ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތް ކުރި ސުޒޭން: ކުރިއަށް ދެ މެޗަށް ވެސް ގައުމީ ޓީމު ތައްޔާރު ވާނީ އޭނާގެ ކޯޗިން ޓީމުގެ ބެލުމުގެދަށުން
12 މެއި 2025 - 11:11
އަންނަ މަހު ބާއްވަން ކުރިން އިއުލާން ކުރި ސާފް ޗެމްޕިއަންޝިޕް ކެންސަލް ކުރުމުން ގައުމީ ޓީމަށް އާ ކޯޗަކު ނެގުމުގެ ވިސްނުން އެފްއޭއެމުން ދޫކޮށްލައިފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް، ތިން މަސް ދުވަހުގެ މުއްދަތަކަށް ސީނިއާ ގައުމީ ޓީމަށް ކޯޗަކު ހޯދަން އެފްއޭއެމުން މިދިޔަ މަހު އިއުލާން ކުރި އެވެ.
އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ތަޖުރިބާކާރު ދިވެހި ތިން ކޯޗަކު ކުރިމަތިލިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެއީ ކުރިން ވެސް އެ މަގާމުގައި ހުރި އަލީ ސުޒޭނާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ މުހައްމަދު ޝިޔާޒު (މޯހަން) އާއި ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމުކަން، "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެކަމަކު އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފައި ވުމުން އޭރު ކުރި އިއުލާނާ އެއްގޮތަށް ކޯޗަކު ނުނަގަން ވިސްނުން ގެންގުޅޭ ކަމަށެވެ.
"އިއުލާން ކުރީ ވެސް ސާފް ޗެމްޕިއަންޝިޕް އޭރު ބާއްވަން އޮތުމުން. ނަމަވެސް މިހާރު މުބާރާތް ފަސް ކުރީމަ އަޅުގަނޑުމެން މި ވިސްނުން ގެންގުޅެނީ ކޮންމެހެން އިއުލާނާ އެއްގޮތަށް ކޯޗަކު ނުނަގަން،" އެފްއޭއެމުން މީޑީއާ އަށް މައުލޫމާތު ދޭން މިހާރު ހަމަޖައްސާފައިވާ ސިމަން ވިދާޅުވި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް އަންނަ މަހު 10 ގައި ކުޅޭނެ އެވެ. އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗަކަށް ރާއްޖޭން ނުކުންނާނެ އެވެ. އެ ގައުމުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ މަހު ފަހެއްގަ އެވެ.
"ކޮންމެ ގޮތެއް ވިޔަސް ކުރިއަށް މިއޮތީ ދެ މެޗު. އެހެންވީމަ އަޅުގަނޑުމެން މި ވިސްނުން ގެންގުޅެނީ ކޯޗިން ޓީމު ކޮންމެހެން ބަދަލު ކުރުމުގެ ބޭނުމެއް ނެތޭ. މިއޮތް ދެ މެޗަކަށް. އެހެންވެ ކުރިން އޮތް ކޮޗިން ޓީމާ އެކު ގައުމީ ޓީމު އެ ދެ މެޗަށް ނުކުންނާނީ. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ،" ސިމަން ވިދާޅުވި އެވެ.
އޮކްޓޯބަރު 2023 ން ފެށިގެން ގައުމީ ޓީމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ ސުޒޭން އެވެ.
އޭނާގެ އެސިސްޓެންޓް ކޯޗުންނަކީ 19 އަހަރުންދަށުގެ ޓީމުގެ ކޯޗު އަހްމަދު ޝާކިރު (ޝާކިއްޓޭ)، މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒެއިރު، 16 އަހަރުންދަށުގެ ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތް ކުރި މުހައްމަދު އާދަމެވެ. ގޯލްކީޕިން ކޯޗަކީ އަންހެން ގައުމީ ޓީމުގެ ވެސް ގޯލް ކީޕިން ކޯޗު ހަސަން ހަމީދު (ޑަކޭ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނަ
13 May 2025
މި ކޮމިޓީގަ ތިބި މީހުންނަށް އެނގޭތަ ފުޓުބޯޅަ އަކީ ކޯއްޗެއް ކަން؟ ހާވާ ހަޑިން ހަމަ ހަމަ އަހާލީ
ނިޔަ 241
12 May 2025
މިވެސް ކޯންޗެއް.
ރާންބެ
12 May 2025
ހެޔޮނުވާނެ، ސުޒެއިން ނޫން މީހެއް ނެތްތަ؟ ހާދަ ވަގުތެއް ދެވިއްޖެޔޭ، ނަތީޖާ އެއް ނުނެރެވޭ!
ލާމަސީލު
12 May 2025
ދިވެހި ފުޓްބޯޅައިގެ ހަލާކު ތި ސުޒޭނު ތީ
ސޭޑް
12 May 2025
ކުރިއަށް އޮތް ދެ މެޗަށް ކީ ކުރަން ؟ މުޅިއުމުރަށް ވެސް ސުޒޭނާ ހަވާލު ކުރަން ވީ !!!
މަޙްލޫފް
12 May 2025
ތިއަށްވުރެ ރަގަޅުވާނެ މަގުމަތިން ކޯޗެއް ނެގިޔަސް..
ވެންގާ ބީއެސްބީ
12 May 2025
މިއީ ފެއިލްވެފަ ހުރި މީހެއް.
ޙަވަރު އަލީ
12 May 2025
ނަންވެގެން ކޯޗްކަން kuran ނޭނގޭ ސޮރެއް. މޮޅުވާހަކަދައްކަން އިނގެނީ އެކަނި
މޮރީނިއޯ
12 May 2025
ތިދިޔައީ ލިބުނު ކުރިއެރުންވެސް..