މެރީނޯ، އާސެނަލް އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
12 މެއި 2025 - 08:44
ލިވަޕޫލް (މެއި 11) - ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.
ލިވަޕޫލް ލީގުގެ ޗެމްޕިއަންކަން ހޯދީ މީގެ ދެ ހަފްތާ ކުރިން، ޓޮޓެންހަމް ހޮޓްސްޕާ ބަލި ކުރުމަށް ފަހު އެވެ. އެ މެޗުގެ ފަހުން އެ ޓީމަށް އަދި ލީގުގައި މޮޅެއް ނުހޯދެ އެވެ. މިދިޔަ ހަފްތާ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.
މިރޭގެ މެޗުގައި ލިވަޕޫލް ލީޑު ނެގީ ފުރަތަމަ ހާފުގައި ގާތް ގާތުގައި ޖެހި ދެ ގޯލުންނެވެ. އެގޮތުން 20 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ލީޑު ނަގައިދިން އިރު، ލީޑު ފުޅާ ކުރި ލަނޑު އޭގެ މިނިޓެއް ފަހުން ޖެހީ ލުއިސް ޑިއާޒް އެވެ.
ގަކްޕޯ، ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އާސެނަލް ފަރަގު ކުޑަ ކުރީ ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ގެބްރިއެލް މާޓިނެއްލީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި 70 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ މިކެލް މެރީނޯ އެވެ.
މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އާސެނަލްގެ މިކެލް މެރީނޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުގެ އެންމެ ފަހު ވަގުތު ލިވަޕޫލްގެ ކޯނަރެއްގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ހަމަލާއެއް މަތަކުރި ވަގުތު ރީބައުންސްވި ބޯޅަ އެންޑީ ރޮބާޓްސަން ގޯލަށް ފޮނުވާލި ނަމަވެސް، ރެފްރީ ވަނީ އޭގެ ކުރިން އޭރިއާ ތެރޭގައި ފައުލެއް ކުރި ކަމަށް ބަލައި ގޯލު ކެންސަލް ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ޗެމްޕިއަން ލިވަޕޫލަށް ވަނީ 36 މެޗުން 83 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ދެ ވަނައިގައި އޮތީ 68 ޕޮއިންޓް ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރު
12 May 2025
މިސީޒަނުގަ އާސެނަލްއަށް ލިބުނު އެންމެބޮޑުކާމިޔާބަކީ މީތާދޯ؟ މަރުހަބާ މަގޭ އެކުވެރި ރަދީފުބުރޯއާ އަދިއެންމެހާ ދިވެހި އާސެނަލް ފޭނުންނަށް. މިހޯފި ފުރިހަމަ ނަތީޖާއިން މިސީޒަނަކީ އާސެނަލްއަށް ކާމިޔާބު ސީޒަނެއްކަމަށް ނިއްމައިފިން
ލެއްގިކޮމިޝަނަރ
12 May 2025
އިނގިޜޭސި 1 ވަނައަށް 2 ވަނަ ބަލިނުކުރެވުނު ދޯ.
1 ވަނަ
19 May 2025
ބަލިވިޔަސް މޮޅު ވިޔަސް ނަތީޖާއަށް ބަދަލެއް އަންނާނެ؟ މި ސީޒނުގަ އާސެނަލް އަށް ލިބޭނެ ޓްރޮފީއަކީ "ވީ ޑްރޫ އެގެންސްޓް ޗެމްޕިއަންސް" ޓްރޮފީ