ޔުމްނު ވެއްޓުނު ކަމަށް ބުނާ އިމާރާތް އަދި ވެއްޓިފައި އޮއްވާ ފެނުނު ގުދަން - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
11 މެއި 2025 - 10:48
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޮޑެތި އަނިޔާތަކެއްވި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފި އެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އެ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން މިހާރު ގެންދަނީ މެލޭޝިއާގަ އެވެ.
ޔުމްނުގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ ދައްތަ އަގީލާ ނައީމް ތޭ "އެކްސް" ގައި ބުނީ ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ ކަމަށާއި ނަމަވެސް އެއީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް، އިތުރު ތަޖުރިބާކާރުންގެ ހިޔާލާއި ލަފާ އެކަމުގައި ހޯދާނެ ކަމަށް އާއިލާ އިން ބުންޏެވެ.
ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެެއް ލާފައި ވާތީ ކުރަން ޖެހުނު ސާޖަރީއެއް ވެސް ކާމިޔާބުކަމާއެކު މިދިޔަ މަސް ތެރޭގައި ވަނީ ކޮށްފަ އެވެ. އެއީ އެންމެ ނާޒުކު އެއް ސާޖަރީކަމަށް އާއިލާއިން ބުނެފައިވެ އެވެ.
ފަރުވާއަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނައިރު، ޔުމްނު ވަނީ މިހާރު ހޭ އަރައިފަ އެވެ.
އާއިލާއިން ވަނީ އޭނާ ވެއްޓުނީ ނޫން ކަމަށާއި ބަޔަކު އޭނާ ވައްޓާލީ ކަމަށް ޔުމްނު އާ ހަވާލާދީ ބުނެފަ އެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައި ވެ އެވެ.
އެ އިންޓަވިއު އަށް ފަހު ޖެހިގެން އައި ދުވަހު ފުލުހުން ބުނީ، ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.
ޔުމްނު އަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ދިވެހި ދެ ފުލުހަކު ވެސް އެ ގައުމުގައި އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ ޑޮކްޓަރެކެވެ. އޭގެ ބޭނުމަކީ ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖެ ނަމަ ތަހުގީގު ބޭނުމަށް ޔުމްނުއާ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން އޭނާ މެލޭޝިއާ އަށް ގެންދިޔައީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާއިރު، އޭނާ މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ.
ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި އެކަނިވެސް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާ އަށް ވަނީ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ 1
12 May 2025
އާއިލާއިން ވެެއްޓުނީ ނޫން ކަމަށް ބުނާއިރު ނޫސްތަކުގަ ވެއްޓުނީ ލިޔަނީ ކީއްވެތޯ؟
ޢެއާއިލާ
12 May 2025
ތިމާގެ ދަރި ދޮންފުތު ކުރުމުގެ ހިތި ނަތީއްޖާގެ ކިތައްމެ އާއިލާއަކަށް މިއަދު މވަނީ ތަހައްމަލް ކުރަން ޖެހިފައި.މައިން ބަފައިން މިއަދު ވިސްނަން ޖެހޭ ކަންކަން މިހުރިީ ނޫން ނަމަ ޖީލެއް ހަލާކުވުމުގެ ފުރުސަތު ވަރަށް ބޮޑު.ދަރިންް ދެކެވާ ލޯބިން ދަރިން ކުރަމުންދާ ކުއްތަޢް ފޮރުވުމުގެ ނަތީއްޖާ ފެންނަމުންދާނީ ވަރަށް ހިތި ގޮތަކަށް ކަން ޔަޤީން
މުހައްމަދު 22
12 May 2025
މީގެ ދުވަސް ތަކެއް ކުރިން ކައިޒީން ބޯޓެއްގެ މައްސަލާގަ ސިވިލް ކޯޓަށް ދިޔަ، އޭނަ ނުލާހިކު ބުރަ މަސައްކަތުން ހޯދި ފައިސާއަށް ބޯޓެއްގަނެ އޭނައަތުން އެބޯޓް ގެއްލުނީ، އޭނައަށް އިންސާފު ލިބުނުތޯ؟ މި ކަންތައްވެސް ބަލާލުން ރަންގަަޅު ދޯ
ބޮޑުވަޒީރު
11 May 2025
ހުރިހާ އެހީއެއް ޔުމްނުއަށް. ކޮބާ އެހެންމީހުން؟
ޞޭހުމެން
12 May 2025
ޕޮލިހުން އަތައް ގޮވީމަ އިތުރުގޮތެއްނެތީ
ބަރަކޫޑާ
11 May 2025
އިރުއިރުކޮޅާ އާއިލާއަކުން އެހެންބުނެފި މިހެން ބުނެފި ކިޔާފަ ހަބަރުތައް މިހުންނަނީ، މިކަން ތަހުގީގު ކުރަން މިހާރު މިޖެހެނީ ރަށްރަށު ރައްޔިތުންތަ. ފުލުހުންނާ ކަމިސަނަށް ތިމައުލޫމާތު ދީފިބާ.
