ފެނަކައިގެ ބައެއް ޕްރޮޖެކްޓްތަކަށް، މާކެޓް ރޭޓަށް ވުރެ އިތުރަށް 767.3 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވޭ. އާ ޖަނަރޭޓަރުތަކުގެ ނަމުގައި ގެނެސްފައި ހުރީ މަރާމާތު ކޮށްފައިވާ ބާ ޖަނަރޭޓަރުތައް.
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ އެމްޑީ ސައީދު.
26 ސެޕްޓެމްބަރ 2025 - 11:34
ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 379 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރޭގެ 12 ޖަހާކަންހާއިރު އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ މާލީ ހާލަތު މިހާރު އޮތް ވަރަށް ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ކޯޕަރޭޝަނުން، މާލީ ހާލަތާ ނުބައްދަލު، އަދި އެ ވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
"ފެނަކަ ކޯޕަރޭޝަނުގެ މާލީ ހާލަތު 2019 ވަނަ އަހަރުން ފެށިގެން، އަހަރުން އަހަރަށް ގޯސްވެ، ކުންފުނިން އެކި ފަރާތްތަަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، ދަރަނި އިތުރުވެގެން ގޮސްފައި ވަނީ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރާ ފައިސާ އިން ކުންފުނި ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭތީ ނޫން ކަމާއި ނަމަވެސް ކުންފުނީގެ މެނޭޖްމަންޓާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން ރޭވުންތެރިކަމާ ޒިންމާދާރު ކަމެއް ނެތި، ކުންފުނީގެ މާލީ ހާލަތާއި ލިބޭ އާމްދަނީއާ ނުބައްދަލު، އެ ވަގުތަށް މުހިއްމު ނޫން ބޮޑެތި ހަރަދުތައް އެއްފަހަރާ ކުރުމުގެ ސަބަބުންނާއި ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ ކަންކަމުގައި [ހިންގި] ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއްގެ ސީދާ ނަތީޖާ ކަމުގައި ފާހަގަކުރެވުން،" އޮޑިޓް ރިޕޯޓްގައި ވެ އެވެ.
Fenaka Corporation Limited - Procurement and Financial Management - Special Audithttps://t.co/zvCb6XNYY7 pic.twitter.com/4wma60wcp5
— AGO (@AuditMV) September 25, 2025
އެހެންވެ، ފެނަކަ މިހާރު ވެއްޓިފައި އޮތް މާލީ ހާލަތަކީ މެދުވެރިވި ހާލަތެއް ނޫން ކަމަށާއި އެއީ ކުރިމަތިކުރި ހާލަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އަޅަން 2023 ވަނަ އަހަރު ނިމުނު އިރު، ކޮށްފައިވާ ހަރަދާއި ނުނިމި ހުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ އެއްކޮށްލުމުން، އެ ޕްރޮޖެކްޓްތަކަށް، މާކެޓް ރޭޓަށް ވުރެ އިތުރަށް 767.3 މިލިޔަން ރުފިޔާ ހަރަދު ވެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ، ބޮޑު އަނެއް ގެއްލުމަކީ ފެނަކަ އަށް ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަންނަން ހެދި އެއްބަސްވުންތަކުން، އެ ތަކެތި ހޯދަން ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް 287 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމެވެ.
