އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އޮޑިޓަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އޮޑިޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
23 އޮކްޓޯބަރ 2025 - 13:09
ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ހާލަތު އެހާ ގޯސްވީ، އެ ކުންފުނީގެ ބޯޑާއި ޕީސީބީ އާއި ފިނޭންސް މިނިސްޓްރީގެ އިހުމާލުން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ އިސްވެރިން ހާޒިރުކޮށް، ސުވާލު ކުރުމުން އެ އޮފީހުގެ އެސިސްޓެންޓް އޮޑިޓަ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، ފެނަކައިގެ ބޯޑަކީ، ކުންފުނީގެ މާލީ ހާލަތާއި ސްޓްރެޓެޖިކް ޑައިރެކްޝަން ކަނޑައަޅާ ބަޔަކަށް ވާއިރު، އެ ޒިންމާތައް އެ ބޯޑުން އަދާކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނިން އިންހައުސް ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް ގެންގުނު އުސޫލުތަކާ ގުޅޭ ގޮތުން ބޯޑުން އެއްވެސް ނިންމުމެއް ނިންމާފަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވި ގޮތުގައި، ކުންފުނީގެ ހާލަތު ބަލައި، ރަނގަޅު މިސްރާބަށް ގެންދިއުމުގައި ބޯޑުގެ ޒިންމާ ބޮޑެވެ.
އައިމަން ވިދާޅުވީ، ބޯޑުގެ އިތުރުން ފެނަކައިގެ މައްސަލާގައި ޕީސީބީގެ ޒިންމާ ވެސް ފުރިހަމަ އަށް އަދާނުކުރާ ކަމަށެވެ. އަދި އެ ކުންފުނީގެ ހިސާބުތައް ނުބެލި، ކުންފުނި ހަރުދަނާ ކުރުމުގައި އެ އިދާރާގެ އިހުމާލު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވީ، އެ ކުންފުނީގެ ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން ފެނަކައިން ފޮނުވާ ސިޓީތަކަށް ކަންކަން ރަނގަޅަށް ބެލުމުގެ ބަދަލުގައި ފައިސާތައް ދެމުން ދިޔަކަން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ސިޓީއެއް ފޮނުވާލާ އިރަށް އެތައް ބައިވަރު ސަތޭކަ މިލިއަނުން ފައިސާ ދެމުން ދިޔަތަން. ކުންފުނިން އެޑްވާންސް ޓެފިރާއި މި ހުރިހާ އެއްޗަކަށް ރިކުއެސްޓް ކުރަމުން އަންނަ ސަބަބު މާލީ ވުޒާރާއިން އެބަ ބެލެން ޖެހޭ. ދައުލަތުގެ ހުރިހާ މާލީ ކަންކަމުގެ ކަސްޓޯޑިއަން އަކީ މިނިސްޓްރީ އޮފް ފައިނޭންސް،" އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ދެ މެމްބަރުން ކަމަށްވާ މަޖިލިހުގެ ނައިބު ރައީސް ނާޒިމް (ވ) އާއި އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަޝްވަރާއެއްގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭނާ ވިދާޅުވީ، އެހާ ފަސޭހައިން ލުއި ގޮތަކަށް ދައުލަތުގެ ފައިސާ ދޫކުރުން އެއީ ފިނޭންސް މިނިސްޓްރީން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ފެނަކައިގެ ހާލަތު އެ ހިސާބަށް ދިޔައީ ޒިންމާ ނަގަންޖެހޭ ހުރިހާ އިދާރާތައް ފެއިލްވުމުން ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އޮޑިޓަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އޮޑިޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފެނަކަ ކޯޕަރޭޝަންގެ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގެ މާލީ ހާލަތާއި މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު، މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެމްއައިބީ އިން 400 މިލިއަން ރުފިޔާގެ ލޯނެއް ނެގި އިރު ފިނޭންސް މިނިސްޓްރީން ޓެރިފް އެޑްވާންސްގެ ގޮތުގައި ވެސް 618 މިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ. އަދި އެސްޓީއޯ މެދުވެރިކޮށް 231 މިލިއަން ރުފިޔާގެ ލޯނެއް ވެސް ފެނަކައަށް ނެގި އެވެ. އެ މުއާމަލާތްތައް ހިންގީ ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމާ އެކު އެވެ.
ފެނަކައިގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުނިން ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. އަދި އޭރުގެ ވެރިކަން ކުރި ޕާޓީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންގެ ހިއްސާއޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާކަން ވެސް ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިޔަރަތު
26 October 2025
އޮޑިޓަރ ޖެނެރަލްއަކީ ކޮންމެ ބަޔަކު ދައުލަތް ލޫޓުވާނިމުނީމަ އެތައް އަހަރެއްފަހުން ސިޔަރަތު ކިޔައިދޭން ތިބޭ ބައެއްތޯ؟ މިހާ ހިގަމުންދާ ކަންތައްތައް ހިގަމުންދަނީ އޮޑިޓު ރިކޮމެންޑޭށަންތަކާއި އެއްގޮތައްތޯ؟ ކެބިނެޓުން ބިޑަކާއި ނުލައި ޕްރޮޖެކްޓުތައް އެވޯޑުކުރެވޭގޮތައް ގަވައިދު ބަދަލުކުރުމަކީ މާލިއްޔަތު ގާނޫނުގެ މަގުސަދުތަކާއި ފުށުއަރައި އެގާނޫނުގެ މަގުސަދުތައް ގެއްލޭ ކަމެއްތޯ؟ އޭސީސީގެ ގާނޫނާއި ފުށުއަރާ ކަމެއްތޯ؟
ހާބުރި
25 October 2025
މި ސަރުކާރުން ބިޑަކާ ނުލައި 15 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. ސުކުރިއްޔާ
ޖެނެރަލްޒީ1
24 October 2025
އޮޑިޓަރ ޖެނެރަލް ދުވަހަކުވެސް ނުޖެހޭނެ ތަންތަނުގެ ޕާފޯމަންސް، އެފިޝަންސީ އޮޑިޓެއް ހަދާލުމުގެ ޒިންމާއެއް ނަގާކަށް. މުޅީންވެސް އެހެން މީހުން ޒިންމާ ނަގަންޖެހޭނީ. ހަތަރު ފަސް އަހަރު، ބޭނުމެއް ނެތް އެތައް މުވައްޒަފުންތަކެއް އެކި ހިސާބުތަކުގައި ސިޔާސީ ބޭނުމަށް ލައިގެން އުޅޭއިރު އޮޑިޓަރ ޖެނެރަލްގެ ޒިންމާއެއް ނެތް.
ލުބްލާ2025
23 October 2025
ޒިންމާއޭ؟ ލޮލް. ތީ މިގައުމުގެ މީހުން ދަންނަ ބަހެއްނޫން.
އިބިރަހިމާ
23 October 2025
އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އައިމަން އަށްވެސް ބުނެދެން އިނގުނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ހާލަތު ގޯސްވިގޮތްދޯ. މިހާރުގެ ސަރުކާރުގަ ފެނަކައަކީ ހަމަ ޖަވާހިރެއްދޯ. އައިމަން ވެސް މަގާމުގެ ދިފާއުގަ ހަމަ ކޮންމެ ވާހަކައެއްވެސް ބުނެލަފާނެކަން އެބަ އިނގޭތާ.
އަފްރާސިޔާބު
23 October 2025
ހުސް އަގުޅިނެތް ކަންނެޔޮ ތަކެއް. ބަޔަކު ކާނެވަރަކަށް ކައިފައި ދިޔައީމާ ދެންގޮސް ޚާއްޞަ އޮޑިޓެއް ހަދައި މިވަރަށް ކާލާފައޭހުރީ ބުނަން. ތިޔަ ވާހަކަ ތިގޮތަށް ދެއްކިއިރު ކީއްވެ 2021 އިން 2023 އަށް ފެނަކައަށް ހޯދި ތަކެތީގެ ލިސްޓަކާއި އެތަކެތި ގަތުމަށް ހޭދަކުރި ފައިސާއާއި ކުންފުނި ނުބެދެވެންވީ. އެއްކޮޅޭ ކޮއްކޮ މެންތިދައްކަނީ. ދެކޮޅު ދެއްކީމާ ރައްޔިތުންނަށް ވާނުވާގޮތް އެނގޭނީ.
