ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު. ހުސައިން ޝަމީމް (އަނދުން ހުސައިން)
27 ސެޕްޓެމްބަރ 2025 - 20:53
ވާދަވެރި ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން ފެނަކަ ކޯޕަރޭޝަނަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ހިންގާފައި އޮތް ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށްފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓް އާއްމުކުރީ އިއްޔެ ރޭ މެންދުމުގެ ވަގުތެއްގަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފެނަކަ އަށް އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައި ވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 112 މިލިއަން ރުފިޔާގެ ގެ އަޑީތެޔޮ ގަތީ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 19 ވަނަ މަޖިލީހުގެ މެމްބަރު އަނދުން ހުސައިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ފެނަކައިން އެ ކުންފުނި އަތުން އެހާ ގިނަ އަދަދަކަށް އަޑީތެޔޮ ގަނެފައި ވާއިރު، އަޑީތެލަކީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީން ވެސް އެތެރެކުރާ އެއްޗެކެވެ. ނަމަވެސް ރިޕޯޓްގައިވާ ގޮތުން ފެނަކައަށް އެމްޓީސީސީން ގަތީ އެންމެ 15 މިލިއަން ރުފިޔާގެ އަޑީތެލެވެ. އަދި ސްޓެލްކޯ އަތުން 45،852ރ. ގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އެ މުއްދަތުގައި ފެނަކަ އަށް އަޑީތެޔޮ ގަތުމުގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި އަޑީތެޔޮ ގަނެފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާ މިންވަރަށް، އެ ދުވަހުން އެދުވަހަށް ޕާޗޭޒް އޯޑަރުތައް ފޮނުވައިގެން ކަމަށެވެ.
ވާދަވެރި ބީލަމަށް ހުޅުވައި ނުލައި އެގޮތަށް ވަކި ކުންފުންޏެއްގެ އަތުން އަޑީތެޔޮ ގަތުމަކީ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމަށް މަގުފަހިވާނެ ކަމެކެވެ.
އޮޑިޓުން ދެއްކި ގޮތުގައި އެ މުއްދަތުގައި ފެނަކައަށް ސްޕެއާ ޕާޓްސްގެ ބޮޑު ބައެއް ވެސް ގަތީ ވާދަވެރި ބީލަމަށް ހުޅުވައި ނުލަ. އެވެ. އެ މުއްދަތުގައި އެ ކޯޕަރޭޝަނަށް ޖުމްލަ 245.1 މިލިއަން ރުފިޔާގެ ސްޕެއާ ޕާޓްސް ގަތް އިރު ބީލަން އުސޫލުން ގަތީ އެންމެ ހަތް ލައްކަ ރުފިޔާގެ ސްޕެއާޕާޓްސް އެވެ.
ފެނަކައިގެ އޮޑިޓުގައި ކޮރަޕްޝަނަށް މަގުފަހިވާ އެ ނޫން ވެސް އެތައް މައްސަލަތަކެއް ބަޔާންކޮށްފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1206
29 September 2025
ލޫޓުވި ވާހަކަ ދައްކަން އެމް.ޑީ.ޕީ ލަދުގަންނަން ޖެހޭނެ. ކަރަޕްޝަން ހުއްޓުވަން އެންމެ ފުރަތަމަ މި ގައުމުގެ ވެރިކަމަށް އައި ބަޔަކީ އެމް.ޑީ.ޕީ. ނަމަވެސް އެމް.ޑީ.ޕީ އިން ކުރި ކަމަކީ ކަރަޕްޝަން ހުއްޓުވުމުގެ ބަދަލުގައި ކަރަޕްޝަން ހިންގާނެ އައު މަގުތަކެއް ގޮތްތަކެއް ތަޢާރަފުކޮށްދިނީ. ފުރަތަމަ ކަމަކީ ތަރައްގީގެ ފުރިހަމަ ނީޑް ބޭސްޑް ޕްލޭނެއް ނެތި ފުނިފުންޏަށް ވައުދު ވުން. ރިހާކުރު ހޮޅިޔާއި ދިޔާހަކުރު ހޮޅިޔާ، ގޭދޮށު މަސްފެކްޓަރީއާ މިހެން ގޮސް ނަން ހުސްކޮށް.