ޒުވާނުން
11 May 2025
އާއިލާއިންވަނީ އެކުއްޖާގެ ދުނިޔެއާ އާހިރަތް ގެއްލޭފަދައިން ތަރުބިއްޔަތުދީފަ، އެޔަށްވުރެއް ބޮޑު އަނިޔާއެއް މީހަކަށް ނުދެވޭނެ
ޑރ ވާންޗޯ
11 May 2025
އަވަހަށް މުޒާހަރާ ޖައްސަންފެނޭ، ސަރުކާރުން އުޅަބޮއްޓެއްގެ އަގުހޯދަން.
ސަލީމު އިދުރީސް
11 May 2025
ސީދާ އެކުއްޖަ އަމިއްލައް ފުންމާލީ ކަމައް ނިންމީ މީހަކާ ސުވާލު ނުކޮއް! އެ ފެންލައިޓުން ގަސްތުގަ ހަމަހޭގަ ކިދެމެ ދުރައް ފުންމާލަން އުޅުނަސް އެވެސްމީހަކައް އެހާދުރައް ފުންމައި ނުލެވޭނެ! މިއީމައްސަލަ ފެށުން ހިސާބު! ކުއްޖާ އަމިއްލައައް އެޗެއް ބުއިތޯ ނުވަތަ ބަޔަކު ބޯނީތޯވެސް އެގޭނީ ތަހުގީގު ކުރިނަމަތާ!މީހަވަޅުލާފަ ފޮޓޯގަޑެއް ހިފައިގެން ގޮސް އޮޓޮޕުސީ ހަދަބަކައް ތިކަހަލަ ކަމެއް ތަހުގީގު ކުރެވިދަނެ ކަމައް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ގަބޫލު ނުކުރާނެ!
ފާނަ
11 May 2025
މިޒމާނުގައި އާއިލާއިން ކިތަންމެ ބަލައިގެން ގެންގުޅުނަސް ކަމެއް ކޮށްފާނެ. އަޅެބުނެބަލަ. ފުލުހުން ކާކުކަން ދެނެގަނެ އާއިލާއަށް އެންގުމާ ހަމައަށް ޔުމްނު ގެއަށް ނައިސްގެން ހޯދަން އެއްވެސް މީހަކަށް ނުވަތަ ފުލުހުންނަށް އާއިލާގެ ފަރާތުން އެންގިތޯ ނުވަތަ ނޫންތޯ؟
ދޮންހުސޭނު
11 May 2025
މި މައްސަލައިގައި ޙަޤީޤީ އިންސާފު ލިބޭނީ ޢަދުލުވެރި ތަޙްޤީޤަކާއި އިންސާފުވެރި ޝަރީޢަތަކަށްފަހު ޔުމްނުއަށްވެސް އޭނާއަށް ކުރެވުނު ކުށްތަކުގެ އަދަބުދެވިގެން.