އެގޮތަށް ހަރަދު ކޮށްގެން އާ ޖަނަރޭޓަރުތަކުގެ ނަމުގައި ގެނެސްފައި ހުރީ މަރާމާތު ކޮށްފައިވާ ބާ ޖަނަރޭޓަރުތައް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
ފެނަކައިން ފައިސާ ހަރަދުކުރި ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައި ވެސް ކޮރަޕްޝަނުގެ ތެރެއިން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ގެއްލިފައިވާ ކަން އެ ރިޕޯޓުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބިންސުލައިމާން
27 September 2025
ތަނެއް ދޮރެއް ނޭގުނަސް އޮޑިޓް ރިޕޯޓް ލިޔާތި. ރަށެއްގެ ކަރަންޓް ކެޑިގެން އިމަޖެންސީވެގެން ޖަނަރޭޓާރ ގަންނަންޔާ އެމަޖެންސީ ޕްރޮކިއުމަންޓް އިސޫލް ތަކެއްވެސް އޮވޭ. މުވައްޒަފުންގެ އަދަދާއި ބެހޭ އެއްޗެއް ލިޔަންވެސް ނޭގުނީ؟
އަދީބު
26 September 2025
ކޮސްވެ އަންތަރީސް ވެއްޖެ
ސިހާމު
26 September 2025
މިސައީދަކު އިން ލޫޓުވައިފި ޖަހާފައިން ޕޯސްޓެއް ކޮައްފަ އަދިކިރިޔާ މިގެޓުވީ
ލާކީ
26 September 2025
ޕާޓީ ނިޒާމު ވަނީ ފެއިލު ވެފަ ހުރިހާ ޕާޓީ އެއްގަވެސް އިންތިހާޔައް ކޮރަފުސަން
ނުހައްގު
26 September 2025
ގަސްދުގައި ބޮޑު އަގު ޖަހައިގެން ކޮރަޕްޝަން ހިންގި ކުންފުނިތަކުގެ މުދަލާއި ފައިސާ އަދި އެކުންފުނިތަކުގެ ވެރިންގެ މުދަލާއި ފައިސާ ލަސްނުކޮށް ދައުލަތަށް ނުނެގޭނަމަ ތިޔަ ރިޕޯޓުގެ ބޭނުމެއް ނެތް. އަދި ވަގުތުން ވަގުތަށް ބޭންކު އެކައުންޓްތައް ވެސް ފްރީޒް ކުރަންޖެހޭނެ. މިހެން ނުވާނަމަ ތި ރިޕޯޓްގެ ބޭނުމެއް ނެތް.
ޑަކައިތު
26 September 2025
މިހާރުން މިހާރަށް ފެނަކަ ނުވާލަންޖެހޭ. ކޮންމެ ސަރުކާރެއްގާވެސް އެންމެގިނައިން ކާކުންފުންޏަކަށް ވަނީ ފެނަކަ. އަދީބު ހުރިއިރު އެމްއެމްޕަިއަަރުސީ ނަގާފާ.
ސިނާ.
26 September 2025
ލޫޓުވާލައިފި
ކެރެންޏާ
26 September 2025
ސަރުކާރަށް ކެރެންޏާ މިހާރުވެސް ތަހުޤީގު ކުރަންވީ. ސަރުކާރުގެ ހަތެއް ނެތްކަން ވަރަށް ސާފުކޮށް އެބަފެނޭ. ފެނަކަ ސައީދުގެ ހުރިހާ ވވ ބަލަންވީ. ނުކެރޭނެ. ހަމަ އެގޮތަށް މިސަރުކާރުން ކުރި އަދި ކުރަމުންދާ ހުރިހާ ކަމެއްވެސް ބަލާނެކަން ހަނދާން ބަހައްޓަންވާނެ. އަޅުގަނޑު ޗެލެންޖު ކުރަން ސަރުކާރަށް ބަލަން ކެރޭތޯ؟ ކުރީ ސަރުކާރުގެ ހުރިހާ ކޮރަޕްޝަނެއް. ހަމަ ތި ބޭފުޅުންގެ ސޯޓު ބެލޭނީ އާޚިރުގައި.
ކައުންސެލަރު....
26 September 2025
މިކަން މިހެންވެގެންދޮތަ އެމްޑީޕީން އަބަދުވެސް ގޮވަނީ ކޮރަޕްޝަނޭ ވަގޭ ވަގޭ ވަގޭ. ،، ހީވާނީ އަބަދުވެސް ދެންތިބޭނީ ހައްތަހާވެސް ވަގުންނޭ. ފެނޭ! ޔާމީނާ އަދީބު ވިތަ އެއްޗަކަށް؟
ބޭޗާރާ
26 September 2025
ހުރިހާބިޑެއް ދިރާސާކުރާ ކޮމެޓީގައި އޭސީސީގެ މުވައްޒަފުންވެސް ބައިތިއްބަންވީ. އޭރުން ފާސްވާ ބިޑެއްގައި ކޮރަޕްޝަނޭކިޔާކަށް ޖާގައެއް ނޯންނާނެނު؟