މުހައްމަދ ސައީދު
29 September 2025
ފެނަކައަކީ އަބަދުވެސް އަންނަ ސަރުކާރަކުން އެބައިމީހުންގެ ކެމްޕެއިންއަށް ފަންޑު ކުރަން ހިންގާ ބޮޑުޖަރީމާތަށް ހިންގަން ހިންގޭ ކުންފުންޏެކެވެ. އެމީހުން ކުރަނީކީ ވައްކަމެއް ނޫނެވެ. ގައުމު ލޫޓްވާލަނީކީ ސިއްރެކުންވެސް ނޫނެއެވެ. މީ އަބަދުވެސް އެގޭ ކަމެކެވެ. މިކަމަށް ރައީސްވެސް، އޭސީސީވެސް އަދި އެހެން އިންސްޓިޓުއުޓް ތަކުންވެސް ދެނީ ބީރު ކަންފަތެކެވެ. ކޮންމެ ސަރުކާރެއްވެސް ނިމުމުން ކުޑަދުވަސްކޮޅަކު އެވާހަކަ ދައްކައެވެ. އެ ނިމުނީއެވެ.
މޮހަނުބެ
29 September 2025
ސްޓެލްކޯގެ ވައްކަންތައް ބޮޑުކަމުން އެކަމަށް ހައްލުހޯދަން، ނަޝީދު ވެރިކަމަށް އައިސް ސަރަހައްދު ތަކަށް ޔުޓިލިޓީސް ހެދީ. ޥެރިކަން ބަދަލުކޮށް ޑރ. ވަހީދު ހުވާކުރުމާ އެކު ޔާމީނު ބުނެގެން އޭނާ ހިތް ހަމަޖައްސަން ޔުޓިލިޓީސް އުވާލާ ފެނަކަ ހެދީ ބޮޑެތި ވައްކަން ރޭވިގެން ކުރަން. މިހާރު ތިޔަ ފެނަނީ ކުޑަ މިންވަރެއް. ހަދުމަކުރަން: މައުމޫނުގެ ވެރިކަމުގައި ޔާމީނު ސްޓެލްކޯގެ ވެރިޔަކަށް ހުރި. ރަހަ އެގިފަ ހުރުމުން ކަންކުރަން ވީގޮތް އިގޭނެތާ.
ރާވެރިބެ
28 September 2025
ފެނަކައިގެ ބިޔަ ކޮރަޕްޟަންގެ މައްސަލައިގެ ތަހުގީގުގަ ކުރީގެ ރައީސް ސޯލިހު އާއި ސުވާލު ކުރަންޖެހޭ. އެހެނީ ފެނަކައިގެ ކޮރަޕްޟަންގެ ވާހަކަ އެހާ އާންމުވެފައި އޮތްއިރު އަދި އެހާދަރަނިވެފަ އޮތް އިރު ފެނަކަ ސައީދު މަގާމުގަ ބެހެއްޓުމުގެ އިތުރުން އޭނާ ލައްވާ ސޯލިހުގެ ކެމްޕޭނުގަ އެހާ އިސްރޯލެއް ދީފަ އޮތުމުން.
އައުޒަމް
28 September 2025
3 އޮކްޓޯބާރގަ ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނަން ނުކުންނަންވީ.
މޑޕ ވަރެއް ނުވާނެ
28 September 2025
ކުއްލިއަކަށް އިންތިޚާބެއް ގާތްވީމަ އެސަރުކާރު ކުރިކަންކަން މާވަރަކަށް ތިކިޔަނީ، އެމީހުން ސަކަރާތްވީމަ އެތްނޫންތަ ހޮވިފަ ތިތިބީ، ތިމާމެންގެ ވެރިން ހިންގާލި ޖަރީމާ ފޫނުބެދޭނެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް. މިދިޔަ ސަރުކާރު ބަދުނާމުކުރަން ތިވަރުވަނީ ހަގީގަތުގަވެސް ރަނގަޅު ކަންތައްތަކެއް ކޮށްދެވިފަ ވާތީ.
ކައުންސެލަރު....
28 September 2025
މޑޕ ވަރެއް ނުވާނެ. ބުރޯ ތިބުނީ ހަމަ ބަރާބަރަށް ވ ވވި ކުރާކަށްދޯ. އަސްލުވެސް!!
ހަމްދާން ޝަފީޤު
28 September 2025
ލޫޓުވައިފި ލޫޓުވައިފި ލޫޓުވައިފި! ޖަހައިގެން މުޅި މާލޭގައި ފޮތިދަމަން ޞަލިޙް ގެ އައުވާނުންގަނޑު ލަ\ދު ކޮބައިތޯ؟ މުޅި ޤައުމު ދަވާލީ. މިރާއްޖޭގެ ވެރިކަމަށް މިވަގުތު އެންމެ މިހިއްމު ބޭކަލަކީ ޢުމަރު ނަޞީރު ކަން އިނގި ސާފުވެއްޖެ. އޭނާ ނޫނީ ފަސްބައި ސާފުކޮށްހުރު ވެރިކަމުގެ ކުރިންވެސް ކަމެއް ކުރާނަމޭ ބުނަން ކެރުނު މީހަކުނެތް. އެހެންވީމާ ޢުމަރަށް ތާޢީދުކުރަން ނިންމައިފިން.
