ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
12 މެއި 2025 - 16:24
މި އަހަރު ހައްޖަށް ދާ މީހުންގެ ޑެބިޓް ކާޑަށް 1،750 ޔޫއެސް ޑޮލަރުގެ ލިމިޓް ބީއެމްއެލް އިން އިތުރު ކޮށްދީފި އެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،750 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ އެވެ. އެއާ އެކު، ޑެބިޓް ކާޑުތަކުގެ ކާޑު ލިމިޓުގެ އަދަދު 2،000 ޑޮލަރަށް އިތުރުވާނެ އެވެ.
އެ ބަދަލު ބީއެމްއެލް އިން ގެނެސްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތުމުންނެވެ.
ބީއެމްއެލް އިން މިއަދު ބުނީ ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ހައްޖުވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށެވެ.
ހައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަން އިން ހައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރު ކޮށްދޭނެ އެވެ. ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެސްއެމްއެސް ފޮނުވާނެ އެވެ.
މިދިޔަ ރޯދަމަހުގެ އުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1،500 ޑޮލަރު ހަމަޖެއްސުމާ އެކު، 1،300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9،000 މުއާމަލާތް ކޮށްފައި ވެ އެވެ، އެ މުއާމަލާތްތަކަށް ބޭންކުން ވަނީ އެއް މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ވިއްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
13 May 2025
ރަމަޟާންމަހު ވެސް ކޮންމެ ޢުމުރާވެރިޔަކަށް 1500 ޑޮލަރު ވިސާޑެބިޓް ކާޑު ނެގޭގޮތަށް ހަމަޖައްސައި ދެއްވި. ބޭންކް އޮފް މޯލްޑިވްސް އިން އެ ޑޮލަރު ނެގޭނެކަމަށް އަޅުގަނޑަށް މެސެޖު ވެސް ލިބުނު. އެކަމަކު މައްކާއަށް ގޮސް ވިސާޑެބިޓު ކާޑުން އެންމެ ފައިސާ ފޮއްޗެއް ވެސް ނުނެގުނު. އަޅުގަނޑުގެ ދަރިފުޅު ކާޑުން 150 ޑޮލަރާ ހަމައަށް ރިޔާލަ ނެގުނު. ފަހުން އެ ކާޑަށް ވެސް ލާރިއެއް ނުނެގުނު. މި ފަހަރު އެހެން ނުވާނެކަމަށް އުއްމީދު ކުރަން.
އީ-ދަތުރުވެރިޔާ
13 May 2025
މިއީ ދީނުގެ ހިމާޔަތުގައި ދިވެހިން ގެނައި ސަރުކާރެއް. އެހެންވީމަ ހައްޖުގެ އަޅުކަމަށްދާ މީހުންނަށް ޑޮލަރު ލިމިޓް ބޮޑުކޮށްދިނުން އެއީ ދީނީ ކަމެކޭ. އެމީހުން އުފަލުން ދެންވެސް ވޯޓް ދޭނެ. ބަލިމީހާ ހޮސްޕިޓަލުގައި އޮވެ މަރުވެއްޖެ ނަމަ ވޯޓެއް ނުލިބޭނެ އެހެންވީމަ ޑޮލަރެއ ނުލިބޭނެ. ލިބޭނީ ރަސްގެފާނު ހިތްފުޅާވެއްޖެއްޔާ.
ދީނީ
13 May 2025
ދީން މަތީ އަޅުވާފަ އިހްލާސްތރި ކަމެއްނެތް ބެޖް ޖެހުން.
އަނީސް
12 May 2025
ތިހެންވެގެން ކަންނޭންގެ މަގޭ ކާޑު ދެލިވަރީ ކުރަނީއޯ ކިޔާގެން ބީއެމްއެލް އިން މެސެޖްކޮއްގެން 1 މަސް މިވީ އަދިވެސް އަތަކަށް ނާރާ.
ސައިބޯނި
12 May 2025
ބޭސް ފަރުވާއަށް ގޮސް ތިބި ނިކަމެތިންނަށް ވުރެ ހުރިހާ ކަމެއް ހަމަޖެހިގެން ހައްޖުގެ އަޅުކަމަށްދާ މީހުންނަށް ބޭރުފައިސާ މުހިއްމުވާ ގޮތެއް ނުވިސްނުނު, ކެއުމާ ހުރުމާ ހުރިހާ ދަތުރެއްވެސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފަ އޮންނަނީ ދެން އެހާ ގިނަފައިސާގެ ބޭނުން މިވާ ގޮތެއް ނޭގޭ
ލަސް
13 May 2025
ވިޔަފާރި ކުރުމަކީ ހައްޖުބަޔަކަށް ވެއްޖެ. އެހެންވީމަ ބޭނުންވާނެ
ހަސީނާާ
12 May 2025
ހައްޖުވެރިން ދަނީ ކޯޕަރޭޝަނަށް ފައިސާ ދައްކާ ހަދާފައި. ދެން ކީއްކުރާ އިތުރު ދެހާސް ޑޮލަރެއްކޮންމެ މީހަކަށް .ބޭރަށް ފުރާ ކޮންމެ މީހަކަށް ލިމިޓު ބޮޑުކޮށްދިނީމާ މާ ރަނގަޅެއްނު.
ރާވެރިބެ
12 May 2025
ޑެބިޓް ކާޑަކީ އެމީހެއްގެ އަމިއްލަ އެކައުންޓުގައި ހުރި ތިމާގެ އަމިއްލަ ފައިސައިން ޙަރަދު ކުރުމަށް ބޭނުންކުރެވޭ ވަސީލަތެއް.ވީމާ ތިމާގެ އަމިއްލަ ފައިސާ އިން މުއާމަލާތް ކުރެވޭނެ ވަކި ލިމިޓެއް ބޭންކުން ކަޑަ އެޅުމަކީ ފުރަތަމަ ހެއްވާ ކަމެއް. ދެން މިކަމަށް ސަނާ ކިޔަންވީތަ؟ ލަފަޔާ އިރުޟާދުގެ ދަށުންކުރި ހެޔޮކަމެކޯތަ؟
ޕިކްސް
13 May 2025
ބޭންކުގަ ހުންނަނީ ދިވެހި ރުފިޔާ. އެއަކަށް ވަކި ލިމިޓެއް ނެތް.
ބޭންކު
13 May 2025
ރާވެރިބެމެން އަދި މިކަހަލަ ކަންކަމަށް އާވާނެ. ތިމާގެ އަމިއްލަ ފައިސާއަކީ ދިވެހި ރުފިޔާ. އެކައުންޓުގަ ހުރި ދިވެހި ރުފިޔާ ބޭނުން ވަރަކަށް ކަނޑަންވީ. އެކަމު ރާއްޖޭއިން ބޭރަށްގޮއްސަ އެހަދަނީ ޑޮލަތު ޓްރާންސެކްޝަން. އޭރުން އެވަނީ ބޭންކުން "ތިމާގެ އަތުގަ ހުރި ފައިސާ" އިން ދޮލަރު ގަތުމަށް. ބޭންކުން ލިމިޓެއް އެގެންގުޅެނީ ޑޮލަރު ވިއްކުމަށް. އެއްވެސް ހާލެއްގާ ރުފިޔާ މުޢާމަލާތް ކުރުމަކަށް ނޫން. އެހެންވީމާ މީ ހަމަ ސަނާކިއުން ހައްޤު ކަމެއް.