މާފަންނު މަދަރުސާގެ ޓީޗަރުންނާއި ދަރިވަރުންތަކެއް.-- ފޮޓޯ: ރައީސް އޮފީސް
11 މެއި 2025 - 18:44
އަވަށު މަދަރުސާތަކަށް މި އަހަރުގެ މިހާތަނަށް 14.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ މަހުގެ 13 ގައި ހުށަހެޅި ސުވާލުތަކަށް މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީން ވަނީ ޖަވާބު ދީފަ އެވެ.
މިނިސްޓްރީން ބުނީ އަވަށު މަދަރުސާގެ ގޮތުގައި ބަލަނީ މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ކަމަށެވެ.
އެ ތަންތަން ބަލަހައްޓަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް، ސްކޫލުތަކަށް ދޭ ފައިސާ ބަލަހައްޓަނީ އެ ސްކޫލަކުންނެވެ. ބައެއް ޓީޗަރުންނަށް ސީދާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން މުސާރަ ދެ އެވެ.
އެ ސްކޫލުތަކަށް މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ 14.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ، ދަރިވަރުން އެންމެ ގިނަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށެވެ.
އަހުމަދިއްޔާ ސްކޫލަށް ހަތަރު މަސް ދުވަހުގެ ތެރޭގައި 9.6 މިލިއަން ރުފިޔާ، ގަލޮޅު މަދަރުސާ އަށް 345،800ރ، މާފަންނު މަދަރުސާ އަށް 359،954ރ އަދި އަވަށު މަދަރުސާއެއްގެ ގޮތުގައި ނުބެލިއަސް އަމީރު އަހުމަދު ޕްރީ ސްކޫލަށް 729،504ރ. ހޭދަކުރި އެވެ.
ވާރޭގައި ގެއްލުން ލިބުމުން މާފަންނު މަދަރުސާ އަދި ގަލޮޅު މަދަރުސާގެ ތެރެއިން ކޮންމެ ސްކޫލަކަށް މި އަހަރު 75،000ރ. ހަރަދުކޮށްފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ހަތަރު މަސް ތެރޭގައި އަވަށު ސްކޫލްތަކުގައި ބައެއް ޓީޗަރުންގެ މުސާރަ އަށް ވެސް ބަޖެޓުން ހޭދަކޮށްފަ އެވެ. އެއީ:
- ގަލޮޅު މަދަރުސާގެ 15 ޓީޗަރުންގެ މުސާރަ އަށް 1،017،386ރ،
- މާފަންނު މަދަރުސާގެ 18 ޓީޗަރުންގެ މުސާރައަށް 958،752ރ.
- އަހުމަދިއްޔާގެ 24 ޓީޗަރުންގެ މުސާރައަށް 1،420،311ރ.
މިދިޔަ އަހަރު އެ ސްކޫލުތަކަށް 40 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ދަރިވަރުންގެ ފީގެ ގޮތުގައި އަހުމަދިއްޔާ ސްކޫލަށް މިދިޔަ އޭޕްރީލް މަހު 9.6 މިލިއަން ރުފިޔާ އަދި ޓީޗަރުންގެ ވިސާގެ ކަންކަމަށް 107،971ރ. ހޭދަކޮށްފައިވެ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރެއިން އަހުމަދިއްޔާ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އޭ ލެވެލް ކިޔެވި ދަރިވަރުންގެ ފީގެ ގޮތުގައި 24.9 މިލިއަން ރުފިޔާއާއެކު ޖުމްލަ 29.5 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ދެހާސް އެކާވީސް ވަނަ އަހަރު 13.7 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 15.4 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުން 29.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލުތައް އޮޑިޓުކޮށް، މިނިސްޓްރީއަށް ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އަވަށު މަދަރުސާގެ ގޮތުގައި ބަލާ ތަނެއް، އިންޓަނޭޝަނަލް ފެންވަރުގައި ހިންގިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ މިނިސްޓްރީން ވަނީ އަހުމަދިއްޔާ ސްކޫލު އޮޑިޓު ކޮށްދިނުމަށް އޮޑިޓު އޮފީހުގައި އެދިފަ އެވެ.
އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ސްކޫލު އޮޑިޓުކުރާ ކަމަށެވެ. އަދި އަވަށު މަދަރުސާގެ ގޮތުގައި ހިންގަނީ އެލްކޭޖީ އަދި ޔޫކޭޖީ އެކަނި ކަމަށާއި އެ ދަރިވަރުންގެ ފީ ވެސް، އަވަށު އެހެން މަދަރުސާތަކޭ އެއްގޮތަށް މިނިސްޓްރީން ފީ ދައްކައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސާ
12 May 2025
ތިޔަ މައުލޫމާތު މިނިސްޓރީން ދެެއްވިއިރު އިތުރު ތަފްޞީލަކަށް ނުދިޔައީ އަހްމަދިއްޔާ ބޭޒާރުކުރައްވަނތޯ؟މނިސްޓްރީއެއްގެ ދައުރަކީ މިފަދަ ތައުލީމީ ޚިދުމަތްދޭ ތަންތަނާޒާތީގޮތހުން ދިމާކުރުންތޯ؟
އަލީ މުފީދު
12 May 2025
މި ފެންނަނީ އަދުގެ ސަރުކާރުން ތައުލީމައްދޭ އަހަންމިޔަތުކަން. ސްކޫލުތަކުގެ ހިންގުން ރަނގަޅުކުރުމައް ޕްރިންސިޕަލުންގެ އެންމެ ދަށް ތައުލީމީ ފެންވަރު ކަނޑައަޅައި އެހެން މަސައްކަތްތައް ނުކުރުވޭ ގޮތައް ގަވާއިދު ހަދަން ޖެހޭ
ވަންޗޫ
12 May 2025
ޕްރިންސިޕަލުންނަކީ ވަކި ވަކިމުއްދަތަކަށް ސުކޫލު ބަދަލުވާ ގޮތަށް މަސައްކަތް ކުރާ ބަޔަކަށް ހަދަންވެއްޖެ! އޭރުން ސުކޫތަކަށް ކުރާފައިދާ ބޮޑުވެފަ ޕްރިންސިޕަލުންވެސް އެފިޝިއަންޓުވާނެ. އޭގެ ފައިދާ ޓީޗަރުންނަށާއި ދަރިވަރުންނަށް ކުރާނެ. މޮޅެތި ޕްރިންސިޕަލުންގެ އިރުޝާދު ގިނަ ޓީޗަރުންނަށް ލިބުމުގެ ފުރުސަތުބޮޑުވެ، ޕްރިންސިޕަލުންގެ އެކައުންޓިބިލިޓީވެސް ހައިވާނެ! ގިނަގައުމުތަކުގެ އޮންނަނި މިހާރުވެސް މިއުސޫލު!
ޚުރާސާން
12 May 2025
ކޮންމެ މަދަރުސާއަކަށް ވިޔަސް ދައުލަތުން ތައުލީމަށް ހަރަދު ކުރުމަކީ އުފާހުރި ކަމެކެވެ. ބަލަންވީ އެކުރާ ހަރަދެއް ހިންގަން ތިބޭ ބަޔަކު ހެޔޮގޮތުގައި ބޭނުން ކުރޭތޯއެވެ.
އޭ. އައި. އެސްގެ ބެލެނިވެރިއެއް
12 May 2025
ނޫސްތަކުން ވެސް ވެއްޖެއްނު ހެޔޮ ގޮތަށް ކަންކަން ގެނެސްދޭން. ސިކުނޑިތަކާއި ނަފުސުތަކަށް ޕޮޒިވިޓިވިޓީއޭ މިކިޔާ އެއްޗެއް ވަންނާނެ ގޮތަށް ގެނެސްދޭން. ބަޔަކަށް ދެވޭ އެއްޗެއް ހެޔޮގޮތުގައި ބޭނުންކޮށްގެން އެއިން ކޮންސްޓްރަކްޓިވް ގޮތަކަށް ޤާބިލް ބަޔަކު އުފައްދަމުންދާކަން އެންމެ ފޮޅުވަތެއްގައިވެސް ލިޔެލެވޭނެ ނަމަ އަޅެ ކިހާ ރަނގަޅު. ނަމުގެ ކުރިއަށް ހަމައެކަނި އިންޓަރުނޭޝަނަލް އެކަނި ނޫންކަން އިތުރުކޮށްގެން މިއުޅެނީކީ. ނަތީޖާވެސް ނެރެމުންދާކަން.
ކަލީމަ
12 May 2025
ނަތީޖާ ނެރެނީ ޓީޗަރުންނާއި މިޑިލް މެނޭޖްމަންޓުގެ މުވައްޒަފުންގެ މަސައްކަތުން. ވެރިންނަށް ތިބޭ މީހުން ނަގަނީ ނާޖާއިޒު ފައިދާ. އުޅެނީ ރާއްޖޭން ބޭރުގައި ނޫނީ އަނެއް ވަޒީފާގައި. ސްކޫލަ ވަދެވެނީ ހަވީރުވާ ފަހުން. ނަތީޖާ ވެސް ނެރެވެނީ އެހެންވެ ތޯއްޗެ.
ތިމާވެށި
12 May 2025
އަހްމަދިއްޔާ އަވަށު މަދަރުސާ އަކަށް މިހާރު ނުވާނެ އެވެ. އެއީ ސަރުކާރުން މިހާރު ފައިސާ ދޭން ޖެހޭ ސްކޫލް އެއް ނޫނެވެ. ބިމު ކުލި ނަގަން ޖެހޭ ތަނެކެވެ. ހުރިހާ ދިމާލަކު ކޮރަޕްޝަން އެވެ. އޭގަ ނުޖެހޭ މީހާ ވަޒީފާ އިން ވަކި ކުރަނީ އެވެ.
