަނީ މަހާނަމައްޗަށް މަޑިއަށް ޖެހޭ އުސޫލުން. ހުރިހާ ކަމެއްވެ ނިމިގެން ގޮސް އެތައް ޒަމާނެއް ވުމުން ރިޕޯޓެއް މިނެރެނީ، އެކަން ކުރި މީހާގެ އޮންނަނީ މޫނު އަޅަންވެފަ. ސަރުކާރެއް ހިނގަމުންދާއިރު އެސަރުކާރުގެ ތެރެއިން ހިންގާ ކަންކަން ބަލައި ފިޔަވަޅު އަޅަން ނުފަށާހާހިނދު މިކަމަކީ ކަނޑެއްގައި އަޅާ ރޮގެއްފަދަ ކަމެއް. މިރިޕޯޓްގެ އަސްލު ބޭނުމަކީ އަންނަން އޮތް އިންތިޚާބަކަށް ސަރުކާރަށް ވާގިދިނުން. (1)
ހުމޮތެ
27 September 2025
މި ގައުމުގައި އެމީހަކު ބޭނުން ދޮގު ވާހަކައެއް ދައްކާފަ ބުނަންވީ އެއީ ސިޔާސީ ވާހަކައޭ. ބޭނުން ވަރަކަށް ވައްކަންކޮށްފަ، ބުނަންވީ އެއީ ސިޔާސީ ގޮތުން ޖައްސާލިއްޔޭ.
ނާސިހު
27 September 2025
އިތުބާރު ކުރެވޭ ބިޑިންގް ޕްރޮސެސް އެއްގެ ތެރެއިންނަމަ، އެންމެ ގާބިލު ބަޔަކައް ދިނުން އެންމެ ރަނގަޅު. ނަމަވެސް މިބައި ގޯސްނަމަ އެއީ ކޮރަޕްޓް މުއާމަލާތަކަށް ވުމުގެ ފުރުސަތު ބޮޑު.
ސަނާނުކިޔާ އާދަނު
27 September 2025
މައުމޫނު ސަރުކާރުގައި އޮތީ އެންމެ އަގުހެޔޮ އެންމެ ޤާބިލް ބަޔަކަށް ދެވޭ ގޮތަށް ގާނޫނުތަކާއި ގަވާއިދު، އޭރު އެއްޗެއް ކައްވާލެވޭނީ އެންމެ އަގުހެޔޮކޮށް ހުށަހެޅީ ކޮންބަޔަކުތޯ އެކަމާ ގުޅޭ މީހަކަށް ލާރިކޮޅެއް ދީގެން ބަލައި އެއަށްވުރެ އަގުހެޔޮކޮށް ފަހު ވަގުތު ހުށަހަޅައިގެން. އަނިއްގެ އަނެއް ދިވެހިރާއްޖެ އައި ހިސާބުން ގަވާއިދު ބަދަލުކޮށް ބޭނުން ބަޔަކަށް ދެވޭގޮތަށް އޮންނަނީ. އަދި ސަރުކާރު ބޭނުން އަގަކު ޕްރޮޖެކްޓް ހަވާލު ކުރަނީ. ދެން ނުކުންނާނެ ނަތީޖާމީ!
އަފްރާސިޔާބު
27 September 2025
ސިންގަލް ބިޑަށް އަދި އިއުލާން ކުރުމަކާއި ނުލައި އެތެރެ އެތެރެއިން ނިންމާ ކޮންމެ ކަމެއްވެސް ނިންމާނީ އޭގައި ކޮރަޕްޝަނުގެ ކަންކަން ހިމަނައިގެން. މީހާރު ކުރިއަށްވުރެ އެތައްގުނައެއް ބޮޑު. ޔާމީނު ވިދާޅުވީ ބީއެމްއެލް ތެރެއިން ޗެކް ކްލިއަރކޮށްގެން އެހެން ކުންފިންޏެއްގެ އެކައުންޓަށް ޖަމާކުރެވޭނީ އެމްއެމްއޭގެ ކްލިއަރިންޑިޕާޓްމަންޓުން ހުއްދަ ކުރީމާކަމަށް. އެހެންވީމާ އެމްއެމްއޭގެ އަތެއް އެމްއެމްޕީއާރްސީގެ މައްސަލާގައި އޮންނާނެ ކަމަށް.
ބިރިޔާނީ
27 September 2025
އެންމެންވެސް ކަނީ، އޭރު ކެއި ގްރޫޕު މިހާރު ނުކެވޭތީ މަގު މައްޗަށް ނިކުންނަނީ. އަހަރުމެން އާއްމު ރައްޔިތުން ހަމަ މިހެން ތިބެން ޖެހޭނީ. ދެން ވެރިކަމަށް ގެންނާނީވެސް ކާ ގުރޫޕެއް ...ވ ވެދުން
މިސްޓަރ ވާން
27 September 2025
ދެން މިވެރިކަމުގައި އަވަހަށް ފިޔަވަޅު އަޅުއްވަފަ ނޫހުގައި ޖަހާބަލަ. މިވެރިކަން ނިމޭއިރުވެސް ފިޔަވަޅެއް އެޅޭނެބާ؟ މިވެރިކަން ނިމޭއިރު ވެސް ފިޔަވާޅުނޭޅޭނަމަ ދެން މިކަމަށް ކިޔޭނީ " ލަނޑަޔާ ވާނީ ލަނޑަޔާ" އެވެ. ނޫންތަ؟