ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގައި މީހަކު ޕޯސްޓަރެއް ހިފައިގެން.-- ފޮޓޯ: މިހާރު
11 މެއި 2025 - 20:53
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ޝާމިލްވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
އެ ދެ މުވައްޒަފުންގެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ގެންގުޅޭ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކްލިނިކުން ބުނީ މިކަން ސަމާލުކަމަށް އައުމާ އެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލާގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
"މިކަމުގެ ސީރިއަސް ކަމަށް ބަލައި، ފިޒިއޯ ކްލިނިކް ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފައި،" އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި ބުންޏެވެ.
އެ ކްލިނިކުން ބުނި ގޮތުގައި، އެތަނުގެ އެންމެ މުހިންމު ޒިންމާއަކީ ހިދުމަތް ހޯދާ ކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިހުތިރާމް ލިބޭ އަދި އެހީތެރިކަން ލިބޭ މާހާއުލެއް ގާއިމްކޮށްދިނުމެވެ. ތެރަޕީ ދޭ ކޮޓަރިތައް ލައިވްކޮށް މޮނިޓާ ކުރުމަކީ އެ ކްލިނިކުގެ އާންމު ހިންގުމުގެ އުސޫލުތަކުގެ ބައެކެވެ. މޮނިޓާކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ވެސް ދެ އެވެ. އެއީ އެ ތަނުން ދޭ ހިދުމަތް ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނެ ގޮތެއްގައި ދިނުމަށް ކުރާ ކަމެއް ކަން ފާހަގަކުރި އެވެ.
"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގަން. އަދި ކުރިއަށް އޮތް ތަނުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދީ، ރައްކާތެރިކަމާއި ޒިންމާދާރުކަން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން. ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އަށް އެއްބާރުލުން ދީ، މިކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" ފިޒިއޯ ކްލިނިކުގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެކަން ހިނގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އޭނާގެ ކިބައިން ސަލާމަތްވާ އެ ކުއްޖާ އުޅޭތަން ވެސް ފެނެ އެވެ. އެކަން ހިނގިއިރު އެ ތަނުގައި އިތުރު މުވައްޒަފަކު ވެސް އުޅޭއިރު، އިތުރު ކުއްޖަކު އެތަނުގައި ހުރި މޭޒު ކައިރީގައި އިނެވެ.
އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
12 May 2025
އަދުގެ ޖީލުގެ ކުޑަކުދިންނަށް ދޭންވާ އަޅާލުމާ ލޯބި ނުލިބުމުގެ ސަބަބުން ވެސް ގިބަ ކުދިންތަކެއް ވަނީ ހާއްސަ އެހީއަށް ބޭނުން ވެފައެވއ.
އަމިއްލަ އެދުން
12 May 2025
ވަރަށް ސަކަރާތް ކްލިނިކެއް. ތަނުގެ ހަގީގަތް އެނގޭތީ މިހެން މިބުނީ. ނުވަދިހަ ޕަސެންޓް ބޭރު މީހުން ލައިގެން ދިހަ ގަޑި އިރު އެމީހުން ލައްވާ މަސައްކަތް ކުރުވާ. ކުދިން ގެންނަނީ ޝިފްޓަށް، އެކަމަކު މުވައްޒަފުން 10 ގަޑި އިރު ހަފްތާއަކު 6 ދުވަހު މަސައްކަތް ކުރޭ. ވަރަށް ލާރި މައިންޑެޑް.
ވަޒީފާ
12 May 2025
މި ދެން ކޯޗެއް ވާޒީފާއިން ވަކިކުރުން ޖަލަކަށް ނުލަ އޭނުން އަނެއްކާ އަނެއްތަނުން ވަޒީފާ ދޭނެ މާދަން
ބޮއްސުން
12 May 2025
މިހާރު ރަނގަޅު އެއްކަމެއް ނިކަން ދައްކަބަލަ. ހުރިހާކަމެއް ބޮއްސުންލައިފަ އޮތްތަނެއް މިއީ.
ބޮއްސުން ބޮއްސުން
12 May 2025
ތިޔަބުނި ބުއްސުންލީ މިހާރަކުނޫން. ތިޔަ ބޮއްސުން ލައިފި ރައީސް މައުމޫންގެ ވެރިކަންވެރިކަން ނިމުމާއެކު. މީ މައުމޫނަށް ސަނާކިޔަން ނުވަތަ ރައީސް މައުމޫނުގެ ވަރުގެ ބޭފުޅަކު ނެތިގެން ބުނި ވާހަކައެއް ނޫން. ފެންނަންހުރި ޙަޤީޤަތެއް ހާމަކޮށްލީ. އޭރުވެސް ދިވެހި މުޖުތަމަޢުގައި ގޯސް ކަންކަން ކުރާ ބަޔަކުއުޅޭ. އެކަމަކު ހައްދުފަހަނައަޅާފައެއް ނޫން އޮތީ
ައޯކޭބެ.
12 May 2025
ހަމަ މިހާރު އިބޫަޢާއި ފަޔާޒަށް ވެރިކަން ހަވާލުކުރޭ!!! އެމީހުންނަށް ނޫނީ މިގައުމު ނުހިންގޭނެ.