ހުވަނދުމާގާ
12 May 2025
ތިވަރު ވަރު ބޮޑުތަނުް މަދު ހުރިހާ ސޮްކޫލް ތަކަށް ބަހާލާއިރު ދޯ
ތުނޑުޙަސަނު
12 May 2025
ދައުލަތުގެ ބޮޑެތި ބިންތަކުގައި ދައުލަތުގެ ސްކޫލުތަކެއް ދާއިމީގޮތެއްގައި ދައުލަތުން އެހާމެބޮޑު ހޭދައެއްކޮށްގެން ހިންގާއިރު ބައެއް ތަންތަނަކީ ދައުލަތުގެ ތަންތަންކަމުގައި ނުބެލޭގޮތެއް މިވަނީ ކީއްވެބާވައެވެ. ދައުލަތުން ޚަރަދުގެ ބޮޑުބައި ހޯދައިގެން އެތަންތަން ހިންގާ ބަޔެއްގެ އަމިއްމަ ވިޔަފާރިއެއް ފަދައިން ލިބޭހުރިހާ ފައިދާއެއް އެކުގައިހެން މުސާރައަށް ނަގައިގެން ހިތުހުރިގޮތަކަށް ހިންގަން ދޫކޮށްލެވިފައިވަނީ ކޮންފަދަ ނުފޫޒެއްގެ ސަބަބުން ބާވައެވެ.
ޕަރީޒާ
12 May 2025
މިއީ ވަރަށް ދެރަ ކަންކަން. މައުލޫމާތުތަކެއް ގެނެސްދޭއިރު އެމައުލޫމާތުތަކެއް ފުރިހަމަ ވާންޖެހޭނެ. އޭ ލެވެލް އަށް ދޭ ފައިސާއަކީ ކުދިންގެ ނިސްބަތުން ދޭ އެއްޗެއް. ޢެހެންކަމަށް ވާނަމަ އަހުމަދިއްޔާ އަށްދޭ ފައިސާއަށްވުރެން މާގިނަ ފައިސާ ވިލާ ކޮލެޖަށް ދޭނެ. އަހުމަދިއްޔާއަށްވުރެން 2ގުނަ 3 ގުނަ ގިނަކުދިން ވިލާގައި އުޅޭނެ. މިމައުލޫމާތު ފުރިހަމަ ނުވީމާ އެއިން ގިނަަބަޔަކަށް އޮޅުން އަރާނީ.
އިސްމާއީލު
12 May 2025
އަހުމަދިއްޔާ ސުކޫލަކީ އަމިއްލަ ބަޔަކު ހިންގާ ބޮޑު ވިޔަފާރިއެކެވެ. ވީއިރު ދިވެހި ދައުލަތުން އެތަނަށް ޚަރަދު ކުރަންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ. އެތާގެ ބައެއް މުވައްޒިފުންނަށް ދައުލަތުން މުސާރަދޭންޖެހެނީ ކީއްވެ؟ އަވަށު ސުކޫލެއްގެ ލޭބަލް އަޅުވައިގެން ދައުލަތުން ފޭރުމުގެ ބޮޑު ޖަރީމާއެއް މިއީ.
ޢަލީ މުފީދު
12 May 2025
ތިޔަ ބުނާ އަމިއްލަ ބަޔަކީ ކޮބާތަ؟
ހަމަހަމަކަން
11 May 2025
އަތޮޅު ތެރޭގަ އެބަހުރި ޕްރީސުކޫލްތައް ކިރިޔާ ހިންގާލެވޭތަންތަން، އެއްލައްކަ ރުފިޔާ ހަދިޔާ ގޮތުގަ އެއިން ސުކޫލަކަށް ދިނަސް އެކުދިންނަށް އެވެވުނީ ލައްކަ ބޮޑު އެހީއެއް އެކަމް އެވަރުވެސް ނުވޭ، އެކުދިން ނިކަމެތިވެފަ ރަށް ތަރައްގީ ނުވާތީ ކިޔެވުމުން ތަފާތު ކޮށްފަ ބައިތިއްބަނީ ސަރުކާރުންވެސް ދެއްތޯ؟
ތިވަރުންވެސް ނުވެޔޯ
11 May 2025
އަހްމަދިއްޔާއިން އަންގަނީ ހަރަދު ނުކުރައްޗޭ. މިވެނި ތީމަކަށް ގެންނައްޗޭ. ހިލޭ ތީމް ހެދޭތަ؟ ބެލެނިވެރިން ލައްވާކުރުވާ ބޭކާރު ހަރަދުތައް.
ތުނޑުޙަސަނު
12 May 2025
ތިޔަތަން ހިންގާ މީހުންގެ މުސާރައއި އުޖޫރައިގެ ގޮތުގައި ގެއަށް ގެންދާ އެއްޗެއް ބެލީމަ އެނގޭނެ ފައިދާ ނުވާގޮތް. ދައުލަތުން މިލިޔަނުން ފައިސާހޯދާއިރު ކުދިންގެ އަތުން ފީނަގައިގެން ލިބޭ އެއްޗެއް މުސާރައަށް ނެގީމަކާ ޚަރަދެއް ނުޗަލާނެތާ.