ރާމަލިންގަމް
24 October 2025
ބަލަ އޮޑިޓަރަށް އޮޑިޓް ކުރަން ކެރެނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުނީމަ، އޭގެ ކުރިން އޮޑިޓަރަށް މިނިވަންކަމާއެކު އަމިއްލަ އިސްނެގުމަށް އެއްވެސް ތަނެއް އޮޑިޓް ކުރާކަށް ނުކެރޭ، މާލިއްޔަތު ކޮމިޓީ ދެކެ ގަންނަ ބިރަކުން، އޮޑިޓަރު ކުރަންޖެހޭ އޮޑިޓާއި ރިޕޯޓް ނެރެންޖެހޭ ދުވަސްވެސް އަންގަނީ މާލިއްޔަތު ކޮމިޓީން، އެހެންވީމާ، މާލިއްޔަތު ކޮމިޓީގެ ބާރުއޮތް ބަޔަކު ވެރިކަމުގައި ތިއްބާ އެބައި މީހުން އޮޑިޓެއް ނުކުރެވޭނެ،
ސްލީޕިން ބިއުޓީސް
23 October 2025
އޮޑިޓް އޮފީސް އަދި އޭސީސީ ވެސް އޭރު ނިދި ކުރައްވާފަ އޮތީ. 2024 އަދި 2025 ގެ ވާހަކަ ދައްކާލަން މި ބޭފުޅުންނަށް ހޭލެވޭނީ 2030 ގަ ކަމަށް ގަބޫލް ކުރެވެނީ.
ވިސާނާ
23 October 2025
ކޮބާ ތިކަމުގައި ޒިންމާވާންޖެހޭ އެކަކު ޕެންޝަން ބޯޑުން އިސްތިއުފާ އެދިނީ މުޅިގައުމު ދަރުވާލާ ގޯތިތައްބަހާ ގައުމު އިދަޖައްސާލި މީހުން ބޮލާފޮށާ އެޅިގެން ނިކުމެ ހަޅޭލަވަނީ
ގޮނުއަނގަ
23 October 2025
ފެނަކައިގެ ޒިންމާ ނަގާނެ ބަޔަކު މިހާރު ތިބިނަމަ ކީއްވެތޯ އޭރަށްވުރެ މާނުބައިކޮށް މިހާރުވެސް މަސައްކަތް ނެތްވަރަށް މުވައްޒަފުން ނަގައިގެން ޕާޓީ އަށް މީހުން އަޅާއިރު އެކަން ނުބަލަނީ. އޭރުގެ ކިޔާއިރު މިހާރު ހުރި ޙާލަތު ނުބަލާ އޭރުގެ ޥާހަކަ ދެއްކުމަކީ ގުދޯ ގުދޯ ގޮވުން.
ހޯސްފޯސް
23 October 2025
ގޮނުއަނގަޔާ މޑޕ މިހާރުގެ ކަންކަމޭ ބުނެ ހަޅޭއްލެވުން ވެސް އެއީ ގުދޯގުދޯ ގޮވުން ކަން ނޭނގޭ ހާލަތުގަ އެންމެން ތިބެގެން ދެން ހިނގާ ހުރިހާ ކޮމެންޓޭމެން "ގުދޯގުދޯ" މިހެން އެކަނި ލިޔަމާ.
ކޮކާލަށްނެށުން
23 October 2025
އެސަރުކާރެއްގެ ދުވަސްވަރު އެސަރުކާރެއްގެ ބާރުގައި ހިންގާ ނޭދެވޭ ކަންކަމާބެހޭ ރިޕޯޓެއް ނެރެލައްވަންކެރޭވަރުގެ ހަރުދަނާކަމެއް ނުހުންނާނެ. އިސްވެދިޔަ ތިންހަތަރު އޮޑިޓަޖެނެރަލުން އަރިހުގާ އުޅުއްވާ އެބޭފުޅުންގެ ކަންތައް ނިމިދިޔަ ގޮތް އެހާގާތުން ލޮލުންދެކެއަތުން ހިފާފާ ތިއްބެވި ބޭފުޅުންނަށްވާނީ "ގިނިދުށްމީހާ ރަތްމަލަށްބިރުގަންނަ" ގޮތް.