މިހާރު ވަގު ހުސްގޮނޑި.
28 September 2025
މިހާރު ތިވަގަށް ހަދާމީހާގެ މާތް ވާހަކަ ދައްކައިގެން ވެރިކަމަށް އައީ އެއިރު އެއީ ހާދަމާތް ހުސްގޮނޑިއެކޭ. ބަދަލުވާ ސިޔާސީ އޮއިވަރު. އުމަރަށް ވެސް ހަދާނީ ހަމަތިހެން.
ބިޑު ކޮމެޓީ
28 September 2025
އެސްޓިއޯއިން، ތެޔޮގަންނަނީ ބިޑު ކޮށްގެންތަ؟
ކޮރަލް
28 September 2025
އޭނަ ބަންދެއް ނުކުރެ އެވެ. ތަހުގީގެއް ނުކުރެ އެވެ. މައްސަލަ އެއް ކޯޓް އަކު ނެތެވެ. ސިޔާސީ ވާހަކަ އޭ ބުނަނީ އެހެން ވެގެން ނެވެ. ހެކި ހުންނަ އިރުވެސް އަޅާ ނުލަ އެވެ. ކޮރަޕްޝަން ގެ ބޮޑެތި މައްސަލަ ތައް ބެލި ސަރުކާރަކާ ދިމައެއް ނުވެ އެވެ. މުއިއްޒު ވެރިކަމަށް ވީދުވަހެއް ވީ އިރު އެއްވެސް މައްސަލަ އެއް ބަލާ ނިންމިފަ އެއްނެތެވެ. އެކަމު ސަރުކާރު ތެރެއިން އިތުރު މައްސަލަ ތައް ފެނިއްޖެ އެވެ.
މިންހާޖްް
28 September 2025
މި ލެވެލްގެ ބަޔަކު 3 އޮކްޓޯބަރުގަ ކޮން ވައްތަރެއް ޖައްސަން މިއުޅެނީ. ރައީސް މުއިއްޒުގެ މި އިހްލާސްތެރި ވެރިކަން ލާހިކު ކުޅަދާނައެއްނޫން ގުޑާވެސްލާކަށް.
އަހަންމަދާ
28 September 2025
މަ އެމީހުންނަށް ތާއީދު ކުރަނީކީނޫން އެކަމު މުއިއްޒު އިހުލާސްތެރިނަމަ މިކަން ބަލާ ފިޔަވަޅު ނޭޅުމަކީ މިކަން އިތުރަށް މި ހާރުވެސް ކުރަމުންދާކަމަށް ލަފާކުރެވެނީ. އިހްލާސްތެރިން ނުތިބޭނެ މީހަކަށް ބަލާކަށް ކަންކަން ރަނގަޅު ކޮށް ދޮގެއް ނުހަދާނެ.
ހައިޝަމްް
28 September 2025
މި ގައުމު ހަމަމަގަށް އަޅުވަން ކޮންމެހެން ކުރަންޖެހޭ ކަމެއް އެއީ ފެނަކަ ސައީދުގެ މައްޗަށް ދައުވާކޮށް އޭނަ ގޮޅިއަށްލުން. އެހެންނޫނީ އެންމެންވެސް ވައްކަންކުރަންވީ.
ނަމޫނާ ދައްކަބަލަ.
28 September 2025
ތިމާ ގެންގުޅުނު ވެރިން ހިންގި ޖާރީމާއަށް ފުރަތަމަ އަދަބުދީފަ ފެށުން ދެއްތޮ ރީތި ގޮތަކީ. ކޮބާ ފަޒުލް އަދި ޝުޖާ. މިސަރުކާރުގަ މިފެންނަ ކަންކަމަށް ހަރުކަށި އަދަބު ދީފަ ފެށީމަ ދެއްތޮ ގަބޫލުކުރެވޭނީ. ތިބުނާ ކަންކަން ހިފަހައްޓަން މަސައްކަތް ކުރާކަން. ރައްޔިތުން ބޮލަށް އަރާފަހުން މީހަކު ވަކި ކޮށްލަން ކެރެނީވެސް