ޑިޕޯރޓް ކޮށްލުމުން ނުނިމޭނެ
12 May 2025
ތިވާނީ ބޭރު މީހަކަށް. މި ޤައުމުގަ ކޮންމެ ޖަރީމާއެއް ހިންގިއަސް އަދަބަކީ، " ހެޔޮނުވާނެ ކަލޭ މި ޤައުމުން ދެންދޭ" އެ ހިސާބުން އޭނަގެ އަދަބު ނިމުނީ. މި ކޮން ޤާނޫނަކުން ކަނޑައަޅާފައޮތް ކަމެއްބާ. ދިވެހިން ނޫން މީހަކު ކޮންމެ ކަހަލަ ކަމެއްކުރިއަސް: ވަގަށް ވިޔަފާރި، މަސްތުވާތަކެތި، ބަދު އަކުލާޤީ ޢަމަލު، މާރާމާރީ، މަނީ ލޯންޑަރިން، ..ކޮންމެ ކުށެއް ކުރިއަސް ދިޕޯރޓްކޮށްލީމާ ހުރިހާ ކުށަކުން ބަރީއަވެގެން ހެވިފަ ޤައުމަށް. މީ ހަމަ އަޖައިބެއްފަދަ ޤައުމެއް
މަރުޖާނު
12 May 2025
މި ކްލިނިކްގެ ފުރިހަމަ ނަމަކީ ކޮބާ؟
ޚިޔާލު2
11 May 2025
ސަރުކާރުން މިކަމަށްވެސް ވަންނަންޖެހުނީ ކްލިނިކުތައް ބަންދު ކުރެވޭނެ ސަރުކާރުން މި ހިދްމަތް ރަގަޅަށް ދެވޭނަމަ.
ބެލެނިވެރިޔާ
11 May 2025
އަޅުގަނޑުމެންގެ އަތުން 400- 500 އިން ސެޝަނަކަށް ލާރި ނަގާފަ ދޭ ތެރަޕީ އަކީ މިއީ ގިނަ ތަންތަނުން. އަދި މި ކްލިނިކްތަކުގެ ވެރިންނަށް ތިބޭނީ ގިނައިން ސަރުކާރުގެ މިކުދިންގެ ކަންކަން ގާތުން އެނގޭ މީހުން. އައިޖީއެމްއެޗް އިން މި ތެރަޕީތައް ނުދެނީ މިހެންވެ. ހުޅުމާލޭ ހޮސްޕިޓަލުން ތެރަޕީއަށް ނޯޓުކޮށްގެން އަހަރު ވާއިރު ނުޖެހޭ
އެމްސް
11 May 2025
ޢިމާރާތް އެޅުން މަދުކޮށްފަ، މީހުން ތަމްރީނު ކުރުން އިތުރު ނުކޮށެއް އަންނާނެ ޙައްލެއް ނެތެވެ!
އެކޮއި
11 May 2025
މީހުންގެ ދެލޮލުގެ ކޮއިފަދައިން ލޯބިން ގެންގުޅޭ ދަރިންނާމެދު ތިވަރަށް އިހުމާލުވާއިރު ކިހިނެއް އިތުބާރުކުރާނީ؟ ތީ ތިފަދައިން ކަންތައް ހިނގި ކިތައްވަނަދުވަސްކަމެއް ކިހިނެއް އެނގެނީ؟ ތިޔަ ވީޑިއޯކުރިމީހަކު އެކަންކޮށްފައިއެވަނީ ނިކަން ސިއްރުން. އަދި އެކުއްޖާ މަތަނުވެގެން ކިހާއިރަކު ދުވިފަހުންކަމެއްވެސް ނޭނގެ ވީޑިއޯކޮށްފައި އެވަނީ. ކޮވިޑަށްފަހު ތެރަޕީނަގަންޖެހޭކުދިން އިންތިހާއަށް ގިނަވެފައިވާއިރު ކޮންމެ ދުވަހަކަށް އެއްހާސްރުފިޔާ ޕޭކޮށްގެން މިގެންދަނީ
ދުރުގާ
11 May 2025
ތިއަކަހަލަ ކުލިނިކުތައް ބޮޑެތި އަދަދުން ޖޫރިމަނާކޮށް ތަނުގެ ވެރިންނަށް ޖިނާއީ ފިޔަވަޅު އެޅިގެން ތިއަކަންތައްތައް ހުއްޓޭނީ ތަންހިގާނީ ތަނުގެ ވެރިން ހިންގި ގޮތަކަށް ސޯސަލްމީޑިއާއަކުންނޫން
އެމްސް
11 May 2025
ކަން ކުރިމީހާއަށް އޮތީ ހަމައެކަނި ޑީޕޯޓްކޮށްލުން ތޯއެވެ؟
ބެލެނިވެރިޔާ ގޮތް ހުސްވެފަ
11 May 2025
މިތަންތާގެ ވެރިންނަށް ތިބެނީ މިކުދިންނާ ހަވާލުވެފަ ތިބޭ ސަރުކާރުގެ މުއައްސަސާ ތަކުގެ މީހުން